ގައުމުގެ ހުންގާނު އިޚުލާސްތެރި ނޫން ފަރާތެއްގެ އަތްމައްޗަށް ދޫކޮށް ނުލާށެވެެ.

Loading

Facebook
Twitter
WhatsApp


        އަންނަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކަމަށް ސޯޝަލް މީޑިއާގައި ފޮޓޯ ދައުރު ކުރަމުންދާ ބޭފުޅުންގެ ތެރޭގައި ގައުމުގެ ހުންގާނު ޙަވާލު ކުރަން ހެޔޮ ނުވާވަރުގެ ނުރައްކާ ތެރި އެތަށް ބޭފުޅުންނެއް ހިމެނެއެވެ. މި ބޭފުޅުންނަކީ ރައްޔިތުންގެ ތެރޭގައި ދިރިއުޅެމުން އަންނަ އެކި ރޮނގު ރޮނގުން ޖެހުނު ގޮތަކަށް މަޝްހޫރުކަން ހޯއްދަވާފައިވާ ރައްޔިތުންނަށް ފަތިފުށް އެގޭ ބޭފުޅުންނެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކާ ކުރިއާލާ ކެމްޕޭނު ކުރަމުންދާ މި ދެންނެވި ބޭފުޅުންގެ ޕާޓީ ތަކަށް މީހުން އިތުރު ކުރުމަށްޓަކާ ފުރާ ގިނަ ފޯމުގައި ސޮއި ކުރުވަނީ ވެސް ކޮންމެ މީހަކަށް 100 އާއި 500 ރުފިޔާ ނުވަތަ އެއަށްވުރެ ގިނައިން ދީގެންނެވެ. މި އިން އެނގެނީ ނިކަމެތި އެއްވެސް ގޮތެއްނެތް މީހުނަށް ފައިސާގެ ދަޅަ ދައްކައިގެން ވޯޓުވެސް ހޯދާނެ ކަމެވެ. އެންމެ ވޯޓަކީ ވެސް އިންތިޚާބެއް ކާމިޔާބު ކުރުމަށް ވަެަށްބޮޑު އެއްޗެކެވެ.

      އަމިއްލައެދުމާ ވެރިކަމުގެ ލައްޒަތާ ޖާހަތަށްޓަކާ ރައްޔިތުންގެ ސިކުނޑިތަކަށް ސަވާރުވެ އަނިޔާވެރި ޖައްލާދަކު

މި ކުޑަ ކުޑަ ގައުމުގެ ހުންގާނު އަތުލައިފިނަމަ ފަސްއަހަރުވަންދެން ރައްޔިތުން ތިބެންޖެހޭނެ ހިއްދަތިކަމާ ނިކަމެތުކަން ތަޞައްވުރަށް ގެންނަވާށެވެ.

      ރާއްޖޭގެ ވެރިކަމުގައި މިހާރުވެސް ހުންނެވީ އިޚުލާޞް ތެރިކަމުގެ ޒައްރެއްގެ މިންވަރުވެސް ހިތުގައި އުފެދިފައިނުވާ އަމިއްލަ އެދުން އިންތިހާއަށް ބޮޑު ބޭފުޅެއްކަމަށް ގަބޫލުކުރަން އެބަ ޖެހެއެވެ. އަމިއްލަ ފުޅު އެކައުންޓްތަކަށް ދައުލަތުގެ ފައިސާ ލައްވާފައި ވާކަން ނޭނގުނު ނަމަވެސް މިގައުމުގައި މިހާރު ހިނގަމުން ދާކަމަށް ރައްޔިތުން އެ ތުޙުމަތު ކުރާ ވައްކަމާއި ކޮރަޕްޝަނާއި ފަސާދައިގެ މަގު އަމާންކޮށް ދިނުމުގައި މިހާރުގެ ރައީސްގެ ދައުރެއް އޮންނާނޭކަމަށް ގިނަ ބަޔަކު ދެކެއެވެ.

މިހާރުގެ ރައީސް އަކީ ގައުމާއި ރައްޔިތުންނަށް އިޚުލާސްތެރި ބޭފުޅެއް ނޫންކަން އެކަނިވެލާފައި އަމިއްލައަށް ވިސްނާ ފިކުރު ހިންގާލުމުން އެނގޭނެއެވެ. މި ގައުމުން ގިނަ ގުނަ އިމްރާނީ ދަރަނި ދަންތޫރަ ތަރައްގީ އެބަފެނެއެވެ. މި ތަރައްގީގެ ސަބަބުން ރައްޔިތުން މިދަނީ އަބަދުމެ ފަގީރުވެ ނިކަމެތިވެފައެވެ. މަހުޖަނުންގެ ފައިކޭޓްތައް ދަނީ އަބަދުމެ ފުރެމުންނެވެ. ކުރިއަށް އަށް އޮތް ފަސް ހަ ޖީލު ދަރަނިބޯ ގެ ދެވިއްޖެއެވެ.ގައުމުގެ ދަރަނި އޮތީ %100 އިން މަތީގައެވެ. ގައުމެއް ތަރައްގީވެޖެނަމަ ރައއްޔިތުމީހާގެ ޖީބުން އެތަރައްގީގެ ފޮނިމީރުކަން ފެންނާނެއެވެ. ނަމޫނާ ސިންގަޕޫރަށް ބަލާލަމާތޯއެވެ؟ ދިވެހި ރައްޔިތުން ތިބިޙާލު ރައްޔިތުންނަށް އެނގޭނެއެވެ.

     މިހާރުގެ ރައީސް އަކީ މީގެ ކުރިން ރާއްޖޭގެ ރައްޔިތުން ދަންނަ ބޭފުޅެއް ނޫނެވެ. މިރައީސަށް ދައުލަތުގެ ހުންގާނު ރައްޔިތުން ޙާވާކު ކުރީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ރައްޔިތުން ކުރި އިތުބާރުގެ ސަބަބުންނޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. ރައީސް ނަޝީދުގެ ޖިގްރީ ދޯސްތު ކަމަށް ވީތީއެވެ. އެހެނަސް މި ރައީސްގެ އިޚުލާސްތެރިކަން ހުރިމިންވަރަކީ އަތުގައި ހިއްޕަވައިގެން ގެނެސް ގޮނޑީގައި ބޭންދެވި ޖިގްރީދޯސްތް އަށްވެސް ދެއްވީ ދޯކާއެވެ. މިވަރުގެ ވެރިޔަކު ދެން އިޚުލާސްތެރި ވެވޭނީކާކަށްތޯ އަޅުގަނޑަށް ސުވާލު އުފެދެއެވެ. 

އިންސާނުން ކަންކަން ތަޖުރިބާ ކުރަން ޖެހެނީ ލޯމައްޗަށް ފެންނަމުންދާ ކަންތައް ތަކަށް ބަލައިގެންނެވެ. އެގޮތުން މި ރައީސްގެ އިޚުލާޞް ކަން ހުރި މިންވަރު ރައްޔިތުންނަށް ފެނިގެން މި ދިޔަ މަންޒަރު ތަކުން ތަޖުރިބާ ކުރެވޭނެ ކަމަށް ދެކެމެވެ.

      ރައީސް މުޙައްމަދު ނަޝީދަކީ ކޯލިޝަނަކުން ވެރިކަން ކުރައްވަން ބޭނުންފުޅުވާ ބޭފުޅަކަށް ނުވާތީ ރާއްޖޭގައި މިހާރު މިއޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރަން ބޭނުންފުޅުވެ،މިހާރުގެ ރައީސާ މަޝްވަރާ ކުރެއްވިއެވެ. އޭރު މި މަޝްވަރާ އަށް މި ރައީސް ވަނީ މަރުޙަބާ ކިއުއްވާފައެވެ. އަދި ދެވަނަ ދައުރަކަށް ކުރިމަތި ނުލައްވާނޭ ކަމަށްވެސް ރައީސް މުޙައްމަދު ނަޝީދުގެ އަރިހުގައި ވިދާޅުވެފާވެއެވެ. އެހެނަސް ގައުމުގެ ހުންގާނު އަތުގައި ޖެހުމާއެކު އެމަނިކުފާނުގެ ނިޔަތް ބަދަލުވެ ވެރިކަމުގެ ލައްޒަތާ ޖާހަތު އިސްކުރައްވައި އެންމެގާތް ރަޙުމަތްތެރިޔާ އާއި އެކު ކުރެވުނު މަޝްވަރާތަކުގެ މަތީންވެސް ހަނދުމަފުޅު ނައްތާލެއްވީއެވެ. ދެބޭފުޅުންގެ ދެމެދުގައި ވެވުނު ވަޢުދާއި ޚިލާފުވީއެވެ. ވެރިކަމަކީ މިފަދަ ކަމެކެވެ. 

ގައުމު ހެޓަކަށް ދަރުވާލައިގެން ކޮންމެގޮތަކުން ނަމަވެސް ދެވަނަ ދައުރަކަށްވެސް ވެރިކަން ދެމެހެއްޓުމަށްޓަކާ އެހިންގަވާ މަޝްެރޫޢު ތަކަކީ އަންނަ ރިޔާސީ އިންތިޚާބުގެ ކެންޕޭނަށް ފައިސާ އެއްކުރުމަށް ކަޓްލިބޭ ގޮތަށް ހިންގާ މަޝްރޫޢު ތަކެއްކަމަށް ގިނަބަޔަކު ދަނީ ސިފަކުރަމުންނެވެ. އެވާހަކަ އެންމެ ބާރަށް ދައްކަނީވެސް އެމްޑީޕީގެ މެމްބަރުންނެވެ. 

އެނޫންނަމަ ގައުމުގެ ދަރަނި %100 ޕަސެންޓްގައި ބަހައްޓަވައިގެން ތަރައްގީގެ ނަމުގައި ރައްޔިތުން މިހާބޮޑަށް ދަރުވާނުލީހެވެ. ރާއްޖޭގެ ވެރިކަމުގެ ތާރީޚަށް ކަޅި ހިންގާލާ އިރު ވެރިކަމުގެ ލައްޒަތާ ޖާހަތަށްޓަކާ ގައުމުގެ ހުންގާނުގައި ތިއްބެވި ވެރިން ވަނީ ގައުމާ ރައްޔިތުންނަށް ބެއްލެވުމެއްނެތި އެތަކެއް ޖަރީމާތަށް ހިންގަވާފައެވެ.

      މިވާހަކަ ތައް މި ޙިއްސާ ކޮށްލީ މިހާރުގެ ރައީސަކީ ވެސް އަންނަ ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރައްވަމުން ގެންދަވާ ބޭފުޅަކަށް ވާތީއާއި މިރައީސަކީ ވެސް އިޚުލާޞްތެރި ބޭފުޅެއް ނޫންކަމަށް ގިނަ ރައްޔިތުން ބުނާއަޑު އިވޭތީ ވިސްނާ ފިކުރު ކުރުމަށްޓަކައެވެ.

      މިހާރު ހަމަޖެހިފައިވާ ގޮތުން ރައީސް ކަމުގެ ދައުރަކީ 5 އަހަރެވެ. ރައްޔިތުމީހާ ދޭ އެންމެ ވޯޓަކުންވެސް ގައުމު އިތުރު ނުރައްކަލުގެ ތެރެއަށް ވެއްޓިދާނެތީއެވެ. އެހެން ވެއްޖެނަމަ އަނެއްކާވެސް ވެރިކަމުގެ 5 އަހަރު ނިމެންދެން ރައްޔިތުން ތިބެންޖެހޭނީ އެ ނުރައްކަލުގެ ތެރޭގައެވެ.

     ކަން މިހެން ހުރުމާއެކު މިރާއްޖޭގެ ވެރިކަމަށް އެ ފައިނަންގަވާ ބޭފުޅުންގެ ތެރޭގައި ގައުމާ ރައްޔުތުންނަށް އިޚުލާސްތެރި ބޭފުޅަކު ފެންނާން ނެތުމާއެކު ފައިސާގެ މަޅީގައި ޖެހި މިއިން ބޭފުޅަކަށް އިތުބާރު ކޮށް ތިމާއާއި ތިމާގެ ޢާއިލާގެ މުސްތަގްބަލް ވޯޓް ކަރުދާސް ކޮޅުގައި ޖަހާލާ ފާހަގަ އަކުން ވެއްޔާ މޮޑެވިގެން ހިނގައިދާނޭ ކަމުގެ ބިރަށްޓަކާ ވިސްނާލުމަށް ހަނދާން ކޮށްދެމެވެ.

     ރައްޔިތުން ގެނައި މިވެރިކަމުގެ އެއްވެސް ރާހަތެއް ރައްޔިތަކަށް ނުކުރިއެވެ. ގައުމުގެ ޢަދުލުއިންޞާފަށް ހެޔޮބަދަލެއް ނުފެނި ވެރިކަން މިދަނީ ނިމިގެންނެވެ. ވިއްޔާވީ ކުރިައަށްވުރެވެސް ގޯހެވެ. ސަރުކާރު ޖަވާބު ދާރީ ކުރުވުމަށާއި ގައުމަށް އިންޞާފު ގެނެސް ދެއްވަންތިއްބެވި ބޭފުޅުންގެ ތެރޭގައި ވެސް ގިނައީ ދައުލަތުގެ ފައިސާއަށް ޚިޔާނާތް ތެރިވެފައިވާ ފަރާތްތަކެވެ. ގާނޫނު ހަދާ މަޖިލީހަށް ރައްޔިތުންނަށް ނެގިފައި ތިބި މެންބަރުންގެ ތެރޭގައިވެސް ވަގުން ހިމެނޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއްމެންބަރުން ވިދާޅުވާ ލިއިވް ކާސްޓްވެސް ދަނީ ފެންނަމުންނެވެ.

     2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުވެސް ނިމޭނީ މިކަރަޕްޓް ބޭފުޅުންތައްމަގާމު ތަކުގައި ތިއްބަވައިގެންނެވެ. ބަޣާވާތުގެ އަހުވެރީންގެ ކޯލިޝަނެއް އުފެދި އެކޯލިޝަންގެ ތެރެއިން އަނެއްކާވެސް އުފެދޭނީ ރައްޔިތުންގެ ވިންދަށް އިޙުތިރާމް ނުކުރާ ބަޔަކު ޝާމިލްވާނޭ ވެރިކަމެކެވެ.

ކޯލިޝަނަކުން ވެރިކަން ކުރާހާ ހިނދަކު ރާއްޖޭގައި ޢަދުލު އިންޞާފް ގާއިމް ނުކުރެވޭނެކަން މިހާރު ކަށަވަރު ވެއްޖެއެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލު ނުވުމުގެ ޙަގީގީ ސިއްރަކީ ކޯލިޝަންގައި ބައިވެރިވާ މުޖުރިމުން ކޯލިޝަންގެ ނިވަލުގައި ގާނޫނަށް ފިލައިގެންތިބެން ބޭނުންވާ ބޭނުމެވެ. މި އިސްލާމީ ދައުލަތް ޚަރާބުކޮށް ނިމިއްޖެއެވެ. އަލަކުން ވާނެ ޚަރާބެއް އޮތްހެނެއް ހީއެއްނުވެއެވެ. ސަރުކާރު ހިންގަންވެސް ތިބީ އެތަކެއް ވައްކަމެއްގެ އަޙުލުވެރި ވަގުންނެވެ. ސަރުކާރު ޖަވާބު ދާރީ ކުރުވަންތިބީ ވެސްވަގުންކަމަށް ބުނެވޭއިރު އިދިކޮޅަށް އަރާ ތިބީވެސް ވަގުންގެ ބައެކެވެ.

ފަސްބައި ސާފު މީހަކު މިގައުމުގެ ކަމަކާ ޙަވާލުވާތަނެއް ނުފެނެއެވެ. ރައްޔިތުން އުޅެން ޖެހިފައިވަނީ ބިކަ ޙާލުގައި ކަމުން ރިޝްވަތުގެ ދޮރުތައް ލެއްޕޭނެ ގޮތެއްވެސް ފެންންނާކަށް ނެތެވެ. މިގައުމުގެ ގައުމިއްޔަތު ކަމުގައިވާ  އިސްލާމް ދީން ލިޔެވިގެން ވަނީ ފޮތްފޮތުގައެވެ.

ވައްކަން ކޮށް ރިޝްވަތުގައި ހިފައި އަދި ނުވިތާކަށް އެކަކު އަނެކަކުގެ ކަރުގައި ވެސް ހިފަނީއެވެ. މިސަރުކާރުގެ ތެރޭގައި ހިންގަމުން ގެންދާ ބޮޑެތި ވައްކަމާ ޚިޔާނާތުގެ މައްސަލައެއް ބަލައިދޭނެ މުއައްސަސާއެއް ނެތެވެ. ބިޔަ ވަރަށްބޮޑު ބަޖެޓެއް ދީގެން ހިންގާ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުއްވާ ރިޕޯޓްތައް ފެނުމުން ފިއްކަޑައިގެން ދާނެއެވެ. އޭސީސީއެއް ހިއުމަން ރައިޓްސް އެއް ކިޔާނެކަމެއް ނެތެވެ. އެންމެންވެސް ތިބީ ޖޮބް ސެކިއުރިޓީ ކަށަވަރު ކޮށްގެނެވެ. 

ލޮލަކަށް ފެންނަކަމަކަށް ކަންފަތަކަށް އަޑުއިވޭ ކަމަކަށް ނުވެއެވެ. އެމީހަކާ އެމީހެކެވެ. ޒީރޯ ޓޮލެރެންސްގެ ވެރިޔާ ވަނީ ގެއްލިފައެވެ. އަނެއްބަޔަކު ތުނބުޅި ދިގުކޮށް މަތިމަސް ކުރުކޮށް ޝޭޚުންގެ ފަގުޑި އަޅައިގެން ވެސް ވާގިވެރި ވަނީ ވައްކަމާއި ފަސާދައަށެވެ. އިސްލާމްދީނުގެ ކަރާމަތާއި ޝަރާފަތް ގައުމުގައި ކަތިލައިފިއެވެ.

Loading

4 Responses

  1. ވެރިކަމަށް ކުރިމަތި ލައްވަން ތިއްބެވި ބޭފުޅުންގެ ތެރޭގައި ވެރިކަމަށް ގެންނަން އެންމެ ރަނގަޅު ބޭފުޅަކަށް ފެންނަނީ ޢުމަރު ނަޞީރު އެކަނި………ދީނަށް ގައުމު ސީދާކުރުމަށް މަސައްކަތް ކުރައްވަނީ ޢުމަރު…….އެބޭފުޅާގެ އަރިހުގައި މީހުންމަދު…ބަދުރުގެ ދުވަހު މީހުން ގިނައީ ކާފަރުންގެ ކޮޅުގައި..ނަސްރު ލިބުނީ ދީނުގެ ކޮޅަށް….އިބުރަތް ލިބިގަނެ ގައުމު ސަލާމަތް ކުރުމަށް އުމަރަށް ބައިއަތު ހިއްޕަވާ.

  2. ސައީދުގެ މި ލިއުއްވުމުގައި ނުސީދާގޮތަކަށްނަމަވެސް ޝިފާރިޝް ދެއްވަން ތިޔަ އުޅުއްވި ބޭފުޅާއަށް ދިވެހިން ވަރަށް އިހްތިރާމްކުރިދުވަސް ދާދި މިދާކަށް ދުވަހު ފެނިގެންދިޔައެވެ. އެކަމަކު ހަގީގަތް ހާމަވެ ބޭފުޅާގެ އަސްލު އެނގުނުއިރު މިގައުމުގައި އިސްލާމްދީނާ އެންމެ ދެކޮޅު އެއްބޭފުޅަކީ އެއީ ކަމަށް ދިވެހިންނަށް ގަބޫލުކުރެވިއްޖެއެވެ. ކުރައްވާ ކަންތަކުންނާއި ދައްކަވާ ވާހަކަފުޅުތަކުންނެވެ. ހަމަ އެފަދައިން އެބޭފުޅާއަށް ވެރިކަން ކުރައްވަން ލިބިވަޑައިގެންނެވި ފުރުސަތުގައިވެސް ތެދުވެރިއެއް ކަން ދައްކަވާފައެއްނެތެވެ. ކުރިއަށް ނެރުއްވާފައިވަނީ އަމިއްލަ ގޮތް ތަކެވެ. ބައެއް އޮފީސްތަކަށް މަޖިލީހުން ހުއްދަ ކުރައްވާފައިވާ ބަޖެޓަށް ވުރެން އެތައް މިލިއަން ރުފިޔާއެއް އިތުރަށް ޚަރަދު ކުރުމާގުޅެގޮތުން ސުވާލު ދެންނެވުމުން އެ ފައިސާ ޚަރަދު ކުރެވުނީ ރައްޔިތުންގެ ބޭނުމަށްޓަކައި ކަމުގައިވާތީ މަޖިލީހުން ހުއްދަ ކޮށްފައިވާ އަދަދަށް ވުރެން އިތުރު ވުމަކީ މައްސަލައެއްނޫންކަމަށް ދޭހަވާގޮތަށް ވެސް ޖަވާބު ދެއްވާފައި ހުރި ކަމަށް ރާއްޖޭގެ ނޫސް މަޖައްލާތަކުގައި ޝާއިޢު ކޮށްފާ ހުއްޓެވެ.

  3. އިބޫވެސް ދެވަނަ ދައުރެއްގެ ހުވަފެނުގައި ފޭލް ވީއެވެ. އެހެން ދިމާވީ ބާޣީންތަށް ގާޒީނަށް ހަދަން އުޅެގެނޭ ޕާޓީ ކުއްޖަކު ބުންޏެވެ. ދެން މިހާރު ނޯ ރިޓާން ތާއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް