ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރަސްކަމާއި ދިމާލަށް

ރާއްޖޭގެ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމުކަމަށް ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައި ބަޔާން ކުރެވިފައިވެއެވެ. އަދި ރިޔާސީ ނިޒާމުގެ ސިފަތަށްވެސް ވަނީ ގާނޫނު އަސާސީގައި ލިޔެފައި ވެއެވެ. ރިޔާސީ ނިޒާމުގައި ދައުލަތުގެ ތިންބާރު އޮންނަނީ މިނިވަން މުސްތަގިއްލު ތިންބާރުގެ ގޮތުގައެވެ. އެއީ ވެރިކަން ކުރާބާރާއި ޢަދުލު އިންޞާފުގެ ބާރާއި އަދި ރައްޔިތުންގެ ބާރެވެ. ރައްޔިތުންގެ ބާރުހިމެނިގެންވަނީ ރައްޔިތުން ކަނޑައަޅާފައި ވާފަދައިން ރައްޔިތުން އިންތިޚާބުކުރާ ރައްޔިތުންގެ މަންދޫބުން ނުވަތަ މެންބަރުން ތަކެއްގެ މައްޗަށެވެ. އެމެންބަރުންނަކީ ދައުލަތުގެ ތިންބާރުގެ ތެރޭގައި […]

މުޅިދުނިޔެއަށް މަޖުބޫރުން ކޮވިޑު ވެކްސިން ބޯންދިނުމަށްފަހު ތިބާ ފިލީތޯއެވެ!

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ އިން ދުނިޔޭގެ އެންމެހައި ގައުމުތަކަށް މަޖުބޫރުކޮށްގެން 2019 ވަނަ އަހަރު ކޮވިޑު ވެކްސިން ވަނީ އެންމެހާ އިންސާނުންނަށް ދީ ނިންމާލާފައެވެ. ދުނިޔޭގެ އެންމެ ބާރުގަދަ ގައުމަށް ވާން މަސައްކަތް ކުރާ ސީނުކަރައިގެ ސިޔާސީ ކޮވިޑަކީ އެ ގައުމުން އުފެއްދި ވަބާއެއްތޯ ވެސް ބެލުމެއްނެތި އަދި އެ ބަލި އުފެދެން މެދުވެރިވި ޙަގީގީސަބަބު ވެސް ދެނެގަތުމަކާ ނުލާ ކުރަންޖެހޭ ރަސްމީ ތަޙުލީތައް ހަގީގީ މާނައިގައި ވެސް ނުކޮށް އެ ވެކްސިން އެ ވަނީ މުޅި […]

މާލެ ސަރަޙައްދުގެ މަގުތައް ސަލާމަތީ ޚިދުމަތްތަކަށް ނުބެލެހެއްޓޭ!

ހުޅުމާލެއިން އެއާރޕޯޓަށާއި މަލެއަށް ވެހިކަލްތައް ދަތުރުކުރާ ބޮޑުމަގަކީ އެންމެ ކާރޫބާރު ބޮޑު އެއްމަގެވެ. އެ މަގަކީ އަސްލު ހައިވޭއެކެވެ. މިހާރު އެ މަގުގެ މެދުގައި ހުންނަނީ ކޯންޖަހާފައެވެ. އެއީވެސް އެ މަގުގައި ދަތުރު ފަތުރު ކުރާފަރާތްތަކުގެ ސަލާމަތައްޓަކައެވެ. އެހެނަސް ދުއްވާފަރާތްތަކުން ވެހިކަލް ދުއްވުމުގައި ހަމައެއް ލަމައެއްނެތްކަމުން މަގުގައި ޓެފިކް ޖޭމްވެ ގިނަގުނަ އުނދަގޫތައް ތަޙަންމަލް ކުރަންޖެހެއެވެ. ކޯން ޖަހާފައި ވާއިރު މަގުގެ ދެފަރާތުގައި ވެހިކަލް ދުއްވަން ދަމާފައި ވަނީ ދެ ލައިނެވެ. އެއީ ކާރާއި ލޯރީ އަދި […]

މިނިސްޓަރ އިޙުސާނުއެވެ! މަނިކުފާނުގެ ހިތްޕުޅުގައި އިންސާނީ ކުލުނެއް ހަމަ ނެތީ ހެއްޔެވެ

ޝަރީޢަތް ނިމެންދެން ޖަލުގައި ބަންދު ކުރެވޭ މީހުންގެ މައްޗަށް ކުރިމިނަލްކޯޓުން ކުރައްވާ އަމުރުތަކުގައި ފަނޑިޔާރު ވިދާޅުވަނީ މި މީހާ މުޖުތަމަޢަށް ދޫކޮށްލައިފި ނަމަ މިމީހާގެ ސަބަބުން ޖަމާޢަތަށް ނުރައްކާތެރި ވެދާނެ ޙާލަތެއް ކުރިމަތިވެދާނެ ކަމަށް ފެނިވަޑައިގަންވާތީ ޝަރީޢަތް ނިމެންދެން މީނާ ޖަލުގައި ބަންދު ކުރުމަށް އަމުރު ކުރައްވާ ކަމުގައެވެ. އެކަމުގައިވެސް ބައްލަވަނީ ފުލުންދޭ މަޢުލޫމާތާއި އެދޭގޮތުގެ މައްޗަށް ބުރަވެހުރެވެ.       މިގޮތަށް ކުރިމިނަލް ކޯޓުން އަމުރު ކުރެއްވުމާއެކު ކުށްކުރި ކަމުގެ ތުޙުމަތުގައި ބަންދު ކުރާމީހާ ޝަރީޢަތް ނިމެންދެން […]

ވެރިކަމަށް ގެނައުމަށް ކިތަންމެ ބުރަ މަސައްކަތެއްކޮށްދިން ކަމުގައިވީ ނަމަވެސް ދައުލަތުގެ އެއްބާރު ޙަވާލު ކުރާކަށް ނުޖެހޭނެ!

ރައީސުލްޖުމްހޫރިއްޔާގެ މަގާމު ހޯދައިދިނުމަށްޓަކާ ގިނަގުނަ މަސައްކަތް ކޮށްދިނީތީ ބަދަލުގައި ދައުލަތުގެ ބާރެއް ހިބަކޮށްދޭކަށް ނުޖެހޭނެއެވެ. ދައުލަތުގެ ތިންބާރުގެ ވެރިންގެ ގޮތުގައި ތިއްބަވަން ވާނީ ކިޔަވައިގެން ތިއްބެވި ޢިލްމީ ގާބިލް ބޭފުޅުންނެވެ. އަދި އެފަދަ ބޭފުޅުން ވާން ވާނީ އަބުރުވެރި ނަޒާޙަތްތެރި ބޭފުޅުންނަށެވެ. ތިމާއަށް ރަނގަޅުގޮތް ވުމަށްއެދި މަސްކަތެއް ކުރުމަކީ ރައްޔިތުންގެ ބާރު އެމީހާއަށް މިލްކު ކޮށްދޭން ޖެހޭ ސަބަބެއްވެސް ނޫނެވެ. ތަޢުލީމެއް ތަރުބިއްޔަތެއް ލިބިފައިނުވާ އަދި ވައްކަމުގެ ރެކޯޑު އޮތް އަބުރުކަތިލެވިފައިވާ މީހަކަށް ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި […]

ސަރުކާރު ބަދަލު ކުރަންޖެހޭ މިންވަރަށް ސަރުކާރުން ހިންގާ ޖަރީމާތައް ގިނަވެއްޖެ

ސަރުކާރަށް ނިސްބަތްވާ ސިޔާސީ ވެރިން ރައީސްގެ ނަންފުޅުގައި ތަފާތު ވައްތަރު ވައްތަރުގެ ލިސްޓްތައް ތައްޔާރުކޮށް ގާނޫނުތަކާއި ގަވާއިދުތައް މުގުރާލާ އުސޫލުން ބޭރުން އެކިފަރާތްތަކަށް ބިން ވިއްކުމާއި ރިޝްވަތު ހިމެނޭ ގޮތަށް މަޝްރޫޢުތައް އެކި ފަރާތްތަކަށް އެ ގެންދަނީ ދެމުންނެވެ. އަދި ޖަލުތަކުގައި ތިބޭ މީހުންނަށް ކާންދިނުމަށް ބިޑަށް ލައި ބިޑު ހުޅުވައި އެބިޑު ކާމިޔާބު ކުރާފަރާތަށް އެ ކޮންޓެކްޓް ވެސް ޙަވާލު ކުރަނީ އެތައްލައްކަ ރުފިޔާއެއް އަތުލުމަށްފަހުގައި ކަމަށް މިފަދަ ބިޑެއް ކާމީޔާބު ކުރި ފަރާތަކުން ސޯސަލް […]

ރައްޔިތުންގެ އައިޑީ ވަގަށް ބޭނުންކޮށް ވަގުފޯމް ފުރުމަކީ ރާއްޖޭގެ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް!

ޕީއެންސީން ދައުލަތުގައި ރައްކާކުރެވިފައިވާ ރައްޔިތުންގެ ސިއްރު މަޢުލޫމާތުތަކެއް ރައްޔަތުންގެ އައިޑީ ކާޑް ޑާޓާބޭސް ވަގަށް ނަގައިގެން އެ ރައްޔިތުމީހާއަށް ނޭނގި ވަގަށް ބޭނުންކޮށް ވެރިކަންކުރާ ޕާޓީއަށް ވަގުފޯމްތައް ފުރުވައި އެ ރައްޔަތު މީހާއަށް ނޭނގި އެ ޕާޓީއަށް ވެއްދި ވަގު ޢަމަލަކީ ގައުމީ ސަލާމަތައް ހުރި ބޮޑު ނުރައްކަލެއް ކަމަށް ގިނަބަޔަކު ބުނަންފަށައިފިއެވެ.  މިކަމުން ގައުމީ ސަލާމަތައް ނުރައްކާ ވަނީ ޕީޕަލް އެލަޔަންސް (ޕީއެންސީ)އަކީ ދައުލަތުގެ ދެ ބާރު އެކުވެގެން ހިންގާ ޕާޓީއަކަށް ވީތީއެވެ. އެއީ ރައިސުލްޖުމްހޫރިއްޔާއާއި […]

ކިތަންމެ ފައިސާއެއް އަތުގައި ހުއްޓަސް ދުނިޔެއާއި ވަކިވެދާންޖެހޭނީ ހުސްއަތާއެވެ.

ކޮންމެ ވެރިޔަކުވެސް އަދި ކިތަންމެ ބާރުގަދަ ސިޔާސީ މަގާމެއް ފުރުއްވާ ބޭފުޅަކަށް ވިޔަސް އަދި ކިތަންމެ ގިނަފައިސާއާއި މުދާ އަތުގައި ހުއްޓަސް ކޮންމެ ބޭފުޅަކުވެސް މި ދުނިޔެދޫކުރައްވާ ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނީ ހުސްއަތާއެވެ. މީ އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލެކެވެ. މިދެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކޮންމެ ބޭފުޅަކުވެސް މަގާމާއި ޙަވާލުވެ ވަޑައިގަންނަވަނީ ރައްޔިތުންގެ މުދަލާ ފައިސާ އަމާނާތްތެރި ކަމާއެކު ބަލަހައްޓައި ދިނުމަށާއި ރައްޔިތުންގެ ޙައްގުތަކާއި ވާޖިބުތައް އަދާކުރުމުގައި އިޚުލާސްތެރިވެ ތެދުވެރިކަންމަތީގައި ދެމިހުންނެވުމަށް ހުވާކުރެއްވުމަށްފަހުގައެވެ. ކަން މިހެން ހުރި […]

ރައްޔިތުންނާމެދު އިޙުސާންތެރި ނަޒަރަކުން ނުބައްލަވަނީ ކީއްވެތޯ؟

ވެރިކަމުގެ ތަޚުތަށާއި ރައްޔިތުންގެ މަޖިލީހަށް މެންބަރުންނާއި ރައީސަކު ހޮވައިދެނީ ރައްޔިތުން ވާރެއާ އަވީގައި ކިޔޫ ހަދައި ވޯޓުލައިދީގެންނެވެ. މި އެންމެހައިފަރާތްތަކަށް ވޯޓުދީ މަގާމްތަކާއި ޙަވާލުކޮށް ގެދޮރާއި ބޭސްފަރުވާއާއި ކެއިންބުއިމާއި އަދި މިނޫންވެސް ގިނަގުނަ ޢިނާޔަތްތައް މިދެންނެވި ބޭފުޅުންނަށް ދެނީ ރައްޔިތުން ކަމަގައި ވީހިނދު މަގާމުގެޢިއްޒަތާ ލައްޒަތު ލިބުމުން ރައްޔިތުންގެ މައްޗަށް ކުލުނެއް ޢަގަލެއް ނެތީ ފަހެ ކޮންސަބަބަކާހެދި ތޯއެވެ. ރައްޔިތުންގެ ކިބައިން މިކަންކަން ޙާޞިލްކުރަން އުޅުއްވާއިރު ރައްޔިތުންގެ ގާތަށް ދަތުރުހައްދަވައި ވަޑައިގެން ރައްޔިތުންނަށް ތަރިބާލަދޭންވެ ވަޑައިގަންނަވާ ވަޢުދުތަކާ […]

މާފުށީ ޖަލުގައި ހައިހޫނުކަމުގެ ހަޅުތާލެއް!

މާފުށީ ޖަލުގައި ހައިހޫނުކަމުގެ ހަޅުތާލެއް ހިނގަމުން އެބަދާކަމަށް ޖަލުގައި ތިބި ފަރާތްތަކުގެ ބެލެނެވެރިންގެ ފަރާތުން ބުނަމުން އެބަދެއެވެ. ޚަބަރު ލިބޭގޮތުގައި މި ހަޅުތާލަކީ ޝަރީޢަތް ނިމެންދެން ޖަލުގައި ބަންދު ކުރެވިފައިވާ ފަރާތްތަކަށް ލިބެންޖެހޭ އަސާސީ ޙައްގުތައް ނުލިބޭ ކަމަށް ބުނެ ފަށާފައިވާ ހަޅުތާލެކެވެ. ބައެއް ޢާއިލާތަކުން ބުނާ ގޮތުގައި ވާނުވާގައި ޖަލަށް ލާފައިވާ ފަރާތްތަކަށް ލިބެންޖެހޭ އަސާސީ ޙައްގުތަކުގެ ތެރޭގައި ހިމެނޭ ބޭސްފަރުވާ ނުލިބުމާއި ކަރަންޓް ނުލިބުމާއި ގޮޅިން ބޭރަށް ނުނެރެ ގިނަދުވަސްވުމާއި ކާންދޭ ތަކެތި ކަމުނުދިއުމާއި […]