ރައްޔިތުން ފެލާލަން ނުއުޅުއްވާ!

Loading

Facebook
Twitter
WhatsApp

ދައުލަތުން ވަގަށް ނަގާފައިވާ ފައިސާތަކާއި މުދާތައް ސަރުކާރުގައި ހިމެނޭ ވަގުންގެ އަތުގައި  ބަހައްޓާފައި ރައްޔިތުން ފެލަން ނުއުޅުއްވާށެވެ.

މިގައުމުގެ ވެރިކަން ކުރެއްވި ބައެއް ރައީސުންނާއި، ވަޒީރުކަން ކުރެއްވި އަދި ކުރަށްވަމުންދާ ބައެއް ވަޒީރުން އަދި މިނޫންވެސް ބައެއް ފަރާތްތަކުން ދައުލަތުން ވަގައްނަގާފައި ހުރިފައިސާއާއި މުދާ އަނބުރާ ހޯއްދެވުމަށްފަހު ދައުލަތުގެ ތިޖޫރީއަށް ވައްދަވާށެވެ. މިއީ 2018ގެ ކެމްޕައިން ވަޢުދުތަކުގެ ތެރެއިން އެންމެ ފުރަތަމަ އަދި ފުރިހަމަ ވަޢުދެވެ. އެހެނީ ދައުލަތުގެ ޚަޒާނާއިން ވައްކަމާއި ފޭރިފައިވާ ފޭރުމަކީ ސީދާ ރައްޔަތުމީހާގެ ޖީބުން ފޭރިފައިވާ ފޭރުމެއްކަމުގައި ވާތީއެވެ. 

އުފެއްދެވި ރިކަވަރީ ކަމިޝަން ބޭނުންކޮށްގެން އެ ޚިޔާނާތުގެ ބައިވެރީން އެނގުނު ހިސާބުން ރިކަވަރީ ކޮމިޝަންވެސް އުވާލެއްވޫ ނޫންތޯއެވެ؟ އޭރުން ދައުލަތް މިހާރު ދަރާފައިވާ މިންވަރާއި އެދަރަނި އަދާކުރަން ބޭނުންވާ މިންވަރު ރައްޔިތުންނަށް ސާފުވާނެއެވެ. މިކަންކަން ކުރުމަށް ހުރަސް އަޅައި ނުކުރައްވާ ރައްޔިތުންގެ އަތުގައި މިނިކަމެތި ދަނޑިވަޅު ކަރަޕްޝަނާއި ފަސާދައިން ދަރުވާލާފައިވާ ދަރަނިތައް ދައުލަތުގެ ދަރަނ ިޚަލާޞްޚު ރުމަށޭ ކިޔާފަ ރައްޔަތުންނަކަށް ހަމަ ލޯލާރިއެއްވެސް ދެވޭކަށް ނޯންނާންކަން ދަންނާށެވެ. 

ރައްތުންގެ މަންދޫބުން ރައްޔިތުންގެ މިވަގުތުގެ ޙާލަތަށް ނުބައްލަވާ ރައްޔިތުންގެ އަތުން އަދިވެސް އިތުރަށް ވާރު ނަންގަވަން ބިލް ފާސް ނުކުރެއްވުމަށް ހަރު އަޑުން ދިވެހީންގެ ގިނަ ރައްޔަތުން އެގޮވަނީއެވެ. 

    ރައްޔިތުން ޢިއްޒަތާއި ގަދަރާއި ބޮޑު މުސާރައާއި ބޭސްފަރުވާއާއި ކާރާއި ފަރިއްކޮޅާއި ބޭސްފަރުވާއާއި ގެދޮރަށް ދަނާންދެ ރައްޔިތުންގެ މަންދޫބުންނަށް ދީފައިވަނީ އެއްވެސް ފަރާތަކަށް ނުޖެހި ރައްޔިތުންގެ ލާބަޔާ މަންފާއަށް އިސްކަން ދީގެން ކަން ކަން ނިންމުމަށެވެ. ވެރިކަން ކުރާ ޕާޓީގެ ފަރާތުން ވިޕް ނެރެގެން ރައްޔަތުންގެ ގައިގާ ތަޅާކަށެއް ނޫނެވެ.

     މިސަރުކާރުގެ ތެރޭގައި ރައްޔިތުންގެ މުދަލާ ފައިސާ އަށް ޚިޔާނާތް ތެރިވެފައިވާ މީހުން ތިބުމުގެ ސަބަބުން އެބައިމީހުން ޝަރީޢަތުގެ ދަރުބާރަށް ޙާޒިރު ކޮށް އެވެރިން ދައުލަތުން ވަގަށް ނަގާފައިވާ ފައިސާއާއި މުދާ ހޯއްދަވަން ސަރުކާރުން މިވަނީ ނުކުޅެދިފައެވެ. އެ ނުކުޅެދުމުގެ އަގުވެސް ދައްކަންވީ ހަމަ ރައްޔަތުންތޯއެވެ؟ 

      ސަރުކާރުން ރައްޔިތުންނަށް ކަންކަން ކޮށްދޭންވާނީ ދައުލަތުގެ ފޯރުން ތެރިކަން ހުރި މިންވަރަކުންނެވެ. ޖެހުނުދިމާލަކުން ޖެހުނުގޮތަކަށް ދަރަނި ނަގައިގެން ނުފޯރާފޮތިން ފޫގަޅާކަށް ނުޖެހޭނެއެވެ. ނުފޯރާ ފޮތިން ފޫގެޅީމާ ވާނެ ގޮތް ރައީސް ނަޝީދު ވަނީ ވިދާޅުވެ ދެއްވާފައެވެ. 

މިސަރުކާރު ވެރިކަމަށް ރައްޔަތުން އިސްކޮށް އަދި ސުޕަރ މެޖޯރެޓީ ދިނީއަކީ މާޒީވެ ދިޔަ 50 އަހަރުގެ ތެރޭގައި ރައީސް ކަންކުރެއްވި ބޭފުޅުންނަށް ނުކުރެވި ހުރި ހުރިހާ ކަމެއް މި ފަސް އަހަރުދުވަގުގެ ތެރޭގައި ނިންމަން ބައިޢަތު ހިފައިގެނެއް ނޫނެވެ. އެއީ ކެމްޕޭން ޕްރޮމިސްއެއް ނޫނެވެ. ލިބުނުގޮތަކަށް ހޯދުނުގޮތަކަށް އަދި ރައްޔަތުންގެ ނަމުގައި ލޯނާއި ސަލާމްޖަހައިގެން އެފަދަ ބިޔަ ޕްރޮޖެކްޓްތައް ސަރުކާރުން ހިންގަނީ މިސަރުކާރުގެ އިސްފަރާތް ތަކުގެ ޖީބު ފުރާލުމަށްޓަކާ ހިންގާ ބޮޑު ޖަރީމާއެއް ކަމުގައި ރައްޔަތުން ގަބޫލުކޮށްފިއެވެ. 

ރައްޔިތުންގެ ޚަޒާނާއިން ރައްޔިތުންގެ ފުދުންތެރިކަން ނެތް މިންވަރަށް ޕްރެޖެކްޓް ތައްހިންގަން ފަށާފައިވަނީ ރައްޔިތުންގެ ގާތު އަހާލުމެއް ކަހާލުމެއްނެތި ނޫންތޯއެވެ؟ރައްޔިތުންގެ ތެރޭގައި ރޯފިލާފައި ތިއްބެވި އިކޮނީމިސްޓުން އޭރުވެސް ގޮވަމުން ދިޔައީ ތަރައްގީ ކޮވިޑް ޙާލާއި ގުޅިގެން ލިބޭ މިންވަރު ދަނެގެން ޕްރޮޖެކްޓްތައް މަޑުޖައްސާލުމަށެވެ. އެއީ ރައްޔިތުންގެ ފުދުންތެރިކަމާއި ނުބައްދަލު މިންވަރަކަށް ބައިނަލް އަގްވާމީ މާލީ އިދާރާތަކުން ރާޖޭގެ ތަރައްގީގެ ނަމުގައި ލޯނު ނަގަމުންގޮސް ރައްޔިތުން ދަރާ އުނަގަޑުގައި އަޅާ ރޮދިގަނޑަށް ދާންދެން ވިއްކާލަން ޖެހޭ ހިސާބަށް ދާތީނެއެވެ.

    މިސަރުކާރުގެ ބޮޑުން އެ ތިއްބެވީ ބާޢީ ކޯލިޝަނާއި އެކު ކޭކޭނުން ގޮސް ހަޖަމް ނުވާމިންވަރަށް ކައި ކައި ހިންދަމާ ނުލެވިފައެވެ. ރައްޔިތުން މިތިބީ ދަރީންގެ ބަނޑުފުރާނަ ސަލާމަތް ކުރެވެން ނެތް ވަރަށް ނިކަމެތި ޙާލުގައި ރޮއި ރޮއެވެ.މިހާރުވެސް ރައްޔިތުންގެ އަތުން ވާރުނަގަމުން އެދަނީ ރައްޔިިތުންނަށް ދިރިއުޅުން ކޮންޓްރޯލް ނުކުރެވޭފަދަ މިންވަރަކަށެވެ.  

މިހާމަދު މީސްކޮޅެއް ދިރިއުޅޭ ގައުމެއްގެ ސަރުކާރުތަކުން ކޮށްފައިހުރި ވައްކަންތައް ފޫބެއްދުމަށްޓަކާ ރައްޔިތުން އޮބިއަޅައިގެން ވާރު ނަންގަވަން އުޅުއްވުމަކީ ރައްޔިތުން އޮރިޔާން ކޮއްލުންފަދަ އަނިޔާވެރި ޢަމަލަކަށް ނުވޭހެއްޔެވެ. އަނެއްކާވެސް އެ ބަހުޝް ކުރަނީ މިހާރު އެނަގާ ވާރު އިތުރަށް ބޮޑުކުރާ ވާހަކައެވެ.

ސަރުކާރުގެ އެންމެހައި ދަރަނި އަރަދުކުރުމަށްޓަކާ ރައްިޔިތުން އޮޅު ނާޅުއްވާ ވައްކަން ކުރިމީހުންގެ އަތުން ފޭރިގައިވާ ފައިސާ އާއި މުދާ ހޯއްދެވިއްޔާ ރައްޔިތުންނަށް ތަންކޮޅެއް ލުއި ނުވާނެކަން އެނގިވަޑައި ނުގަންނަވަނީބާވައޭ ހިތައް އަރައެވެ!

     ރައްޔިތުން ސަރުކާރެއް އެކުލަވާލަނީ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކާއިމިސަރުކާރަށް ވަރަށް ރަނގަޅަށް އެނގޭނެއެވެ. އެހެނީ ކެމްޕެއިން ތަކުގައި ވަރަށް ގިނަ ފަރިހި ކިޔައި ރޮއިހެދިތަން ދުށީމެވެ. އެހެނަސް ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ސަރުކާރު ހިންގަން ތިއްބަވާ ބޭފުޅުންގެ ޖީބު ކޮންމެގޮތެއް ވަރިހަމަކޮށް ފުރާލުމަށެވެ.ސަރުކާރުގެ އިސްވެރިޔަކު ދައުލަތުގެ ފައިސާއަށް ފާޅުގައި ޚިޔާނާތް ތެރިވިޔަސް އެބޭފުޅަކު އިންޞާފުގެ ކުރިމައްޗަކަށް ގެނައުމުގެ ހިތްވަރެއް ވެރިމަނިކުފާނުގެއެއް ނެތެވެ. އެކަން ސަރުކާރުގެ އިސް ވަގުންތަކާއި ކުންފުނިތަކުގެ ވަގުންތަކަށް ގަބޫލުކުރެވުމުނެ ދެން މިއޮތީ އެމީހަކާ އެމީހެކެވެ. ވީ ޚިޔާނާތް ތަކުގެ ބަދަލު ރައްޔަތުމީހާ ފެލައިގެން ޖުރިމާނާކޮށް ވާރުތައް އިތުރުކޮށް ގެން ފޫބައްދަންވީއެވެ. މިއީ ވަރަށް ލާއިންސާނީ އުސޫލެއްކަމުގައި ދެކެމެވެ.

ޓެކްސަތައް ބޮޑުކުރުމުން ރައްޔިތުންގެ ޖީބަށް ކުރާނެ ބާރު ސަރުކާރަށް ހަމަނުވިސްނެނީ ބާވައެވެ؟ ރާއްޖެ ތަރައްގީ ކުރަން ވާނީ ދައުލަތުގެ ފުދުންތެރިކަން ހުރިމިންވަރަކުން ނެވެ. ތަރައްގީގެ ނަމުގައި ހިންގާ ކޮންމެ މަޝްރޫޢަކުން އެމަޝްރޫޢެއްނިންމޭ އަގަށްވުރެ އެތަށް ގުނައެއް އިތުރަށް އެމަޝްރޫޢު ހިންގާފަރާތްތަކުގެ ޖީބަށް ވަންނަމުންދާ ކަމަށް މީހުން ބުނެ އެއުޅެނީ ކީއްވެގެން ހެއްޔެވެ؟ އޮޑިޓަރގެ ރިޕޯޓް ފެނި ފިއްކަޑައިގެންދާ މީހުން މަދެއްނޫނެވެ. ދެމީހަކު މަގުމަތިން ދިމާވިޔަސް ދައްކަނީ ރައްޔަތުން ފެލައި ހުސްކޮށްފި ވާހަކައެވެ. އަޑެއްފަހެ ނީވޭތޯއެވެ؟

      ގައުމުގެ ދަރަނި މިހާބޮޑުވެގެން މިދަނީ ސަރުކާރުގެ އިސްވެރީންނާއި ސަރުކާރާ ”ބާޢީ“ ކޯލިޝަން ގުޅިފައިވާ ފަރާތްތަކުގެ ތެރެއިން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިޔަތް ގަނެގެން ތިއްބެވި ބޭފުޅުންގެ ކެމްޕޭނަށް ޚަރަދު ކުރާނޭ ފައިސާ ހޯދުމަށްކަން އެންމެނަށްވެސް އެނގެއެވެ. 

އެގޮތުން ގައުމުގެ ތަރައްގީގެ ނަމުގައި ދަރަންޏަށް ލޯނު ނަގައިގެން ހިންގާ ކޮންމެ މަޝްރޫޢަކުން އެފަދަ ދެމަޝްރޫޢު ހިންގޭހާފައިސާ ދައުލަތަށް ދާނީ ގެއްލެމުންނެވެ.

މިހުރިހާ ކަމަކީ ކަރަޕްޝަނަށް ޒީރޯ ޓޮލެރެންސްގެ ރައީސް އަށް އެނގިވަޑައި ނުގެން ކުރެވޭނެ ކަންކަމެއް ނޫނެވެ. ފިނޭންސް މިނިސްޓަރުގެ މިހާރުގެ އެސެޓަށް ބަލާލި ނަމަވެސް މިއީ އެންމެން ގުޅިގެން ހިންގަމުންދާ ޖަރީމާއެއްކަން ހާމަވެގެން ދާނެއެވެ.

     ސަރުކާރުން ކުރަމުންދާ ބޭކާރު ޚަރަދުތައް ކުޑަ ކުރުމެއްނެތި ރައްޔިތުން ފެލާލަން ސަރުކާރުން އެ އުޅުއްވަނީ ކީއްގެން ތޯއެވެ. ބޭނުންނެތް ކިތަކެއް ސިޔާސީ މަގާމު އުފަށްދަވާފައި ވޭތޯއެވެ. ފައިސާ ޖަހައިގެންވެސް އެބޭނުންނެތް ޔާރުންތަކަށް ބޮޑެތިމުސާރަޔާއި ޢިނާޔަތްތައް ދެއްވުމުގެ ބޭނުމަކީ ކޮބައިތޯ ސުވާލު ދަންނަވަމެވެ؟

    ޓީޖީއެސްޓީ އިތުރުވެގެން ދާނަމަ ލޯނުނަގައިގެން ހިންގާ ކުދިވިޔާފާރި ތައް ފުނޑިގެން އެބަދެއެވެ. އަނެއްކޮޅުން ގެސްޓްހައުސްގެ ވިޔާފާރިއަށް ވެސް ވަރަށްބޮޑަށް އަސަރުކުރާނެ ކަމަށް ގެސްޓްހައުސް އެސޯޝިއޭޝަނުންވެސް އެދަނީ ގޮވަމުންނެެވެ. އެހެންވުމުން ބަޖެޓް ޓްރެވަލާސް ގޮތުގައި ރާއްޖެ އަންނަ ފަތުރުވެރިންވެސް ދާނީ މަދުވަމުންނެވެ.

މިއަދުގެ ޖަލްސާގައި އެމްޑީޕީ އެމްޕީ އިލްޔާސް ލަބީބު ވިދާޅުވިހެން: 

– އެމްއެމްޕީއަރސީގެ ވައްކަމުގެ ފައިސާ ހޯދާކަށް ނޭނގުނު!

– ވެންޓިލޭޓަރުތަކުން ވައްކަންކޮށްގެން ނެގި ލާރިތައް ހޯދާކަށް ނޭނގުނު!

– އެސްއޯއީތަކުން ކުރާ ވައްކަމާއި އިސްރާފު ހުށްޓުވާކަށް ނޭންގުނެ!

– ދައުލަތުގެ ބިންތަކުން ލިބެންޖެހޭ ކުއްޔާއި ޓެކްސްތަށް ހޯދާކަށް ނޭންގުނެ!

– އާސަންދައީ އެންސްޕާއިން ކުރާ އިސްރާފާއި ވައްކަން ހުށްޓުވާކަށް ނޭންގުނެ!

– ކޮވިޑްތެރޭގައި ބަންދުކުރި ރެސޯޓްތައް ހުޅުވައި މަންފާހޯދާކަށް ނޭނގުނު!

– އެތަންތަނުން ވަޒީފާގެއްލި ޙާލުގައިޖެހިފައިވާ ރައްޔަތުންނަށް ވަޒީފާ ހޯދަދޭކަށް ނޭންގުނު!

މިހެންގެޮސް ލިސްޓުހުސްވާކަށް ނެތެވެ. އެހެނަސް ކޯލިޝަން ޕާޓުނަރުންގެ ކުންފުނިތަކަށް ބަދަލުދެވުނު ޢަދަދެއްވެސް ނޭންގުނު!

     ޖީއެސްޓީ ބޮޑުކުރުމުން ދައުލަތަށް ލިބޭނެ ކަމަށް ބެލެވެނީ ދެ ބިލިއަނެއްހާރުފިޔާއެވެ. ދައުލަތުން ވަގަށް ނަގާފައިވާ ރުފިޔާގެ ޢަދަދު 15ބިލިއަނަށްވުރެ ގިނައެވެ. އެހެންކަމުން ދައުލަތް ހިންގަދެއްވަން ސަރުކާރު ނުކުޅެދިފައިވާ މިންވަރު ރައްޔިތުންގެ ބޮލަށް ކަނޑާލަން ނުހައްދަވައި  ދައުލަތުން ފޭރިފައިވާ ފައިސާ އާއި މުދާ ހޯދަން އުފެއްދެވި ރިކަވަރީ ކަމިޝަން އަލުން މެކްހަށް ޖައްސަވާށެވެ. 

މިވަރަށް ސަރުކާރެއް ފެއިލްވީމާ ރިވެތިގޮތަކީ އިސްތިޢުފާދެއްވައި ދައުލަތް ސަލާމަތްކޮށް ދެވިދާނެ ބަޔަކާއި ދައުލަތް ޙަވާލުކޮށް ދެއްވުމެވެ.

Loading

2 Responses

  1. Kihineh thoa thi kankan balanee, khiyaanaathuge hurihaa vakkameggaa bedhifaa vanee mi nukulhedhey naagaabilu sarukaaru, Emme kudavegen raees kamah bunaa beyfulhaa ves mmprc ge kalhufaisaa nengevi kamah misarukaaruge ministaraku evves jehilumeh nethi bunamun edhanee, lol.

  2. އެމްޑީޕީގެ މީހުނަށްވެސް މިހާރު ވާނުވާ ގަބޫލުކުރެވިއްޖެތާއެވެ. ދެންވެސް ރީދޫ ހުންޖެހިގެން ނޫޅެ ގައުމު ސަލާމަތް ކުރާށެވެ. އިންސާފުގެ ދަތުރު ވަނީ ގިރިތަކަށް އަރާ ފޫގޮސްގެން އަޑިޔަށް ގޮސްފައެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް