އިންޑިޔާގެ ބައެއް ސަރަހައްދުތަކަށް ފަތުރުވެރިން ދަތުރުނުކުރމަށް އެމެރިކާއިން އިންޒާރުދީފި 

Loading

Facebook
Twitter
WhatsApp

މި މަހު ފަސްވަނަ ދުވަހު އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ނެރެފައިވާ ޓްރެވެލް އެޑްވައުޒަރީގައި ވަނީ ފަތުރުވެރިން އިންޑިޔާގެ ބައެއް ހިސާބުތަކަށް ދަތުރުނުކުރުމަށް އިންޒާރުދީފައެވެ. އެއީ އެ ސަރަހައްދުތަކުގައި ޓެރަރިޒަމް އާއި މި ނޫންވެސް އެހެނިހެން ކުށްތަކަށް އަރައިގަންނަ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާތީ އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅެއް ކަމަށް އެމެރިކާއިން ހާމަކުރެއެވެ.

ދަތުރުކުރުން އެންމެ ނުރައްކާރެތި ކަމަށް މި ޓްރެވެލް އެޑްވައިޒެރީގައި އިންޑިޔާގެ 17 އަވަށެއް ފާހަގަކޮށްފައިވެއެވެ. އެ ގައުމަށް ދަތުރު ނުކުރުމަށް އަންގަން މެދުވެރިވި ސަބަބު ތަކުގެ ތެރެއިން މައިގަނޑު އެއް ސަބަބަކީ އިންޑިޔާގައި ރޭޕްގެ ކޭސްތައް އިތުރުވަމުން ދިޔުމެވެ. މީގެ އިތުރުން އެމެރިކާއިން ވަނީ ފަތުރުވެރިން އިންޑިޔާގެ ޖަމޫ އާއި ކަޝްމީރް އަދި ލަޑްކާ ސަހަރަށް ދަތުރު ނުކުރުމަށް ގޮވާލާފައެވެ. އެއީ އިންޑީޔާ އާ ޕާކިސްތަނާ ދެމެދު އޮތް ޒަމާނީ ހަމަނުޖެހުމުގެ ތެރޭގައި ކުއްލި ހަމަލާއެއް އަތުވެދާނެ ކަމުގެ ބިރު ބޮޑުވެފައިވާތީއެވެ. 

މީގެ އިތުރުން އިންޑިޔާގެ އުތުރުގެ 7 ގައުމަކަށް ސަރުކާރު ވަޒީފާތަކުގައި އުޅޭ މީހުން ދަތުރުކުރުން ވަނީ މަނާކޮށްފައެވެ. އެއީ އަސަމް، އަރޫނާޗަލް ޕްރަދޭޝް، މިޒޯރަމް،ނެގަލޭންޑް.މެގްހަލަޔަ، އަދި މަނިޕޫރްއެވެ.

ކެނެޑާއިންވެސް ވަނީ ދާދިފަހުން ހަމަ މިފަދަ އިއުލާނެއް ނެރެފައިއެވެ. މިގޮތުން ކެނެޑާއިން ވަނީ އިންޑިޔާއާއި ޕާކިސްތާނުގެ ބޯޑަރު ގުޅޭ ސަރަހައްދުގެ 10 ކިލޯމިޓަރަށްވުރެ ކައިރި ސަރަހައްދުތަކަށް ފަތުރުވެރިން ދަތުރުކުރުން މުޅިން މަނާކޮށްފއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް