ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކީ މީހަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކީ މީހަކު ހައްޔަރުކޮށްފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ މި މަސްތުވާތަކެއްޗަކީ ޔޫރަޕްގެ ގައުމެއްކަމަށްވާ ނެދަލެންޑްން ރާއްޖެއަށް  ޕޯސްޓް މެދުވެރިކޮށް ރާއްޖެ އަށް ގެނައި ޕާރުސަލެއްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށެވެ.

ކަސްޓަމްސް އިން ބުނީ މި މަސްތުވާތަކެތި ފެނުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ރާއްޖެ އެތެރެކުރި ޕާރުސަލްތައް ބަލަމުން ދަނިކޮށް އޭގެ ތެރެއިން ކަމަށެވެ.
އަތުލައިގަނެފައިވަނީ މެފެޑްރޯން ކިޔާ މަސްތުވާތަކެތީގެ ބާވަތެކެވެ. އަތުލައިގަނެވުނު މަސްތުވާތަކެތީގެ އަގު 2.5 މިލިއަން ރުފިޔާއަށް އަރާއިރު އޭގެ ބަރުދަނުގައި 1008.87 ގުރާމް ހުރި ކަމަށް ކަސްޓަމްސް އިން މައުލޫމާތުދެ އެވެ.

ކަސްޓަމްސް އިން ބުނީ މި މަސްތުވާތަކެއްޗާ ގުޅުން ހުރިކަމަށް ތުހުމަތު ކުރެވިގެން ފިރިހެނަކު ހިފެހެއްޓި ކަމަށާ އަދި އެމީހާ ފުލުހުންނާއި ހަވާލުކޮށްފައިވާކަމަށެވެ.


މިއީ މިއަހަރުގެ ތެރޭގައި މިބާވަތުގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެވުނު ތިންވަނަ ފަހަރެވެ.


Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް