މާސާ އަމީނީގެ މަރުގެ މައްސަލައިގައި އީރާނުން އެމެރިކާ ކުށްވެރިކޮށްފި 

Facebook
Twitter
WhatsApp
5B93C5A1-C7ED-4FCC-8390-0DE57C32A9DC

އީރާނުގެ ޖޮއިންޓް އިންޓެލިޖެންސް ރިޕޯޓަކުން ހާމަވެފައިވާ ގޮތުގައި މާސާ އަމީނީގެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރު ކުރެވުނު ދެ ނޫސްވެރިންނަކީ އެމެރިކާއިން ތަމްރީނުކޮށްފައިވާ ދެމީހުންނެވެ. މިކަމާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި ވަނީ ހަމަނުޖެހުން ބޮޑުވެފައެވެ. 

އެމެރިކާ އާއި އަލްބޭނިޔާއާ ދެމެދު މިކަމާ ގުޅިގެން ޔޫއެންއެސްސީ މީޓިންގްއެއް އަންނަ ބުދަ ދުވަހު ބާއްވަން ވަނީ ނިންމާފައެވެ. މި ބައްދަލުވުމުގައި އީރާނުގެ ނޯބެލް ޕީސް ޕްރައިޒް ވިނާއެއް ކަމުގައިވާ ޝީރީން ޢާބާދީ އާއި އެ ގައުމުގެ ފިލްމުކުޅުންތެރިއެއް ކަމަށްވާ ނަޒާނިން ބޮނިއާދީ ވާހަކަދައްކަވާނެކަމަށް ބޭރުގެ މީޑިޔާތަކުން ރިޕޯޓުކޮށްފައިވެއެވެ. މި ދެ މީހުންނަކީވެސް އީރާނުގެ މިހާރުގެ ސަރުކާރާ އިދިކޮޅު ދެ މީހުންނެވެ. މި ދެ މީހުންގެ އިތުރުން ޔޫއެންއިން އީރާނަށް ކަނޑައަޅުއްވާފައި ހުންނެވި ހިއުމަން ރައިޓްސް އޮފިސާވެސް މި ބައްދަލުވުމުގައި ވާހަކަދައްކަވާނެއެވެ. 

މި ބައްދަލުވުމުގައި އީރާނުގައި ކުރިޔަށްދާ ހަރުކަށި ގަވައިދުތަކާއި މެދު ވާހަކަދެކެވޭނެކަމަށް ބޭރުގެ މީޑިޔާތަކުން ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް އީރާނު ސަރުކާރުގެ އޮފިޝަލް ވެބްސައިޓުގައި ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި އެމެރިކާއިން މި ބައްދަލުވުން ބޭއްވުމަށް ރާވާފައިވަނީ އިރާނުގެ އިންޓެލިޖެންސްއިން ކޮށްފައިވާ ސުވާލުތަކަށް ޖަވާބުދިނުމުން ރެކެން ވެގެންނެވެ.

އެ ގައުމުން ތުހުމަތު ކުރާ ގޮތުގައި އިންސާނީ ހައްގުތަށް ރައްކާތެރިކުރުމުގެ ބަހަނާގައި އެމެރިކާއިން ގެންދަނީ ސިޔާސީ ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރަމުންނެވެ. މީގެ ކުރިންވެސް އެމެރިކާއިން މިފަދަ އަމަލުތައް ހިންގާފައިވާކަމަށާއި މިހާރުވެސް ކަން ކުރަމުން ދަނީ އެހެން ކަމަށް މި ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ގައުމުގައި ހަމަނުޖެހުން އުފެއްދުމަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން އެމެރިކާއިން ހިފަމުން ދާކަމަށް ވެސް އީރާނުން ވަނީ ތުހުމަތުކޮށްފައެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް