ޔޫރިން އިންފެކްޝަން ރަނގަޅުކުރަން އަނޯނާ ވަރެއް ނެތް! 

Loading

Facebook
Twitter
WhatsApp

އަނޯނާއަކީ ދިވެހި އަތަ ނިސްބަތްވާ އާއިލާއަށް ނިސްބަތްވާ އަނގަޔަށް މީރު ފޮނި މޭވާއެކެވެ. މިއީ ދޮންވުމުން ވެސް ބޭރުތޮށި ފެހިކުލައިގައި ހުންނަ މޭވާއެކެވެ.

އަނޯނާއަކީ ސިއްޙީ ފައިދާތަކުން ފުރިގެންވާ މޭވާއެކެވެ. އެގޮތުން އަނޯނާގައި ގިނަ އަދަދެއްގެ ވިޓަމިން އަދި މިނަރަލްސް އެކުލެވިގެންވެއެވެ. އޭގެ ތެރޭގައި ވިޓަމިން ސީ، ފައިބާ، ޕޮސްފަރަސް، މެންގަނީޒް، ކޮޕާ ފަދަ މާއްދާތައް އެކުލެވިގެންވެއެވެ.

އަނޯނާއިން ލިބިދޭ ސިއްހީ ބައެއް ފައިދާތައް:

– ޔޫރިން އިންފެކްޝަނުން ސަލާމަތްވުން (ކުޑަކަމުދާ ނިޒާމުގައި ޖަރާސީ އެޅުމުން ރައްކާތެރިކޮށްދިނުން

:

އަނޯނާގައި ގިނަ އަދަދެއްގެ ވިޓަމިން ސީ އެކުލެވިގެން ވެއެވެ. އެކަމުގެ ސަބަބުން ކުޑަކަމުދާ ތަކެތީގެ އެސިޑް ހުންނަ މިންވަރު މަތިކޮށްދީ، ކުޑަކަމުދާ ތަކެތީގައި ހިމެނޭ ގެއްލުންދެނިވި ބެކްޓީރިޔާ ތަކުގެ މިންވަރު ދަށްކޮށްދެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އަނޯނާ ޖޫސް ދުވާލަކު ދެ ފަހަރު ނުވަތަ ތިން ފަހަރު ބުއިމުން ކުޑަކަމުދާ ހޮޅީގައި ޖަރާސީމް އެޅުމުން ސަލާމަތްކޮށްދެއެވެ.

– މަސްގުޅަ ކެއުމުން ދުރުކޮށްދިނުން:

އަނޯނާގައި ގިނަ އަދަދަކަށް ޕޮޓޭސިއަމް އެކުލެވިގެންވާ މޭވާއެކެވެ. ހަށިގަނޑުގައި ޕޮޓޭޝިއަމް މަދުވުމަކީ، ހަށިގަނޑުގެ މަސްތައް ވާޅުވެ، ގުޅަކައި، ނިކަމެތިވާ ކަމެކެވެ. އެހެންވެ، އަނޯނާ ގަވައިދުން ކާ ނަމަ، މަސްގުޅަ ކެއުން ފަދަ ކަންކަމުން ދުރުވާނެއެވެ.

– ވަރުބަލިވުމުން ދުރުކޮށްދިނުން:

އަނޯނާގައި ”އެއިރޯބިކް އެނާޖީ ޕްރޮޑަކްޝަން“ އަށް ބޭނުންވާ ތިއެމިން ހުރެއެވެ. މިއީ ހަކުރު ހަކަތައަށް ބަދަލުކުރުމަށް، އެހީތެރިވާ މާއްދާ އެކެވެ.

– މާބަނޑު ދުވަސްވަރު ދިމާވާ ނުރައްކާތައް ކުޑަކުރުން

އަނޯނާގައި ފޮލިކް އެސިޑް ހުރެއެވެ. ފޮލިކް އެސިޑް މަދުވުމަކީ މާބަނޑު ދުވަސްވަރު ވާ ތަދު އިތުރުވެ ބައިގެން ދިއުމުގެ ފުރުސަތު ބޮޑުވާ ކަމެކެވެ. އެހެންކަމުން ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް އަނޯނާ ހިމެނުމަކީ މުހިންމު ކަމެކެވެ.

އަނޯނާއަކީ ބޮލުގައި ރިއްސުމާއި ކެންސަރުން ރައްކާތެރި ކޮށްދިނުމާއި ލޭމަދުވުން ފަދަ ކަންކަމުންވެސް ރައްކާތެރިކޮށްދޭ މޭވާއެކެވެ. އަނޯނާގެ އިތުރުން އަނޯނާ ފަތާއި އަނޯނާ މަލަކީވެސް ބޭނުންތެރި އެއްޗެކެވެ. އެގޮތުން އަނޯނާ ފަތުން ހަންގަނޑަށް ފަރުވާ ކުރެވޭއިރު އަނޯނާ މަލުން ސައިނަސް ފަދަ ބަލިތަކަށް ފަރުވާކުރެވެއެވެ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް