ޓެކްސް ނުދައްކާ ފަރާތްތަކެއްގެ މައުލޫމާތު އާންމުކޮށްފި

Loading

Facebook
Twitter
WhatsApp
????????????????????????????????????

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ [މީރާ] އަށް ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާ ފަރާތްތަކާއި ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކެއްގެ މައުލޫމާތު އެ އޮތޯރިޓީން އާންމުކޮށްފި އެވެ.

މީރާއިން ނަން އާންމުކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް ޓެކްސް ފައިސާ ނުދައްކާ އަދި ޓެކްސް ބަޔާން އެ އިދާރާއަށް ހުށަނާޅާ ފަރާތްތަކުގެ ނަންތަކެވެ. މިއީ ޖީއެސްޓީ، ގްރީން ޓެކްސް އަދި ވިތްހޯލްޑިން ޓެކްސްގެ ބަޔާން ހުށަނާޅާ އަދި ފައިސާ ދައްކާފައި ނުވާ ފަރާތް ތައްކަމަށް މީރާއިން ބުނެއެވެ.
އޭގެ ތެރޭގައި ހިމެނެނީ ޓެކްސް ފައިސާ ނުދައްކާ 140 ފަރާތަކާއި ޓެކްސް ބަޔާން ހުށަނާޅާ 256 ފަރާތެކެވެ.  


މީރާއިން ނެރެފައިވާ ބަޔާނުގައި ބުނީ ނަންތައް ހާމަކުރީ ޓެކްސް ފައިސާ ނުދައްކާ އަދި ޓެކްސް ބަޔާން ހުށަނާޅާ މީހުންގެ ނަން ހާމަ ކުރާ އުސޫލުން މީރާއަށް ލިބޭ ބާރުގެ ދަށުން ކަމަށެވެ.
މީރާއިން ބުނެފައިވަނީ މި ލިސްޓުގައި ހިމަނާފައިވާ ފަރާތްތަކުގެ ތެރެއިން ފައިސާ ދައްކާ ހަލާސްކޮށް އަދި ބަޔާން ހުށަހަޅާ ފަރާތްތަކުގެ ނަން މި ލިސްޓުން ނެގޭނެ ކަމަށެވެ. އަދި ހާމަކޮށްފައިވާ މުއްދަތުގައި އެފަރާތްތަކުން ދައްކަން ޖެހޭ އަދަދު އެއްފަހަރާ ދައްކާ ހަލާސް ނުކުރެވޭނަމަ މީރާއިން ހަމަޖައްސާ އިންސްޓޯލްމަންޓް ޕްލޭންއެއްގެ ދަށުން އެ އަދަދު ބަހައިލައިގެން ދެއްކޭނެ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

ޓެކްސްގެ ފައިސާ ނުދައްކާ އަދި ޓެކްސްގެ ބަޔާން ހުށަނާޅާ ފަރާތްތަކުން ލަސްނުކޮށް ޓެކްސްގެ ފައިސާ ދައްކާ ހަލާސްކޮށް ބަޔާން ހުށަހެޅުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް