ދެ އަހަރަށް އުފެއްދި އިންތިލާގީ އިންސާފުގެ އޮފީހުގެ މުއްދަތު އިތުރުކުރަން ރައީސުލް ޖުމުހޫރިއްޔާ ނިންމަވައިފި

Loading

Facebook
Twitter
WhatsApp

ދައުލަތުން އެކިގޮތްގޮތަށް އަނިޔާލިބިފައިތި ފަރާތްތަކަށް އިންސާފު ހޯދައިދުނުމަށް މި ސަރުކާރުން އުފެއްދި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސްގެ މުއްދަތު އިތުރުކުރަން ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ނިންމަވައިފިއެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަކީ އިންތިގާލީ އިންސާފުގެ ގާނޫނު ދަށުން އުފެއްދައްދާފައިވާ އޮފީހެކެވެ. މި  އޮފީސް އުފެއްދީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. މި އޮފީސް އުފެއްދީ ދެ އަހަރުގެ މުއްދަތަކަށެވެ.

މި މުއްދަތު ހަމަވާން ދެ މަހެއްހާ ދުވަހަށް ވެފައި ވަނިކޮށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު  ވިދާޅުވީ އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުގެ މުއްދަތު އިތުރު ކުރެއްވުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަކީ އިންތިގާލީ އިންސާފުގެ ގާނޫނު ދަށުން އުފެއްދައްދާފައިވާ އޮފީހެކެވެ. އިންތިގާލީ އިންސާފްގެ ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި އމަލެއްގެ ސަބަބުން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގެންފައިވާނަމަ، އެ އަލުތަކަށް ޒިންމާވާ ފަރާތްތައް މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޖަވާބުދާރީކުރުވައި، އެފަރާތްތަކުގެ އަމަލުތަކުގެ ސަބަބުން އަނިޔާ ލިބުނު ފަރާތްތަކަށް ޙައްލުތަކުގެ ޒަރީއާއިން އިންސާފު ހޯދައިދައިދިނުން ހިމެނެއެވެ.

މި އޮފީހަށް ގިނަ މައްސަލަ ތަކެއް ހުށަހަޅާފައި ވީ ނަމަވެސް ދެ އަހަރުވާން އުޅޭ އިރުވެސް އެއްވެސް މައްސައެއް ނިންމިފައި ނުވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް