ކާނަލް ނަޝީދު އެދެނީ އަލަމްގީރު އާ އެކީ އުޅުނު ވީޑިއޯގެ އެނަލިސިސްއެއް ހަދަން

Loading

Facebook
Twitter
WhatsApp

އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ދައުވާ އުފުލާފައިވާ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް ނަޝީދު) އެމްޑީ އަލަމްގީރުގެ ކޮޓަރީގައި ހުއްޓައި ފެންނަ ވީޑިއޯގެ އެނަލިސިސްއެއް ހަދަން އެދިއްޖެއެވެ.

ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތެވެ.  

ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަލަމްގީރުއާ އެކު އެއްކޮޓަރިއެއްގައި ނަޝީދު ހަރަކާތްތެރިވާ ވީޑިއޯތަށް ވަނީ އާންމުކޮށްލާފައެވެ. އެ ވީޑިއޯތައް އާންމުކުރީ ވަކިވަކި ވީޑިއޯތަކެއްގެ ގޮތުގައެވެ. ވީޑިއޯތައް އާންމުވާން ފެށުމާއެކުވެސް ނަޝީދުވަނީ އޭގެއިން ފެންނަނީ އޭނާ ނޫންކަމަށް ބުނެފައެވެ. އަދި ފަހުން އޭނާ ބުނެފައިވަނީ އެ ކޮޓަރިއަށް ދިޔައީ ވިޔަފާރި ބައްދަލުވުމަކަށް ކަމަށެވެ.

މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުން ބާއްވާފައިވަނީ ސިއްރުންނެވެ. މި އަޑުއެހުމުގައި ނަޝީދު އެދިފައިވަނީ ތިންވަނަ ފަރާތެއްގެ ބައިވެރިވުމާއެކު ވީޑިއޯގެ އެނަލިސިސެއް ހެދުމަށެވެ. އެހެންކަމުން ޝަރީއަތުންވަނީ ނަޝީދު ހުށައަޅުއްވާ ތިންވަނަ ފަރާތުގެ މައުލޫމާތު ކޯޓާ ހިއްސާކުރުމަށް އެދިފައެވެ. އަދި ދައުލަތުން ބުނެފައިވަނީ ކޯޓުން އެކަން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިއުމަށް އިއުތިރާޒު ނުކުރާކަމަށެވެ. ނަމަވެސް ކޯޓުން ބޭރަށް ވީޑިއޯ ގެންދިއުމަށް ދައުލަތުން ވަނީ އިއުތިރާޒު ކޮށްފައެވެ.

ރާއްޖޭގެ ގިނަ އަދަދެއްގެ ފިރިހެނުންނާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި އަލަމްގީރު 7 މަހާއި 6 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުސްވި އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ވަނީ ހުކުމް ކޮށްފައެވެ. އޭނާގެ މަށްޗަށް ދައުލަތުންވަނީ ގިނަ ދައުވާތަކެއް ކޮށްފައެވެ. އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި ބައެއް މީހުންނަށް ހުކުމްވަނީ ކޮށްފައެވެ.



އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކޮށްކޯފުޅު އަދި ގާނޫނީވަކީލް ނާޒިމް އަބްދުއްސައްތާރު ގޭބަންދުކުރުމަށް ކޯޓުން ހުކުމް ކޮށްފައިވާއިރު، އެމައްސަލާގައި ހިމެނޭ ފުލުސް އޮފިސަރު އެއް އަހަރަށް ޖަލަށް ލުމަށްވެސް ވަނީ ހުކުމްކޮށްފައެވެ.

Loading

2 Responses

  1. ޤާބޫލުކުރެވޭ ގޮތުގައި ޕީޖީ ވަކީލުން ސިއްރު ޝަރީޢަތެއްގެ ގޮތުގައި މި މައްސަލަ ގެން ގެންދަނީ އެމީހުން ބޭނުން ތަންތަންކޮޅު ލީކްކުށް ޕަރސެޕްޝަނެއް އުފައްދަން

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް