މެންބަރުން މަސްތުގެ ހާލަތުގައި މަޖިލީހަށް  ވަޑައިގަންނަވާކަމަށް ވިދާޅުވުމުން ނަޝީދު ރަތަށް

Loading

Facebook
Twitter
WhatsApp

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން މަސްތުގެ ހާލަތުގައި މަޖިލީހަށް ވަޑައިގަންނަވާކަމަށް  ވިދާޅުވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީ ވަރަށްބޮޑަށް ކޯފާ އިސްކުރައްވައި ވާހަކަފުޅު ދައްކަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން މަސްތުގެ ހާލަތުގައި މަޖިލީހަށް ވަޑައިގަންނަވާކަމަށް  ވިދާޅުވެ ވާހަކަފުޅު ދެއްކެވީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަށް މިއަދު ބަހުސްކުރައްވައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް އެވެ.

ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ވޯލްޑް ބޭންކް ރިޕޯޓާ ހަވާލާދެއްވާ ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް ދުނިޔޭގެ އިގްތިސާދު މިހާރަށް ވުރެ ބޮޑަށް ގެއްލުންތަކާ ނުރައްކާ އޮތްކަށް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަކީ ބިނާކުރަނިވި ހިޔާލުފާޅުކުރެވޭ ތަނަކަށް ވާންޖެހޭ ކަމަށާ އަދި ގައުމަށް ދިމާވާ ބޮޑެތި ކަންކަމުގައި ވާހަކަދައްކައިގެން ހައްލު ހޯދާ ތަނަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ޒާތީ ތައައްސަބާއި ނަފްރަތާއި ރުޅިވެރިކަމުގައި މަޖިލީހަކީ ޒުވާބުކުރާ ހަށަވާދަކުރާ ގައުމު ސުންނާފަތި ވިޔަސް ވަރިހަމަކަމަށް ޖާގަ ދީގެން ތިބޭ ތަނަކަށް ވެގެން ނުވާނެކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފްގެ ވާހަކަފުޅުދައްކަވަނިކޮށް ރައީސް ނަޝީދު ވަނީ އޭނާގެ ވާހަކަފުޅު ހުއްޓުވާލައްވާ ފައެވެ. އަދި ވިދާޅުވީ ޝަރީފްގެ ވާހަކަތައް ފުރަތަމަ ރަގަޅު މަގުގައި ބެހެއްޓެވުމަށެވެ.  

”އިއްޒަތްތެރި މެމްބަރު އަޅުގަނޑަށް ޖެހޭނީ އިއްޒަތްތެރި މެމްބަރު ފުރަތަމަ މަޑުޖައްސައިލަން ނުވަތަ ވާހަކަފުޅު ރަނގަޅު މަގުގައި ބަހައްޓަން ދަންނަވަން،“ ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ ވާހަފުޅަށް ރައްދުދެއްވައި ޝަރީފް ވިދާޅުވީ ނަޝީދުގެ ވާހަކަފުޅުބެހެއްޓެވި ގޮތާމެދު ހިތާމަކުރައްވާ ކަމަށާ މަޖިލިސް ތެރޭގައި ފާޅުގައި ޑްރަގް ބޮއެގެން މަސްތުގެ ހާލަތުގައި މީހުންނާދިމާލަށް ހިތުހުރި އެއްޗެހި ގޮވުމަށް ފުރުސަތު ދެވިގެން ނުވާނެކަމަށެވެ.

 ”ތިޔަ ވިދާޅުވި އެއްޗަކަށް އަޅުގަނޑު ދަންނަވަން ޖެހެނީ އަޅުގަނޑު ވަރަށް ހިތާމަކުރަމޭ. މި އިއްޒަތްތެރި މަޖިލީހަކީ ޑްރަގްގެ އައްޑާއަކަށް ވެގެން ނުވާނެ. މަޖިލިސްގެ ގޯތި ތެރޭގައި ފާޅުގައި ޑްރަގް ބޮއިގެން މަސްތުގެ ހާލަތުގައި މިތަނަށް އައިސް މީހުންނާ ދިމާލަށް ހިތުހުރި އެއްޗެއް ގޮވުމުގެ ފުރުސަތު މިތަނުގައި ދެވިގެން ނުވާނެ،“ ޝަރީފު ވިދާޅުވި އެވެ.

މަސްތުގެ ހާލަތުގައި ހުރިތޯ ބަލަން ބޭނުންކުރާ ”ބްރެތު އެނަލައިޒާ“އެއް ބަހައްޓަން ޖެހޭ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

އެ ހިސާބުން ރިޔާސަތުން ޝަރީފުގެ ވާހަކައަށް ހުރަސް އަޅުއްވަމުން ނަޝީދު ވިދާޅުވީ ޝަރީފު ކުރައްވާ ކަމަކީ މަޖިލީހުގެ ގަދަރާއި އިއްޒަތް ނަގައިލަން، ސާބިތުނުހިފޭ ވާހަކަ ދެއްކެވުން ކަމަށެވެ.

”އިއްޒަތްތެރި މެންބަރު ތިޔަ ކުރައްވާ ކަމަކީ މި ތަނުގެ ގަދަރާއި އިއްޒަތް ނަގައިލުމަށް ސާބިތު ނުހިފޭ ބާވަތުގެ ވާހަކަދައްކަވަމުން ގެންދެވުން. މި ތަނުގައި ޑުރަގެއް ނުގެންގުޅޭނެ. މިތަނުގައި މަސްތުވާތަކެއްޗެއް ނުގެންގުޅޭނެ. މިއީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސް،“ ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ ވާހަކަފުޅަށް ފަހުގައި ޝަރީފު ވިދާޅުވީ އެވާހަކަފުޅުގެ ހަގީގަތް އެނގޭނީ ބްރެތު އެނަލައިޒަރެއް ބެހެއްޓީމާ ކަމަށެވެ. 

Loading

3 Responses

  1. ތިބުނާ ބުރެތް އެނަލައިޒަރ އިން ޗެކްކޮށްފިނަމަ މަޖިލީސްގެ ރައީސް ވާނީ ޕޮޒިޓިވެ ހޭ ނުވަތަ ނެގެޓީވްހޭ؟ މިއަދުގެ ބޮޑު ސުވާލު. ޝަރީފަށް ޖަވާބުވެސް އެނގޭނެކަން ޔަގީނެވެ. ޖާއްބެ އަށްވެސް ޖަވާބު އެނގޭނެއެވެ.

  2. ބްރެތު އެނަލައިޒަރެއް ބަހައްޓަން ބިރުގަންނަން ޖެހޭ ސަބަބެއް ނެތެވެ. އެއަށްވުރެން މާބޮޑެތި ޚަރަދުތައްވެސް ކުރަނީނޫން ހެއްޔެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް