ލިސްޓްގެ ކަންކަން ނިމޭތާ ތިން ދުވަސްތެރޭ ފްލެޓް އެގްރީމަންޓްގައި ސޮއިކުރަންފެށޭނެ: އެފްޑީސީ

Loading

Facebook
Twitter
WhatsApp

ހުޅުމާލޭ ފޭސްދޭއްގައި އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ލިސްޓްގެ ކަންކަން ނިމޭތާ ތިން ދުވަސްތެރޭ ފްލެޓް އެގްރިމަންޓްގައި ސޮއިކުރަންފެށޭނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން ބުނެފިއެވެ.

އެފްޑީއެފްސީން މިއަދު އާންމުކުރި ވީޑިއޯއެއްގައި ބުނެފައިވަނީ މިހާރު ފްލެޓްގެ އެގްރީމަންޓްތައް ވެސް ހުރީ ޕްރިންޓްކޮށް ނިމިފައިކަމަށެވެ.  އަދި އިތުރު މައުލޫމާތު އާންމު ކުރާނެ ކަމަށް ވެސް އެ ވީޑިއޯގައި ބުނެފައި ވެއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން 4000  ފްލެޓްގެ މަސައްކަތް މިހާރު ކުރިއަށްދާއިރު  މި ފްލެޓްތައް އާންމުންނާ ހަވާލުކުރުން ލަސްވާތީ އާންމުންގެ ނުރުހުން ސަރުކާރަށް ވަރަށް ބޮޑަށް ވަނީ ކުރިމަތިވެފައެވެ.

ކުރީގެ ސަރުކާރުގެ ވެރިކަން ނިމެން ކުޑަ ދުވަސްކޮޅަކަށްވެފައި ވަނިކޮށް ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓެއް އެކުލަވާލަ އެ ލިސްޓް އާންމުކުރިއެވެ. އެހެން ނަމަވެސް އެލިސްޓަށް ހުށަހެޅުނު ޝަކުވާތަކާއި ގުޅިގެން އޭސީސީން ވަނީ ފްލެޓް ދިނުމުގެ މަސައްކަތް ހުއްޓާލުމަށް ނޮވެމްބަރ 16 ގައި އަންގާފައެވެ.

އޭސީސީން މައުލޫމާތު ދޭ ގޮތުގައި ފްލެޓްތަކުގެ މައްސަލައިގެ ތަހުގީގުގެ ބޮޑު ބައެއް މިހާރުވަނީ ނިމިފައެވެ. އަދި ވަރަށް އަވަހަށް މައްސަލައިގައި ގޮތެއް ނިންމާނެ ކަމަށް އޭސީސީން ބުނެއެވެ. އެހެންނަމަވެސް މި މަސައްސަލަ ނިންމާނެ ތާރީޚެއް ހާމައެއް ނުކުރެއެވެ.

މި ފްލެޓްތައް ދިނުން ލަސްވުމާއި ގުޅިގެން އާންމުންގެ މީހުން ހިތްހަމަނުޖެހި ބައެއް ފަރާތްތަކުން ވަނީ އޭސީސީ އޮފީސްހިންގާ އިމާރާތަށް ވަދެ މުޒާހަރާވެސް ކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް