އައްޑޫ ހޮސްޕިޓަލްގެ އިމަޖެންސީ ހިދުމަތް ނޫން ހުރިހާ ހިދުމަތެއް މެދުކަޑާލަނީ

Loading

Facebook
Twitter
WhatsApp

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ އިމަޖެންސީ ހިދުމަތް ނޫން ހުރިހާ ހިދުމަތެއް މާދަމާގެ ވަގުތެއްގައި މެދުކަޑާލާނެކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ހޮސްޕިޓަލުން ބުނީ މާދަމާ ހެނދުނު 09:00 އިން ފެށިގެން މެންދުރުފަހު 14:00 އާއި ދެމެދު ގެ ވަގުތެއްގައި ގަން އިންޓަނޭޝަނަލް އެއާޕޯޓުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ އެއާޕޯރޓް އެމަރޖެންސީ އެކްސަސައިޒްއާއި ގުޅުވައިގެން ފުލް-ސްކޭލް މާސް ކެޝުއަލްޓީ މެނޭޖްމަންޓް ޑްރިލްއެއް އެހޮސްޕިޓަލްގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

”މިހަރާކާތް ކުރިޔަށްދާ ވަގުތުގައި އެމަރޖެންސީ ހިދުމަތްތައް ފިޔަވައި އެހިނިހެން ހިދުމަތްތައް މެދުކެނޑިގެން ދާނެކަން ތިޔަ އެންމެހާ ރައްޔިތުންގެ ސަމާލުކަމަށް ދެންނެވީމެވެ. މިހަރަކާތުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް މާފަށް އެދެމެވެ.“  އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އައްޑޫ އެއާޕޯޓުން ބުނީ  މި ޑްރިލް އަކީ ”އެކްސަސައިޒް މާރަނގަ 22“ ގެ ނަމުގައި ކުރިއަށް ގެންދާ މި ޑްރިލް އެއް ކަމަށާ  މި ޑްރިލްގެ މަގްސަދަކީ ފްލައިޓް ވެއްޓުން ފަދަ މާސް ކެޝުއަލްޓީ ހާދިސާއެއްގެ ހާލަތުގައި އަމަލުކުރަންޖެހޭ ގޮތުގެ އުސޫލުތަކަށް ހޮސްޕިޓަލް އަދި ކަމާއި ގުޅުން ހުރި އިދާރާތަކުގެ މުވައްޒަފުން އަހުލުވެރިކުރުން ކަމަށެވެ.

އަދި މި ޑްރިލް ކުރިއަށްދާ ވަގުތުގައި އެއާޕޯޓުގެ ހުރިހާ އޮޕަރޭޝަނެއް ހުއްޓާލުމަށް ހަމަޖެހިވާކަމަށް ވެސް އެ އެއާޕޯޓުން ބުނެއެވެ. އަދި އޮޕަރޭޝަންތައް އަލުން ފަށާނީ މެންދުރު 3 ގެ ފަހުން ކަމަށް އެއާޕޯޓުން ބުނެ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް