ކެނެޑާ-އެމެރިކާ ގުޅޭ ސަރަހައްދީ ރޮގު ފައިމަގުގައި ހުރަސް ކުރަން އުޅުނު އިންޑިޔާގެ ބަޔަކު މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

ކެނެޑާ-އެމެރިކާ ގުޅޭ ސަރަހައްދީ ރޮނގު ފައިމަގުގައި ހުރަސް ކުރަން އުޅުނު އިންޑިޔާގެ ހަތަރު މެމްބަރުންގެ އާއިލާއެއް މަރުވެފައި ތިއްބާ ފެނިއްޖެ އެވެ. އުމުރުން ތިރީސް ނުވަ އަހަރުގެ ޖަގްދީޝް ޕަޓޭލް އާއި އޭނާގެ އަންހެނުން އުމުރުން ތިރީސް ހަތްއަހަރުގެވައިޗާބަން ޕަޓޭލްގެ އިތުރުން އެމީހުންގެ ، އުމުރުން އެގާރަ އަހަރާ ތިންއަހަރުގެ ކުޑަ ދެދަރިން، ދެގައުމު ގުޅުވާދޭ ސަރަހައްދީ ރޮނގު ކައިރީ ހުސް ބިމެއްގައި މަރުވެފައި ތިއްބާ ފެނިފައި ވަނީ މިދިޔަ ހަފުތާގައެވެ. ނަމަވެސް އެމީހުންގެ މައުލޫމާތު ރަސްމީ އިދާރާތަކުން ހާމަ ކޮށްފައި މިވަނީ ބުރާސްފަތި ދުވަހުއެވެ.

ކެނެޑާ ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މަރުވެފައި ތިއްބާ ފެނުނު ދެމަފިރިންނަކީ މީހުން ސްމަގްލް ކުރާ ބަޔަކާ ގުޅުންއޮތް ބަޔެއް ކަމަށް ޝައްކު ކުރެވެއެވެ. އެހެނީ އެމީހުން ފުރަތަމަ ދިޔަ ޓޮރޮންޓޯ އާއި އެމީހުން ފެނުނު ހިސާބާއި ވަރަށް ދުރުވެފައި އެމީހުން ދަތުރުކޮށްފައި ވަނީ އަމިއްލަ ވެހިކަލްއެއްގައި ކަމަށް ނުވާތީ އެވެ.

ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ބެލެވޭ ގޮތުގައި އެމީހުން ސަރަހައްދީ އިމާކައިރިޔަށް ގެންގޮސްފައި ވަނީ އިންސާނީ ވަގުފާރި ހިންގާ ބަޔެކެވެ.

ކެނެޑާގެ ބޯޑަރ ބަލަހައްޓާ ސިފައިން ވަނީ 19 ޖަނަވަރީގައި އުމުރުން ސާޅީސް ހަތް އަހަރުގެ ސްޓީވް ޝޭންޑް ނަމަކަށް ކިޔާ މީހެއްގެ މައްޗަށް އިންސާނީ ވަގުފާރި ހިންގާ ކަމުގެ ދައުވާ އުފުލާފައެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ 15 މީހުން އުފުލޭ ވަރުގެ ވޭނެއްގައި ސަރަހައްދީ ރޮނގާ ކައިރިން ދަތުކޮށްފައި ދަނިކޮންނެވެ. ވޭންގައި އެވަގުތު އިންޑިޔާގެ އެހެން ދެމީހުންނާއެކު ގިނަ އަދަދެއްގެ ކާނާއާއި ފެން ހުރިކަމަށް ޚަބަރު ލިބިފައި ވެއެވެ.

މަރުވެފައި ތިއްބާ ފެނުނު ޕަޓޭލް އާއިލާ ފެނުނު ހިސާބަކީ މި މޫސުމުގައި އާދަޔާ ޚިލާފަށް ފިނި ގަދަ ހިސާބެކެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް