އިންޑިއާ ސިފައިންގެ މަތިންދާ ބޯޓެއް ވެއްޓި ފުނޑުފުނޑު ވެއްޖެ

Loading

Facebook
Twitter
WhatsApp

ބިހާރު ސްޓޭޓުގައި ތަމްރީނު ދަތުރެއްގައި ނައްޓާލި ވައިގެ ސިފައިންގެ އުދުހޭ ބޯޓެއް ވެއްޓެން ދިޔަ އިރު އޭގައި ދުއްވަން ތިބި ދެ ޕައިލެޓުން ވައިކުޑައިގައި ފުންމާލުމުގެ ސަބަބުން އެ ދެމީހުން މަރުނުވެ ސަލާމަތްވިއެވެ. އަދި އެ ދެމީހުންނަށް މާބޮޑު ހާނީއްކައެއްނުވެ ސަލާމަތްވިއެވެ. މި ހާދިސާ ހިނގީ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

އިންޑިއާގެ މީޑިއާތަކުން މައުލޫމާތުދޭ ގޮތުގައި ބޯޓު ވެއްޓުނީ ތަމްރީނު ދަތުރެއްގައި ބޯޓު ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައެވެ.

މަންޒަރުދުށް މީހުން ބުނި ގޮތުގައި އެމީހުންނަށް ފެނުނީ ބޯޓު ބިމާ ދިއާއަށް ވެއްޓެމުން ދިޔަ މަންޒަރެވެ. ބޯޓު ވެއްޓުނީ ދަނޑު ހައްދާފައިވާ ސަރަހައްދަކަށެވެ. ބޯޓު ވެއްޓުމާއެކު އޭގައި އަލިފާން ރޯވެ އަނދަން ފެށިއެވެ.

އިންޑިއާ ސިފައިންގެ ތަރުޖަމާނަކު ވިދާޅުވިގޮތުގައި ބޯޓު ނައްޓާލުމާއެކު ޓެކްނިކަލް މައްސަލައެއް ދިމާވުމުން ޕައިލެޓުން ބޭނުންވީ އަލުން ބޯޓު ޖެއްސުމަށެވެ. އެކަމަކު އެކަން ކާމިޔާބު ނުވުމުން ޕައިލެޓުން ވައިކުޑައިގައި ފުންމާލައިގެން ފުރާނަ ސަލާމަތްކުރީއެވެ.

މަންޒަރު ދުށް މީހުން ވެސް ވަނީ އެ ހާދިސާ ހިނގިއިރު އެމީހުންނަށް ފެނުނު މަންޒަރު މީޑިއާއަށް ކިޔާދީފައެވެ.

ބޯޓު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ޓީމެއް އެކުލަވާލައިގެން ކަމާބެހޭ މަސައްކަތް ކުރަމުން އެބަގެންދެއެވެ. އިންޑިއާގެ ވައިގެ ސިފައިންގެ ތަމްރީނުތަކަށް ބޭނުންކުރާ މަތިންދާބޯޓުތަކާއި ހެލިކޮޕްޓަރތަކަކީ ބައުވެ ހަސްނެތިފައިވާ ތަކެތިކަމަށް ބުނެ ކަމާބެހޭ ފަރާތްތަކުން އެކަމުގެ ޝަކުވާކުރަމުންދާތާ މިހާރު ވަނީ އެތައް އަހަރެއް ވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް