އާ ރަންވޭ މާދަމައިން ފެށިގެން ބޭނުންކުރަން ފަށާނެ: އެމްއޭސީއެލް

  ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ)ގެ އާ ރަންވޭ މާދަމައިން ފެށިގެން ބޭނުންކުރަން ފަށުމަށް ނިންމައިފިއެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ އާ ރަންވޭ މާދަމާއިން ފެށިގެން ޓެކްސީވޭއެއްގެ ގޮތުގައި ބޭނުން ކުރަން ފަށަން ނިިންމާފައިވާކަމަށެވެ. އެމްއޭސީއެލް އިން ބުނީ އާ ރަންވޭ ބޭނުންކުރަން ފެށުމުން މިހާރު ކުރިމަތިވެފައިވާ ފްލައިޓް ޖެއްސުމަށް ވަގުތުތައް ދިގުދެމިގެންދާ މައްސަލައަށް ހައްލުލިބިގެންދާނެ ކަމަށާ މާދަމައިން ފެށިގެން ފްލައިޓްތައް ޖެއްސުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަވެގެން ދާނެކަމަށެވެ. އެގޮތުން […]

ބައިނަލްއަގްވާމީ ފެންވަރަށް އެއާ ޓްރެފިކް ކޮންޓްރޯލަރުން ރާއްޖޭގައި ތަމްރީން ކުރަނީ

  އެއާ ޓްރެފިކް ކޮންޓްރޯލަރުން ބައިނަލްއަގްވާމީ ފެންވަރަށް ރާއްޖޭގައި ތަމްރީން ކުރަން  މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ( އެމްއޭސީއެލް) އިން ފަށައިފިއެވެ. އެމްއޭސީއެލް އިން ބުނީ މިއީ އެއާޓްރެފިކް ކޮންޓްރޯލަރުންނަށް ރާއްޖޭގައި ތަމްރީން ޕްރޮގްރާމެއް ހިންގާ ފުރަތަމަ ފަހަރު ކަމަށެވެ. މީގެ ކުރިން އެއާ ޓްރެފިކް ކޮންޓްރޯލަރުން ތަމްރީންކުރަމުން އައިސްފައިވަނީ ރާއްޖެއިން ބޭރަށް ފޮނުވައިގެންނެވެ. މި ތަމްރީންތައް ދިިނުމަށް ރާއްޖެއިން ބޭރަށް މީހުން ފޮނުވުމަށް ބޮޑު ހަރަދެއް މީގެ ކުރިން ވަނީ ކޮށްފައެވެ. ރާއްޖޭގައި ތަމްރީން ދެވޭނެ […]

ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއް ހެއްޔެވެ؟

ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް ހެއްޔެވެ؟ މިހެން ދަންނަވަން މިޖެހެނީ އުންމަތުގެ ތެރޭގައި އިސްލާމް ދީނުގެ ކުލަޔާއި ވަސް ތަޣައްރުވެފައިވާތީއެވެ. ފޮތެއްގައި ލިޔެފައި އޮތަސް މިގައުމުގެ ގިނަ ރައްޔިތުންގެ ކިބައިން އިސްލާމް ދީނުގެ ސިފަތައް ފެންނާކަށް ނެތެވެ. މުސްލިމުންނަކީ ފިތުނަ އުފެދޭ ބާވަތުގެ ކަންކަން ކުރާ ބައެއް ނޫނެވެ. އެހެނަސް ބައެއް ސިޔާސީ ފަރާތްތަކުން ގައުމު ފިތުނައިގެ ތެރެއަށް ގަންބާލުމަށް ކުރާ މަސައްކަތްތަކުގައި ދިވެހި މުސްލިމުން ބައިވެރި ވަމުން ދަނީ ބިރުގަންނަ ފަދަ ދަރަޖައަކަށެވެ. ފައިސާއަށް […]

އެމެރިކާގެ ކުރީގެ ރީތީގެ ރާނީއެއް އަމިއްލައަށް މަރުވެއްޖެ

2019 ވަނައަހަރުގެ މިސް ޔޫއެސްއޭ ޗެސްލީ ކްރިސްޓް މަރުވެއްޖެ އެވެ. އުމުރުން 30 އަހަރުގެ ޗެސްލީ މަރުވެފައިވަނީ މޭންހެޓަންގެ އުސް އިމާރާތަކުން ފުންމާލައިގެން އާދީއްތަ ދުވަހު ކަމަށް ނިއުޔޯކްސިޓީ ޕޮލިސްޑިޕާޓްމަންޓުން ބުނެފައިވެއެވެ. ޗެސްލީގެ މަރުގެ ޚަބަރު ހާމަކުރުމަށް އޭނާގެ އާއިލާއިންވެސް ކުރު ބަޔާނެއް ނެރެފައި ވެއެވެ. މީގައި އެމީހުން ވަނީ ޗެސްލީ އަކީ އޭނާގެ އުފާވެރި ތަބީއަތާ މިޒާޖުގެ ސަބަބަން އެތައްބަޔަކަށް އުންމީދު ގެނުވި ޒުވާނެއް ކަމަށް ބުނެފަ އެވެ. މަރުވުމުގެ ކުރިން ޗެސްލީ ވަނީ އިންސްޓަގްރާމް […]

އިޒްރާއިލްގެ ރައީސް ޔޫއޭއީއަށް ވަޑައިގެންފި

އިޒްރާއިލްގެ ރައީސަކު ޔޫއޭއީ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ރައީސް އައިސަކް ހަރްޒޯގް ޔޫއޭއީ އަށް ވަޑައިގެންގެންފިއެވެ. މިއީ އެދެގައުމުދެމެދު ޑިޕްލޮމެޓިކްގުޅުން ގާއިމް ކުރަން ޔޫއޭއީ އިން ނިންމިތާ އެގާ މަސް ފަހުން ހަމަޖެހިގެން ދިޔަ ދަތުރު ފުޅެކެވެ. މިދަތުރުފުޅުގައި ރައީސް ހަރްޒޯގް ޔޫއޭއީގެ އެންމެ އިސް ވެރިންނާބައްދަލް ކުރައްވާނެއެވެ. މިވާހަކަފުޅުތަކުގެ އެޖެންޑާގެ އެންމެ ކުރީގައި އޮތީ އެމެރިކާއިން މެދުވެރިވެގެން މިހާރުފައްޓާފައިވާ ”އެބްރެހަމް އެކޯޑް“ ކާމިޔާބް ކުރެވޭނެ ގޮތްތަކާބެހޭ މަޝްވަރާތަކެވެ.މިއެކޯޑްގެ ދަށުން އަރަބި އެހެން ތިންގައުމުކަމަށްވާ ބަހްރެއިން […]

ޔަމަނުގެ ހޫސީ ޖަމާއަތާ ގުޅުނު 2،000 ކުޑަކުދިން ހަނގުރާމައިގައި މަރުވެއްޖެ

އދ.ގެ ދިރާސާއަކުން ދައްކާ ގޮތުގައި ޔަމަނުގެ ހޫސީ ޖަމާއަތަށް ވައްދާފައިވާ 2،000 ކުޑަ ކުދިންވަނީ ހަނގުރާމައިގައި މަރުވެފައެވެ. އދ.ގެ ސެކިއުރިޓީ ކައުންސިލްގެ އަހަރީ ރިޕޯޓުގައި ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި މިސްކިތްތަކާއި، ސަމާ ކޭމްޕްތައް މެދުވެރިކޮށް ހޫސީންގެ ފިކުރު ކުޑަކުދިންގެ ބޮލަށް ވެއްދުމުގެ މަސައްކަތް ކޮށްފައިވާކަމުގެ ސާފު ހެކިތައް ފެންނަން އެބަހުއްޓެވެ. ހޫސީންނާއި ޔަމަނުގެ ސަރުކާރާ މެދު ކުރެވެމުން އަންނަ ހަނގުރާމައިގައި ކުޑަ ކުދިންވެސް ހޫސީން ވަނީ ބައިވެރިކޮށްފައެވެ. ސަމާ ކޭމްޕްތަކުގައި ބައިވެރިވި 7 އަހަރުގެ […]

ގިނަ އަދަދެއްގެ ބަނގުރަލާއެކު ސިފައިންގެ މީހަކު ހައްޔަރުކޮށްފި

    ގިނަ އަދަދެެއްގެ ބަނގުރަލާއެކު ސިފައިންގެ މީހަކު ހައްޔަރުކޮށްފިއެެވެ. ފުލުހުން  ބުނީ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުން ރޭ ހިންގި އޮޕަރޭޝަނެއްގައި ބަނގުރަލާ އެކު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ހިންގި އޮޕަރޭޝަނުގައި ޖަނަވަރީ މަގުގައި ހުންނަ ގެއަކުން ވަނީ ގިނަ އަދަދެއްގެ ބަނގުރާ ކޭސްތަކާ އެކު ސިފައިންގެ މީހާގެ އިތުރުން އަދި އެހެން މީހަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ބަނގުރާ ފެނިފައިވަނީ ހައްޔަރުކުރި ދެ މީހުން ދިރިއުޅޭ ގެއިންނެވެ. ފުލުހުން ވަނީ […]

އުތުރުކޮރެޔާއިން ހަތްވަނަ މިސައިލް ޓެސްޓެއް ކޮށްފި

2017 ވަނަ އަހަރަށް ފަހު ކުރި އެންމެ ބޮޑު މިސައިލް ޓެސްޓް އުތުރުކޮރެޔާއިން ކޮށްފިއެވެ. އަވަށްޓެރި ދެކުނު ކޮރެޔާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި މިފަހަރުގެ މިސައިލް ޓެސްޓް ކުރިޔަށް ގެންގޮސްފައިވަނީ އާދީއްތަދުވަހު އެގައުމުގެ ގަޑިން ހެދުނުގެ ވަގުތެއްގަ، އެގައުމުގެ އިރުމަތީ އައްސޭރި ފަޅީގައެވެ މިއީ މިމަހު އުތުރު ކޮރެޔާއިން ކުރި މިފަދަ ހަތްވަނަ ތަޖްރިބާއެވެ.މިފަހަރުގެ ޓެސްޓްވެސް ވަނީ ދެކުނު ކޮރެޔާ ޖަޕާން އަދި އެމެރިކާއިން ވަގުތުން ކުށްވެރި ކޮށްފައެވެ. އދ މަޖިލީހުން ވަނީ މިފަދަ މިސައިލް ޓެސްޓްތައް […]

މާވިން އާއި ލަމްހާގެ ނަރުސްކަމުގެ ހުއްދަ ބާތިލުކޮށްފި

    އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ ނަރުސް، މޭރީ ގްރޭސް ޕިނޭޑާ މަރާލުމުގެ ދައުވާ ލިބޭ އޭނާގެ ފިރިމީހާ މާވިން އާއި މާވިންގެ ދިވެހި ލޯބިވެރިޔާ ޙަލީމަތު ލަމްހާގެ ނަރުސްކަމުގެ ހުއްދަ މޯލްޑިވްސް ނާސިން އެންޑް މިޑްވައިފަރީ ކައުންސިލުން ބާތިލުކޮށްފިއެވެ. ހެލްތު މިނިސްޓްރީން ބުނީ  ލަމްހާއާއި މާވިންގެ ހުއްދަ ބާތިލްކުރީ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި އެ ދެމީހުންގެ މައްޗަށް މިމަހުގެ ހަތަރުވަނަ ދުވަހު ދައުވާކޮށްފައިވާކަމަށް ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީސް ( ޕީޖީ)ން ހިއްސާކުރުމުން […]

10 ގައުމަކުން ކޮރޯނާއަކީ މޫސުމީ ރޯގާއެއް ކަމަށް ކަޑައަޅައި ފިޔަވަޅުތައް ދޫކޮށްލައިފި

ކޮރޯނާ ވައިރަހުން ޖެހޭ ކޮވިޑް 19 ބައްޔަކީ ހަމައެކަނި މޫސުމީ ރޯގާއެއް ކަމަށް ކަޑައަޅައި 10 ގައުމަކުން ކޮރޯނާ ޓެސްޓް ކުރުމާ ބަލިޖެހުމުން ކަރަންޓީން ކުރުމާއި އަދި މަޖްބޫރުން ވެކްސިން ޖެހުން ހުއްޓާލައިފިއެވެ. މިފިޔަވަޅު އެޅި ގައުމުތަކުގެ ތެރޭގައި ހިމެނެނީ ތުރުކީ ވިލާތް ، ބްރެޒިލް ، އިގިރޭސި ވިލާތް، ސްވީޑްން ، ސްޕެއިން، ޗެކް ރިޕަބްލިކް. މެކްސިކޯ .އެލްސެލްވެޑޯ ،ޖަޕާން އަދި ސިންގަޕޯރ އެވެ. މިގައުމުތަކުން ކޮވިޑް19 އާގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވީއްލުމުގެ ކުރިން ޖަރުމަނުވިލާތުގެ […]