ބައިނަލްއަގްވާމީ ފެންވަރަށް އެއާ ޓްރެފިކް ކޮންޓްރޯލަރުން ރާއްޖޭގައި ތަމްރީން ކުރަނީ

Loading

Facebook
Twitter
WhatsApp

 

އެއާ ޓްރެފިކް ކޮންޓްރޯލަރުން ބައިނަލްއަގްވާމީ ފެންވަރަށް ރާއްޖޭގައި ތަމްރީން ކުރަން  މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ( އެމްއޭސީއެލް) އިން ފަށައިފިއެވެ.

އެމްއޭސީއެލް އިން ބުނީ މިއީ އެއާޓްރެފިކް ކޮންޓްރޯލަރުންނަށް ރާއްޖޭގައި ތަމްރީން ޕްރޮގްރާމެއް ހިންގާ ފުރަތަމަ ފަހަރު ކަމަށެވެ.
މީގެ ކުރިން އެއާ ޓްރެފިކް ކޮންޓްރޯލަރުން ތަމްރީންކުރަމުން އައިސްފައިވަނީ ރާއްޖެއިން ބޭރަށް ފޮނުވައިގެންނެވެ. މި ތަމްރީންތައް ދިިނުމަށް ރާއްޖެއިން ބޭރަށް މީހުން ފޮނުވުމަށް ބޮޑު ހަރަދެއް މީގެ ކުރިން ވަނީ ކޮށްފައެވެ.

ރާއްޖޭގައި ތަމްރީން ދެވޭނެ ވަސީލަތް އެމްއޭސީއެލްއިން ގާއިމުކުރީ މިދިޔަ މަހުއެވެ. އެއާ ޓްރެފިކް ކޮންޓްރޯލަރުން ޓްރެއިނިންގް ދިނުމަށް ބައިނަލްއަގްވާމީ ފެންވަރުގެ ޓްރެއިނިންގތައް ދެވޭ ”އޭޓީސީ ޓަވަރ ސިމިއުލޭޓަރ“އެއްވަނީ ބަހައްޓާފައެވެ.
އެމްއޭސީއެލްއިން ބުނީ އެއާޓްރެފިކް ކޮންޓްރޯލަރުންނަށް ދޭ ތަމްރީން ޕްރޮގްރާމަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ އަދި އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން ބަލައިގަންނަ ތަމްރީން ޕްރޮގްރާމެއްކަމަށެވެ.
ބޭރުގެ އިންސްޓްރަކްޓަރަކާއި ދިވެހި ދެ އިންސްޓްރަކްޓަރުން ހިމަނައިގެން ފެށި މި ތަމްރީން ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި ބައިވެރިވަނީ މިހާރުވެސް އޭޓިސީ ޓަވަރުގައި މަސައްކަތްކުރާ 8 މުވައްޒަފުންނެވެ.

އެމްއޭސީއެލްއިން ބުނީ ކުރިއަށް އޮތްތާނގައި އާއްމުކޮށް ހުޅުވާލައިގެންވެސް ކޯސްތައް ކުރިއަށްގެންދާނެކަމަށެވެ.

އެއާ ޓްރެފިކް ކޮންޓްރޯލަރުންނަކީ، ފްލައިޓްތަކުގެ ދަތުރުކުރާ ގޮތް ބަލާ ޕައިލެޓުންނަށް ދޭންޖެހޭ އިރުޝާދު ދިނުމުގެ މަސައްކަތްތައް ކުރާ ފަރާތްތަކެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް