އުތުރުކޮރެޔާއިން ހަތްވަނަ މިސައިލް ޓެސްޓެއް ކޮށްފި

Loading

Facebook
Twitter
WhatsApp

2017 ވަނަ އަހަރަށް ފަހު ކުރި އެންމެ ބޮޑު މިސައިލް ޓެސްޓް އުތުރުކޮރެޔާއިން ކޮށްފިއެވެ. އަވަށްޓެރި ދެކުނު ކޮރެޔާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި މިފަހަރުގެ މިސައިލް ޓެސްޓް ކުރިޔަށް ގެންގޮސްފައިވަނީ އާދީއްތަދުވަހު އެގައުމުގެ ގަޑިން ހެދުނުގެ ވަގުތެއްގަ، އެގައުމުގެ އިރުމަތީ އައްސޭރި ފަޅީގައެވެ މިއީ މިމަހު އުތުރު ކޮރެޔާއިން ކުރި މިފަދަ ހަތްވަނަ ތަޖްރިބާއެވެ.މިފަހަރުގެ ޓެސްޓްވެސް ވަނީ ދެކުނު ކޮރެޔާ ޖަޕާން އަދި އެމެރިކާއިން ވަގުތުން ކުށްވެރި ކޮށްފައެވެ.

އދ މަޖިލީހުން ވަނީ މިފަދަ މިސައިލް ޓެސްޓްތައް ކުރުން އުތުރު ކޮރެޔާއަށް މަނާ ކޮށްފައެވެ. އަދި ޓެސްޓްތައް ކުރިޔަށް ގެންދާތީ އެގައުމާ ދެކޮޅަށް ދަނީ ހަރުކަށިފިޔަވަޅުތައްވެސް އަޅަމުންނެވެ. ނަމަވެސް މިއިން ފިޔަވަޅަކަށް އެގައުމުން ބަލާލުމެއް ނެތެވެ.

އާދީއްތަދުވަހު ޓެސްޓް ކުރީ އިންޓަރމީޑިއަޓްރޭންޖް ބެލިސްޓިކް މިސައިލެއްކަމަށް ދެކުނު ކޮރެޔާގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލުން ބުނެފައިވެއެވެ. އަދި މީތި ދެހާސް ކިލޯމީޓަރު އުހަށް އެރުމަށްފަހު 800 ކިލޯމީޓަރު ދުރަށް ދަތުރުކޮށް ސީއޮފް ޖަޕާން އަށް ވެއްޓިފައިވާކަމަށް ބުނެފައިވެއެވެ

އާދީއްތަ ދުވަހުގެ ޓެސްޓާ ގުޅިގެން އެމެރިކާއިން ވަނީ މަޝްރަޚް އިތުރަށް ގޯސްވާފަދަ އަމަލުތައް ކުރިޔަށް ނުގެންދިއުމަށް އުތުރު ކޮރެޔާއަށް ގޮވާލާފައެވެ.

ކުރިން ރަޝިޔާއިން ވެސް މިމަސްއަލައިގައި ޑިޕްލޮމެޓިކް މަސައްކަތްތަކެއްކުރެވޭތޯ ތެދުވެފައި ވެއެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް