ގިނަ އަދަދެއްގެ ބަނގުރަލާއެކު ސިފައިންގެ މީހަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

 

 

ގިނަ އަދަދެެއްގެ ބަނގުރަލާއެކު ސިފައިންގެ މީހަކު ހައްޔަރުކޮށްފިއެެވެ.

ފުލުހުން  ބުނީ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުން ރޭ ހިންގި އޮޕަރޭޝަނެއްގައި ބަނގުރަލާ އެކު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ހިންގި އޮޕަރޭޝަނުގައި ޖަނަވަރީ މަގުގައި ހުންނަ ގެއަކުން ވަނީ ގިނަ އަދަދެއްގެ ބަނގުރާ ކޭސްތަކާ އެކު ސިފައިންގެ މީހާގެ އިތުރުން އަދި އެހެން މީހަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ބަނގުރާ ފެނިފައިވަނީ ހައްޔަރުކުރި ދެ މީހުން ދިރިއުޅޭ ގެއިންނެވެ. ފުލުހުން ވަނީ އެމީހުން ދިރިއުޅެމުން ދިޔަ ދެ ގެ ބަލާ ފާސްކޮށް ގިނަ އަދަދެއްގެ ބަނގުރާ ކޭސްތަކެއް އަތުލައިގެންފައެވެ.

ފުލުހުން ހިންގި މި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ފޮށިގަނޑާއި ދަބަހެއް ފުލުހުންގެ ބެލުމުގެ ދަށައް ވަނީ ގެންގޮސްފައެވެ.

Loading

2 Responses

  1. އެންމެކުޑަކޮން ތަރައްގީވެފައިވާ ދުނިޔޭގެ އެހެން ގައުމުތަށްފަދައިން މިގައުމުގައިވެސް ހިންގާބޮޑަތި ޖަރީމާތަކުގެ ފަހަތުގަޔާ ބައެއްފަހަރު އަމަލީގޮތުންވެސް އެކަންކުރާބަޔަކީ ސީދާ ގައުމުގެ ފުލުހުންނާ ސިފައިން.މީހުން ވަގަށްނަގާ މެރުމުން ފެށިގެން ވައްކަންކުރުން މާރާމާރީ މަސްތުވާއެއްޗެހި އެތެރެކުރުމާ ވިއްކުންފަދަ އެންމެ ނުރައްކާތެރި ޖަރީމާތަށް ހިންގުމުގެ މޭސްތިރިންގެ ގޮތުގައި ފުލުހުންނާ ސިފައިން ތިބޭކަމީ ގަބޫލުކުރަންބޭނުން ނުވިޔަސް ހަގީގަތް.މިކޮމެންޓާ ގުޅިގެން އަހަރެންނާ ދޭތެރޭ ފިޔަވަޅު އަޅާފާނެކަންވެސް އިނގޭހާލުގައި މިތެދުހަގީގަތް މިހާމަކުރަނީ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް