10 ގައުމަކުން ކޮރޯނާއަކީ މޫސުމީ ރޯގާއެއް ކަމަށް ކަޑައަޅައި ފިޔަވަޅުތައް ދޫކޮށްލައިފި

Loading

Facebook
Twitter
WhatsApp

ކޮރޯނާ ވައިރަހުން ޖެހޭ ކޮވިޑް 19 ބައްޔަކީ ހަމައެކަނި މޫސުމީ ރޯގާއެއް ކަމަށް ކަޑައަޅައި 10 ގައުމަކުން ކޮރޯނާ ޓެސްޓް ކުރުމާ ބަލިޖެހުމުން ކަރަންޓީން ކުރުމާއި އަދި މަޖްބޫރުން ވެކްސިން ޖެހުން ހުއްޓާލައިފިއެވެ. މިފިޔަވަޅު އެޅި ގައުމުތަކުގެ ތެރޭގައި ހިމެނެނީ ތުރުކީ ވިލާތް ، ބްރެޒިލް ، އިގިރޭސި ވިލާތް، ސްވީޑްން ، ސްޕެއިން، ޗެކް ރިޕަބްލިކް. މެކްސިކޯ .އެލްސެލްވެޑޯ ،ޖަޕާން އަދި ސިންގަޕޯރ އެވެ.

މިގައުމުތަކުން ކޮވިޑް19 އާގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވީއްލުމުގެ ކުރިން ޖަރުމަނުވިލާތުގެ ސައިންޓިސްޓުންވަނީ މުހިންމު ހޯދުންތަކެއްގެ ނަތީޖާ ހާމަ ކޮށްފައެވެ. މިފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި ކޮރޯނާވައިރަސް ހަށިގަޑުގެ ތެރެޔަށް ވަނުމަށް ފަހު އިތުވެގަންނަނީ ހަމަ އެކަނި ފުއްޕާމޭގައެއް ނޫނެވެ. އޭގެ ބަދަލުގައި ބަލިޖެހޭތާ ފުރަތަމަ ހަފްތާތެރޭ ވައިރަސް ކަރުތެރޭގައި އަށަގަނެ ގިނަވެއެވެ. ޖަރމަން ސައިންޓިސްޓުން ބުނެފައިވާ ގޮތުން މިގޮތަށް ކަރުތެރޭގައި ވައިރަސް އަށަގަތުމުން ދުވާލަކު ދެތިން ފަހަރު ތާފަނާ ލޮނުފެނުން ކަރުތެރެ ދޮންނަނަމަ ވައިރަސް ފިލުވާލެވޭނެއެވެ. ބަލިޖެހޭ އެންމެން މިގޮތަށް ކަންތައް ކޮށްފިނަމަ ހަފްތާއެއްހާ ދުވަހުގެތެރޭ މުޅި ގައުމުންވައިރަސް ފިލުވާލެވޭނެ ކަމަށް އެފަރާތުން ޖަރމަން ޗާންސެލަރ އަދި ހެލްތު މިނިސްޓަރއަށް މައުލޫމާތު އަރުވާފައި ވެއެވެ.

ސާފުތާހިރު ދިއުޅުމެއްގައި އުޅުމާއިއެކު އެންމެންވެސް ފުރަތަމަ ހެދުނު ހޭލެވުމާއެކު، އަދި މަސައްކަތު ދާން ގޭން ނިކުތުމުގެ ކުރިން ނާއި މަސައްކަތުން އެބުރި ގެޔަށް އައިސް ތާފަނާ ލޮނުފެނުން ކަރުތެރެ ގާގްލް ކުރާނަމަ ދާދި އަވަހަށް ކޮރޯނާގެ ކަންތައް ފިލާ ހިގައިދާނެ ކަމަށް ބުނެފައިއެވެ. ކޮވިޑްއަކީ ބޭސްފަރުވާއެއް ނެތް އެފަދަ ޕެންޑެމިކެއް ނޫންކަމުގައިވެސް މިގައުމަތުކުން ވަނީ މިހާރު އެއްބަސްވެފައެވެ. އަދި މިމެސެޖް ވީހާވެސް ގިނަ މީހުން ނަށް ފޯރުކޮށް ދިނުމަށް ޖަރމަން ސައިންޓިސްޓުން އެދިފައި ވެއެވެ.

 

Loading

14 Responses

  1. ކޮންމެ ކަމެއްވެސް ހައްދުން ނެއްޓީމާ މީހުން މަޑަކުން ނުތިބޭނެއެވެ. އޭގެ ނަތީޖާއަށްވާނީ ބޭޒާރުވުމެވެ. މި ކޮވިޑްގެ ވަބާއަށްވެސް މިވީ އެހެނެވެ. ލާރިގަނޑެއްހެދުނީމާ ހުއްޓާލިއްޔަކީ ނޫނެވެ. އަނެއް 5 އަހަރުގެ ދައުރަކަށްވެސް ހަމަ ކޮވިޑް ކޮވިޑް ޒާތްޒާތުގެ ނަމުގައި ފުލޫ ޓެސްޓުކޮށް މުއްސަދިކަން ކުރިޔަށް ނެރެން ރޭވުނީއެވެ. ދެންވާނޭގޮތް ތިވަނީއެވެ.

    1. ގޫގަލް ކޮށްލީމާ މި ވީޑީއޯ އަބަފެނޭ ޑރ. ޕިއެރެ ކޯރީ ގެ ވީޑީއޯ. ޑިފީޓް ތހެ މަންޑޭޓްސް: އޭނާއާއި ޖަރމަންގެ ސައިންޓިސްޓިންގް ޓީމުން ބުނާގޮތުގައި މިއީ އިންސާނިއްޔަތެއް ހަލާކުކޮށް ފައިދާ ލިބިގަތުމަށް ބޭސްއުފަށްދާ ބޮޑެތި ފާމަސޫޓީކަން ކޮމްޕެނީތަކުން ހިންގާ ބޮޑު ހަނގުރާމައެކެވެ. ޔައުނީ ޖަރީމާފޮދެ ސެންޗަރީއެވެ. މިކަން ހިންގަމުން ގެންދަނީ ދުނިޔޭގެ ބޮޑުންނަށް އެނގިތިބެ ބޮޑެތި ކަރަޕްޝަންގެ ތެރެއިންނެވެ. މި ފަނާކުރަނިވި ގުރޫޕް ތަކުގެ ނުފޫޒަށް ގިނަދިރިތިބީން ނޫނެކޭ ދެން ހެވޭ. ބުނެ ބާރުވެރިކަން އަތަށް ނަގާފަދަންދެން މި ކޮވިޑް އެކިއެކި ނަމުގައި ހިންގައި ފައިދާލިބިގަތުމެއް ނުހުއްޓުވޭނެއެވެ. އެހެންވީމާ އެހެންވެސް ބަލިތަކެކޭ އެއްގޮތަށް އިންސާނުން ރައްކާތެރިކަމުގެ ފިޔަވަޅުއަޅައިގެން ދިރިއުޅެން ޖެހޭކަމަށް ބުނެފައިވެއެވެ. ހަމަ ރަނގަޅަށްވެސް އޮމިކްރޯން އޭ އެކިޔާ ވައިރެސް އަކީ އަރިފުސް ރޯގާ ޢާއިލަގެ އެއްޗެއްކަމުގައެވެ.

  2. އަލިބޭ އަލިބައް ތި އެރުނީ ފައިންނެވެ. އެއީ އަލިބެ އަކީވެސް މި ޤައުމުގެ ބްރާންޗެ ކެވެ.

  3. މިބައްޔަކީ ރޯގާ އެއްގެ ގޮތުގައި ބަލައި ރައްކާތެރިވެގެން އުޅުމަކީ ފަރުދީ ޒިންމާއެއްކަމަށް ކަނޑައަޅައި ކުރީޯނާއަށް ފައްސިވާ މީހުންނަށް ފަރުވާދިނުމުގައި ހޮސްޕިޓަލް ތަކުން ޚާއްސަ ސމާލުކަމެއްދޭގޮތަށް ހަމަޖައްސައި ކަރަންޓީކުރުން ހުއްޓާލުން ނޫންގޮތެއް މިއަކުނެތް

    1. އެދުވަހު ތިހިން ބުނީމާ މިވެރިން ގަބޫލު ނުކުރީނޫންތޯއެވެ. މިހާރު މިޖެހުނީ ކޮންތާކުތޯއެވެ. ކުރޯނާ ހަމަ އެބައުޅެއެވެ. ދެން އެންމެފަހުން ހެލްތް މިނިސްޓަރު އެބުނީ އުޅުނަސް އެއީ ވަރުގަދަ ކޮރޯނާއެއް ނޫނޯ؟! މިނޫނީ ބަލިޖެހިދާނެކަމަށް މީހުން ބަންދުކޮށް ކާންނުދީ ގޭގައި ބަންދުކުރި ބައްޔެއް އަދި ދުނިޔެއަކަށް އުފަން ވެފަަކާނެތެވެ. ހަމަ ސީދާ އުފަށްދައިގެން ހިންގި ބޮޑު ޖަރީމާއެކެވެ. ކިތެއް މީހުންގެ ވަޒީފާގެއްލި ނިކަމެތިވީ؟ އެހެނަސް ވެރިންނަށް ގެއްލުނު އެކެއްޗެއްވެސް ނެތް. އެންމެން ކޮވިޑުން ހަބޭހަށް ލާރި ހެދީއެވެ.

  4. ހުރިހަ ބޮޑުން ލާރިހަދާފަ ނިކަމެތިންގެ ވަޒީފާތަށް ގެއްލުވާލައި ބަނޑަށް ޖައްސާފަ ކޮރޯނާ ނިމުނިއްޔޯލަ މާރޗް 2022 ހުންފެށިގެން. ޕުޓިން ހުރިހާ ބޮޑެތި މީޑިޔާތަކުގެ ހެޑްލައިން ނެގީމާ ކުރޯނާގެ ހަތަރުވަނަ ފަސްވަނަ ވޭވް ޕްރޮމޯޓްކުރެވޭގޮތް ނުވީއެވެ. ވީމާ ޕުޓިން ޒިންދާބާދު.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް