އާ ރަންވޭ މާދަމައިން ފެށިގެން ބޭނުންކުރަން ފަށާނެ: އެމްއޭސީއެލް

Loading

Facebook
Twitter
WhatsApp

 

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ)ގެ އާ ރަންވޭ މާދަމައިން ފެށިގެން ބޭނުންކުރަން ފަށުމަށް ނިންމައިފިއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ އާ ރަންވޭ މާދަމާއިން ފެށިގެން ޓެކްސީވޭއެއްގެ ގޮތުގައި ބޭނުން ކުރަން ފަށަން ނިިންމާފައިވާކަމަށެވެ.

އެމްއޭސީއެލް އިން ބުނީ އާ ރަންވޭ ބޭނުންކުރަން ފެށުމުން މިހާރު ކުރިމަތިވެފައިވާ ފްލައިޓް ޖެއްސުމަށް ވަގުތުތައް ދިގުދެމިގެންދާ މައްސަލައަށް ހައްލުލިބިގެންދާނެ ކަމަށާ މާދަމައިން ފެށިގެން ފްލައިޓްތައް ޖެއްސުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަވެގެން ދާނެކަމަށެވެ.

އެގޮތުން ގަޑިއަކު އަށް ފްލައިޓް ޖެއްސޭގޮތަށް އޮތްއޮތުން އިތުރުވެ ގަޑިއިރަކު 16 ފްލައިޓް ޖެއްސޭނެކަމަށް ވެސް އެމްއޭސީއެލް އިން ބުނެއެވެ.

ރާއްޖޭގެ މައި އެއަރޕޯޓް ވީއައިއޭގައި ކުރީގެ ރަންވޭ  ބޭނުންކުރަމުން އައީ ފްލައިޓް ޖެއްސުމުގެ އިތުރުން ޓެކްސީވޭއެއްގެ ގޮތުގައެވެ. އެކަމުގެ ސަބަބުން ރަންވޭ ހުސްނުވެ ފްލައިޓްތައް ޖެއްސުމަށް ބޮޑު ދަތިތަކެއް ކުރިމަތިވެ، ފްލައިޓްތައް ނުޖެއްސި ގިނަ އިރުތަކެއް މަތީގައި ހޭދަކުރަންޖެހުމަކީ އާންމުކަމެއްކަމަށްވަނީ ވެފައެވެ.

މިދިޔަ ދެ މަހު ރާއްޖެއަށް ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓުތައް އައުމުން ވެސް ބައެއް ޖެޓުތައް ޕާކު ކުރުމަށް އާ ރަންވޭ ބޭނުން ކޮށްފައިވެއެވެ.

ރައީސް ޔާމިންގެ ވެރިކަމުގައި ވީއައިއޭގެ އާ ރަންވޭ ހަދާފައިވަނީ އެންމެ ބޮޑެތި ޕެސެންޖަރ މަތިންދާބޯޓު ޖެއްސޭ ފެންވަރަށް ބައިނަލްއަގްވާމީ މިންގަނޑުތަކާއި އެއްގޮތަށެވެ. މި ރަންވޭއަކީ 3400 މީޓަރުގެ ދިގު އަދި 65 މީޓަރު ފުޅާ ރަންވޭއެކެވެ. ރަންވޭގެ މަސައްކަތްތައް ނިމި ޓެސްޓް ފްލައިޓް ޖައްސާފައިވަނީ 2018 ވަނަ އަހަރުއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް