ޔަމަނުގެ ހޫސީ ޖަމާއަތާ ގުޅުނު 2،000 ކުޑަކުދިން ހަނގުރާމައިގައި މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

އދ.ގެ ދިރާސާއަކުން ދައްކާ ގޮތުގައި ޔަމަނުގެ ހޫސީ ޖަމާއަތަށް ވައްދާފައިވާ 2،000 ކުޑަ ކުދިންވަނީ ހަނގުރާމައިގައި މަރުވެފައެވެ.

އދ.ގެ ސެކިއުރިޓީ ކައުންސިލްގެ އަހަރީ ރިޕޯޓުގައި ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި މިސްކިތްތަކާއި، ސަމާ ކޭމްޕްތައް މެދުވެރިކޮށް ހޫސީންގެ ފިކުރު ކުޑަކުދިންގެ ބޮލަށް ވެއްދުމުގެ މަސައްކަތް ކޮށްފައިވާކަމުގެ ސާފު ހެކިތައް ފެންނަން އެބަހުއްޓެވެ. ހޫސީންނާއި ޔަމަނުގެ ސަރުކާރާ މެދު ކުރެވެމުން އަންނަ ހަނގުރާމައިގައި ކުޑަ ކުދިންވެސް ހޫސީން ވަނީ ބައިވެރިކޮށްފައެވެ. ސަމާ ކޭމްޕްތަކުގައި ބައިވެރިވި 7 އަހަރުގެ ކުޑަ ކުދިންތަކަކަށްވެސް ހަތިޔާރު ސާފު ކުރާށާއި ރޮކެޓުން ފިލުމަށް ހަދަންޖެހޭ ގޮތްތައް ހޫސީން ކިޔާދީފައިވާ ކަމަށް ޔޫއެންގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

އދ.އިން ބުނެފައިވާ ގޮތުގައި 2020ވަނަ އަހަރު ހޫސީންނާ ގުޅިފައިވާ 1،406 ކުޑަކުދިން ވަނީ ހަނގުރާމައިގައި މަރުވެފައެވެ. އަދި 2021ވަނަ އަހަރުގެ ޖެނުއަރީ މަހާއި މޭ މަހާ ދެމެދު 562 ކުޑަކުދިން ވަނީ ހަނގުރާމައިގައި މަރުވެފައެވެ. މަރުވެފައިވާ ގިނަ ކުދިންނަކީ 10 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިން ކަމަށްވެސް ކަމާ ބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. އެންމެ ގިނަ އަދަދެއްގެ ކުޑަކުދިން މަރުވެފައި ވަނީ ދަމަރް، އަމްރާން، ހުދެއިދާ، ހައްޖާ، އިބް، ސާދަ އަދި ސަނާގައެވެ.

އދ.އިން ވަނީ މި ހަނގުރާމައިގައި ކުޑަކުދިން ބައިވެރި ކުރުމާ ގުޅިގެން ނުރުހުން ފާޅުކޮށްފައެވެ. އަދި ސްކޫލްތަކާއި މިސްކިތްތައް މެދުވެރިކޮށް ކުޑަ ކުދިން ހަނގުރާމަ ކުރަން ގެންދިޔުމަށް މަސައްކަތް ކުރުން ވަނީ ކުށްވެރިކޮށްފައެވެ. ކަމާ ބެހޭ ފަރާތްތަކުން ވަނީ ހޫސީންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އެދިފައެވެ.

 

Loading

2 Responses

  1. ހޫތީ ޖަމާޢަތޭ ކިޔާ އަޑު އަހަރެން އަހަނީ. ހޫސީ އެއްނޫނެވެ. އަޅެ ޗެކް ކޮށްލަބަލަ. ޚަބަރު އޯކޭ

  2. ތި އަލިފް ދާލުން ޔަމަންގެ ހަނގުރާމަ ހުއްޓުވަން ކުރިކަމެއް ބުނެބަލަ. ދެފަރާތުން ފައިދާހޯދަނީއެވެ. ސަޢުދީންނާއި ޔޫއޭއީ އަށް ހަތިޔާރު ވިއްކާ ގައުމުތަކާއި މީހުން ރަނގަޅަށް ތި އދ އަށް އެނގެއެވެ. އެހެނަސް އެދެގައުމުގެ މުއްސަނދިކަމުން ބޮޑުންނަށް ބައިއެޅޭތީވެ އަދި އެ ދެގައުމަށް އެމެރިކާ އާއި ޔަހޫދީންގެ ހަތިޔާރު ވިއްކޭތީވެ ކުރެވޭކަމެއް ހަރާމެއް ނޫންތޯއެވެ. ވީމާ 2000 ކުޑަކުދިން މަރުވެގެން ކަލޭމެން ކަންބޮޑުވާނެ ހެއްޔެވެ. އިޒްރޭލުން އެއޮށް މަރާހާ ކުޑަކުދިން ނުދެކެންހެއްޔެވެ. ބޯހަލާކު ވާހަކަ!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް