އައިޖީއެމްއެޗްގެ ލެބޯޓްރީ ހިދުމަތް 4 ގަޑއިރަށް ކުރުކޮށްފި

Loading

Facebook
Twitter
WhatsApp

 

އައިޖީއެމްއެޗްގެ ލެބޯރެޓަރީގެ ހިދުމަތް ދޭ ވަގުތު މަދުކޮށް ދުވަހަކަށް 4 ގަޑިއިރަށް ހިދުމަތް ކުރުކޮށްފިއެވެ.

އައިޖީއެމްއެޗް އިން ބުނީ އެ ހޮސްޕިޓަލުންދޭ ލެބޯޓްރީ ހިދުމަތް މާދަމައިން ފެށިގެން އަންނަ ހޮނިހިރު ދުވަހު ނިޔަލަށް ދޭނީ ދުވަހަކަށް ހަތަރު ގަޑިއިރަށް ކަމަށެވެ. އެގޮތުން އަންނަ ހަފްތާގެ ހޮނިހިރު ދުވަހުގެ ނިޔަލަށް ބަންދު ދުވަސްތައް ނޫން ދުވަސްތަކުގައި ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން މެނދުރު 12:00 އާހަމައަށްކަމަށެވެ.
އަދި ދުވާލަކަށް ދޫކުރުމަށް ނިންމާފައިވަނީ 100 ނަންބަރުކަމަށާ އެ ނަންބަރުތައް އޮންލައިންކޮށް އަދި ހޮސްޕިޓަލަށް ގޮސްވެސް ނެގޭނެ ކަމަށްވެސް އެހޮސްޕިޓަލުން ހާމަކުރެއެވެ.

އައިޖީއެމްއެޗް އިން ބުނީ އެ ހޮސްޕިޓަލުން ދޭ ލެބޯޓްރީ ހިދުމަތުގެ ވަގުތަށް ބަދަލުގެނައީ ކޮވިޑް-19ގެ ސަބަބުން މިހާރުގެ ހާލަތަށް ބަލާފަކަމަށެވެ. އަދި ހާލަތަށް އަންނަ ބަދަލާއެކު ހިދުމަތުގެ ވަގުތަކަށްވެސް ބަދަލު ގެނެވޭނެ ކަމަށް ވެސް ހޮސްޕިޓަލުން ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް