އިންޑިއާ އައުޓް ކެމްޕޭންގައި ޝަހީދު ހުސައިން އާދަމްގެ ފޮޓޯ ބޭނުން ކުރުމުން ގިނަ ފާޑުކިއުންތަކެއް

Loading

Facebook
Twitter
WhatsApp

 

 

އިނދިކޮޅުން ކުރިއަށްގެންދާ އިންޑިއާ އައުޓް ކެންޕޭންގެ ޕޯސްޓަރުތަކެއްގައި ޝަހީދު ހުސައިން އާދަމްގެ ފޮޓޯ ބޭނުން ކުރުމުން ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒުވެއްޖެއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލާ އިދިކޮޅުން ކުރިއަށްގެންދާ އެ ކެމްޕެއިންގެ ޕޯސްޓަރުތަކެއް ޏ. ފުވައްމުލަކުގެ ބައެއް ގޭގޭގެ ފާރުގައި ހަރުކޮށްފައިވާއިރު އެ ޕޯސްޓަރު ތަކުގައި 3 ނޮވެމްބަރު 1988ގައި ގައުމުގެ ދިފާއުގައި ހަގުރާމަކުރަނިކޮށް ޝަހީދުވި ހުސައިން އާދަމްގެ ފޮޓޯ ޖަހާފައި ވެއެވެ.

އެކަމާ ގުޅިގެން އާންމުންނާއި އަދި ސަރުކާރު ކޯލިޝަނުގެ ބައެއް ފަރާތްތަކުން އަންނަނީ ހިތްހަމނުޖެހުން ފާޅުކުރަމުންނެވެ.

ޝަހީދު ހުސައިން އާދަމް ނިސްބަތްވާ ކުޅުދުއްފުށިސިޓީ ތަމްސީލް ކުރާ އެ ސިޓީގެ އުތުރު ދާއިރާގެ މަޖިލިސް މެންބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވީ ޝަހީދު ކޯޕްރަލް ހުސައިން އާދަމަކީ ދިވެހިންގެ ގައުމީ ބަތޮލެއް ކަމަށާ ދަހިވެތި ވިޔަސް ކޮންމެވެސް ވަރެއްގެ އަދަބު އަހްލާގެއްއް ހުންނަންވާނެ ކަމަށެވެ.

 

”ޝަހީދު ކޯޕްރަލް ހުސެއިން އާދަމަކީ ދިވެހިންގެ ބަތޮލެއް، އަދީ ހާއްސަކޮށް ކުޅުދުއްފުށީގެ ފަހުރެއް، ސިޔާސީ ބޭނުމަށް އެ ގައުމީ ބަތޮލުގެ ފޯޓޯ ބޭނުން ނުކުރެއްވުމަށް ރައީސް ޔާމިންގެ އަރިހުން އެދެން. ކަމަކަށް ދަހިވެތި ވިޔަސް ކޮންމެވެސް ވަރެއްގެ އަދަބު އަޙްލާޤެއް ބެހެއްޓެވުން މުހިންމު“ޔާސިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.

މި މައްސަލައާއި ގުޅުގެން ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝަހީދު ހުސެއިން އާދަމްގެ ފޮޓޯ ކުޅޭ ކުޅިވަރަކަށް ބޭނުންކޮށްގެންނުވާނެ ކަމަށާ އެކުޅެނީ ލެއާކަމަށެވެ.

“ ޝަހީދު ހުސެއިން އާދަމްގެ ފޮޓޯ މި މީހުން ކުޅޭ ކުޅިވަރަކަށް ބޭނުން ކުރެވިގެން ނުވާނެ، ތިޔަ ކުޅުއްވަނީ އަޅުގަނޑުމެންގެ ލެޔާ.“ މޭޔަރު އާތިފް ވިދާޅުވިއެވެ.

އެމްޑީޕީގެ އިހަވަންދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ޝިފާއު ވެސް ވިދާޅުވީ ޝަހީދު ހުސައިން އާދަމް ފަދަ ގައުމީ ބަތަލަކަށް އިހްތިރާމު ކުޑަވާ ގޮތަށް ސިޔާސީ ބޭނުމަށް އެ ބަތަލުގެ ފޮޓޯ ބޭނުންކުރުމަކީ ”ގައްދާރު“ އަމަލެއް ކަމަށް ސފަކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

”ސިޔާސީ ގޮތުން ބުއްދިފިލާ ދިޔަޔަސް ގައުމީ ބަތަލް ޝަހީދު ހުސައިން އާދަމްގެ ގައުމީ ޖިހާދަށް ކޮންމެވެސް ވަރެއްގެ އިހްތިރާމެއް ކުރަންވާނެ،“ ޝިފާއު ވިދާޅުވެފައިވެ އެވެ.

އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅުން ކުރިއަށް ގެންދާ ކެމްޕެއިން ދުވަހުން ދުވހަކަށް ދަނީ ބޮޑުވަމުންނެވެ. އަދި މި ކެމްޕޭނާގުޅިގެން ސަރުކާރުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު ސަރުކާރުން ބުނެފައިވަނީ މި ކެމްޕޭނުގެ ސަބަބުން ދެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫ އަރާ ކަމަށާ ކެމްޕޭން ހުއްޓުވާނެކަމަށެވެ.
ނަމަވެސް އިދިކިޅު ލީޑަރު ރައީސް ޔާމިން ވެސް ގެންދަވަނީ މި ކެމްޕޭނުގައި ބައިވެރިވެ ވަޑައިގެން އަތޮޅުތެރޭ ރަށްރަށުގައި ކެމްޕޭނުގެ ފޯރި އިތުރަށް ވަރުގަދަކުރަމުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް