ޔާމީންގެ މެސެޖެއް, ބޯހަރުކަން އިސްކޮށްފި ނަމަ ރަނގަޅެއް ނުވާނެ!

ރައްޔިތުންގެ ބާރު ރަނގަޅަށް ދެނެގަތުމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ދައުލަތުގެ ތަންފީޒީ އިދާރާތަށް ގޮވާލައްވައިފި އެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ދިވެހީންގެ އަވަށްޓެރި ސްރީލަންކާއިން މިއަދު ފެންނަމުންދާ ސިޔާސީ ހަމަނުޖެހުންތަކަށް އިޝާރާތް ކުރައްވާ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. އެ ޓުވީޓުގައި ރައީސް ޔާމީން ވަނީ ރާއްޖޭގެ ހާލަތަކީ އުފެދި ބޮޑުވަމުން އަންނަ ހާލަތެއް ކަމަށް ވިދާޅުވެ، ބޯހަރުކޮށް އިސްކޮށްފިނަމަ ހާލަތު ރަނގަޅު ނުވާނެ ކަމަށް ވިދާޅުވިއެވެ. ”އަޅުގަނޑުމެންގެ ހާލަތަކީ އުފެދި […]

އިއްޒުއްދީން ސްކޫލް ހިންގާ އިމާރާތް ބޭނުންކުރުން ހުއްޓުވަން ހައި ކޯޓުން އަމުރެއް ނުދިން

އެމްއީއެސް ކުރިން ހިންގި އިމާރާތް ބޭނުންކުރުން ހުއްޓުވަން މަންދު ކޮލެޖު ހިންގަމުންދާ ކުންފުނި، މާލޭ ހައި ޕްރައިވެޓް ލިމިޓެޑުން އެދުނު އަމުރު ނެރެދެވެން ނެތް ކަމަށް ހައިކޯޓުން ނިންމައިފި އެވެ. އެމްއީއެސް އިމާރާތުގައި މަންދު ކޮލެޖު ހިންގަމުންދަނިކޮށް އެކޮލެޖާއެކު ހަދާފައިވާ އެއްބަސްވުން ވަނީ 2015 ވަނަ އަހަރުގެ ތެރޭގައި ބާތިލްކޮށްފައެވެ. އެ މައްސަލައިގައި މަންދު ކޮލެޖުން ވަނީ ގެއްލުމުގެ ބަދަލު ހޯދުމަށާއި އެ އިމާރާތް އަލުން ހޯދުމަށް ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ. ހައިކޯޓާއި ސުޕްރީމް ކޯޓުން ވަނީ […]

އީދާ ދިމާކޮށް ވައިގެ މަގުން 3،300 މީހުން ދަތުރުކޮށް ރެކޯޑެއް!

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި އިއްޔެ ރިކޯޑް އަދަދަކަށް މީހުން ދަތުރުކޮށްފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނެފިއެވެ. އެމްއޭސީއެލް އިން ބުނީ ޑޮމެސްޓިކް އެއާ ޓްރެފިކް މޫވްމަންޓް އިއްޔެ 125 އަށް އެރި ކަމަށެވެ. މި ދަތުރުތަކުގައި 3،300 އަށް ވުރެ ގިނަ ފަސިންޖަރުން ރާއްޖޭގެ އެކި މަންޒިލްތަކަށް ދަތުރުކޮށްފައިވެއެވެ. ރިކޯޑް އަދަދަކަށް މިއަދު މީހުން ދަތުރުކޮށްފައި މި ވަނީ އީދު ބަންދާއި ސްކޫލް ބޮޑު ޗުއްޓީ ފެށުމާ ދިމާކޮށެވެ. މި ދުވަސްވަރު ދަތުރުކުރާ […]

ދިވެހި ހައްޖުވެރިން އަރަފާތު ބިމުގައި، ހާލު ރަނގަޅު

ދިވެހި ހުރިހާ ހައްޖުވެރިންވެސް މިހާރު ތިބީ އަރަފާތު ބިމުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން މިއަދު ބުނީ، މިއަދު ހެނދުނު މައްކާ ގަޑިން 9 ޖެހި އިރު އަދި ރާއްޖެ ގަޑިން 11 ޖެހިއިރު ހައްޖުވެރިން އަރަފާތު ބިމަށް އައިސްފައިވާ ކަމަށެވެ. އަދި ހުރިހާ ޖައްޖުވެރިންގެ ހާލުވެސް ރަނގަޅު ކަމަށް އެ މިނިސްޓްރީން ބުންޏެވެ. ޢަރަފާތު ދުވަހަކީ ހައްޖުވެރިން ޙައްޖުގެ އެންމެމަތީ ރުކުން އަދާކުރާ ދުވަހެވެ. ހައްޖު ދުވަހުގައި އަރަފާތު ބިމަށް ގޮސް އެތާނގައި […]

ޓެކްސްގެ އާމްދަނީ ދެ ބިލިއަން ރުފިޔާ އިތުރު

ޓެކުހުގެ ގޮތުގައި މި އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީ މިދިޔަ އަހަރަށްވުރެ 2.3 ބިލިއަން ރުފިޔާ އިތުރު ވެއްޖެ އެވެ. ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހުގެ ނިޔަލަށް، ޓެކްސްގެ ގޮތުގައި 9.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް ލިބުނު 7.2 ބިލިއަން ރުފިޔާއަށް ވުރެ 2.3 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. ފިނޭންސް މިނިސްޓްރީން އަންދާޒާކޮށްފައިވަނީ މިއަހަރުގެ ތެރޭގައި ޓެކުހުގެ ގޮތުގައި 15.3 […]

އީދު ދުވަހާއި ވަޅު އީދު ދުވަހުގެ ހަވީރު 4:00 އިން 6:00 އަކަށް ފައިމަގުގައި އުޅޭ ގޮތަށް ހަމަޖައްސައިފި

މާލޭގެ މަގެއްގެ މަތި--- ފޮޓޯ: ދަ އެޑިޝަން

މި އަހަރުގެ ބޮޑު އީދު ދުވަހާއި ވަޅު އީދު ދުވަހު މާލޭގައި ފައިމަގުގައި އުޅޭނެ ވަގުތުތަކެއް މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ. ފައިމަގުގައި އުޅޭ ގޮތަށް ހަމަޖައްސާފައިވަނީ އެ ދެ ދުވަހުގެ ހަވީރު 4:00 އިން ފެށިގެން އިރުއޮއްސި 6:00 އާއި ހަމައަށެވެ. ނަމަވެސް މި ވަގުތުތަކުގައިވެސް ހާއްސަ ހުއްދައިގެ ދަށުން މާލޭގައި އުޅަނދުފަހަރު ދުއްވޭނެއެވެ. އީދު ދުވަހާއި ވަޅި އީދު ދުވަހުގެ ވަކި ވަގުތެއްގައި މާލޭގައި ހަމައެކަނި ފައިމަގުގައި އުޅޭ ގޮތަށް ހަމަޖައްސަން މާލެ ސިޓީ […]

ދެ އަހަރުގެ އަންހެން ކުއްޖާ ރޭޕްކުރި ކާފަ އާއި މުނިކާފަ 25 އަހަރަށް ޖަލަށް

ގއ. ކަނޑުހުޅޫދޫގައި އުމުރުން ދެ އަހަރުގެ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި އެ ކުއްޖާގެ ކާފަ އާއި މުނިކާފަގެ މައްޗަށް ކުރި ދައުވާ ސާބިތުވެ، އެ ދެ މީހުން 25 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ކުޑަކުއްޖަކު ރޭޕްކުރި މައްސަލައިގައި ދައުވާކުރީ އެ ކުއްޖާގެ ކާފަ އިބްރާހީމް ދީދީ އާއި މުނި ކާފަ ހަސަން މޫސާދީދީގެ މައްޗަށެވެ. އެ ދެ މީހުންގެ މައްޗަށްވެސް ކުރީ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ […]

ސިޔާސީ ކޯޅުންގަނޑުގެ ތެރެއަށް ސިފައިން ވެއްދުމުން ޤައުމީ ސަލާމަތަށް އަބަދުވެސް ނުރައްކާވޭ!

ދިވެހި ސިފައިން، 1892އިން ފެށިގެން މިއަދާއި ހިސާބަށް އައި މި ދިގު ޙަޔާތުގައި، އެ އަސްކަރިއްޔާގެ ތެރެއަށް ނުފޫޒު އަބަދުވެސް ވަދެފައިވަނީ ސިޔާސީ ގޮތުން ޤައުމު ހިންގުމުގައި ބަލިކަށިކަމެއް އައުމުން އޭގެ ތެރޭންނެވެ. ނުވަތަ ޤައުމު ހިންގުމުގެ ނިޒާމަށް ބަދަލެއް އަންނަ ދުވަސްވަރެއްގެ ތެރޭންނެވެ. މިގޮތުން އެތަކެއް ފަހަރު މަތީން މިދިޔަ މާޒީގައި މިކުޑަ ދިވެހިރާއްޖޭގައިވެސް ދިވެހި އަސްކަރިއްޔާ މިފަދަ ޙާލަތްތަކަށް ވެއްޓިގެން ގޮސްފައިވާކަން ތާރީޚުން އެގެން އެބައޮތެވެެ. މިފަދަ ކޮންމެ ފަހަރަކު އެ އަސްކަރިއްޔާއަށް ބަލިކަށިކަން […]

ކުރިއަށް އޮތް ދުވަސްވަރުވެސް ތަކެތީގެ އަގުތައް ދާނީ އުފުލެމުން: މިނިސްޓަރު

މި އަހަރުގެ ކުރިއަށް އޮތް ތަނުގައިވެސް ކާބޯތަކެތީގެ އަގުތައް އުފުލޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ. ރާއްޖޭގެ އިގްތިސޯދީ ހާލަތުގެ މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރު އަމީރު ވިދާޅުވީ، ކޮވިޑުގެ ހާލަތުން އަރައިގަނެވެމުން އަންނައިރު، ކުރިމަތިވަމުންދާ އާ ހާލަތްތަކުގެ ސަބބަުން ދުނިޔޭގެ އިގްތިސޯދީ ދުވެލި މަޑުޖެހޭ ކަމަށެވެ. އެގޮތުން 2024-2023 އަށް ދުނިޔޭގެ އިގުތިސޯދީ ދުވެލި ހުންނާނީ އެވްރެޖުކޮށް 3.0 ޕަސެންޓުގައި ކަމަށްވެސް ވިދާޅުވިއެވެ. ދުނިޔޭގެ އިގްތިސޯދަށް […]

ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެކަކު މަރުވެއްޖެ، ފަސް މީހަކަށް ފަރުވާދެނީ

އެކުވެނި ޓްރެކް ސަރަހައްދުގައި ކާރެއް، އެހެން ކާރެއްގައި ޖެހި ކޮންޓްރޯލް ނުވެ ގޮސް ބަހެއްގައި ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ތެރެއިން އެކަކު މަރުވެއްޖެއެވެ. ފުލުހުން މިރޭ ބުނީ، އެ އެކްސިޑެންޓުގައި ހަތަރު ފިރިހެނުންނާއި ދެ އަންހެނުންނަށް އަނިޔާވެފައިވާ ކަމަށެވެ. އެ އެންމެންނަށްވެސް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު އޭގެ ތެރެއިން އަންހެނަކު މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެނގިފައިވާ ގޮތުގައި އެ އެކްސިޑެންޓު ހިނގާފައިވަނީ ރަތް ކުލައިގެ ކާރު އޯވާޓެކް ކުރަން އުޅުމުގެ ތެރޭގައި […]