ރައުދާގެ މަރުގެ މައްސަލަ އަލުން ބަލަން ކޯޓުން އަމުރުކޮށްފި

ބަންގްލަދޭޝްގައި ޑޮކްޓަރުކަން ކިޔަވަމުން ދަނިކޮށް މަރުވި ދިވެހި ދަރިވަރެއް ކަމަށްވާ ރައުދާ އާތިފްގެ މަރުގެ މައްސަލަ އަލުން ތަހްގީގު ކުރަން ބަންގްލަދޭޝްގެ މެޖިސްޓްރޭޓް ކޯޓަކުން އެގައުމުގެ ފުލުހުންގެ މައްޗަށް އަމުރުކޮށްފިއެވެ. ބަންގްލަދޭޝްގެ ރާޖްޝާހީ މެޑިކަލް ކޮލެޖްގައި ކިޔަވަމުން ދިޔަ ރައުދާ މަރުވެފައި ވަނިކޮށް ފެނުނީ އޭނާ ދިރިއުޅެމުން ދިޔަ ހޮސްޓެލްގެ ކޮޓަރީގައި 2017 ވަނަ އަހަރުގެ މާޗް 29 ވަނަ ދުވަހު އެވެ. ރައުދާގެ މަރުގެ މައްސަލަ ތަހުގީގުކުރުމަށް ފަހު އެއިރު ނިންމީ އޭނާ މަރުވީ ދަންޖެހިގެން […]

ޝައިހް ނިޝާންގެ ބަންދަށް އިތުރު 16 ދުވަސް ޖަހައިފި

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ ދީނީ އިލްމުވެރިޔާ ޝައިހް އާދަމް ނިޝާން ބިން އަލީ އާދަމް، ބަންދަށް އިތުރު 16 ދުވަސް ޖަހައިފިއެވެ. މިދިޔަ މަހުގެ 21 ވަނަ ދުވަހު ޔޯގާ ދުވަހުގެ ހަރަކާތް ގަލޮޅު ދަނޑުގައި ކުރިއަށް ދަނިކޮށް ޝަހާދަތުގެ ދެ ކަލިމަ ލިޔެފައި ހުރި ދިދަތަކެއް ހިފައިގެން ތިބި ބަޔަކު ވަނީ ދަނޑަށް ވަދެ އެ ހަރަކާތް ހުއްޓުވައި ބައެއް ތަކެއްޗަށް […]

ނޫސްވެރިޔާ އަޒާން ފުލުހަށް ހާޒިރުވާން އަންގައިފި

”ދިޔަރެސް“ ނޫހުގެ ނޫސްވެރިޔާ އަހުމަދު އަޒާން ފުލުހަށް ހާޒިރުވާން އަންގައިފިއެވެ. އަޒާން ފުލުހަށް ހާޒިރުވުމަށް އަންގާ ފޮނުވާފައިވާ ޗިޓުގައި ބުނެފައި ވަނީ އޭނާ ފުލުހަށް ހާޒިރުވުމަށް އަންގާފައި ވަނީ މިދިޔަ ފެބްރުއަރީ ހަވަނަ ދުވަހު އައިޖީއެމްއެޗުގެ ޕޭޝަންޓުލޮގަށް އަން އޮތޮރައިޒްޑް އެކްސަސްވެ، ދައުލަތުގެ އެންމެ އިސް ފަރާތްތަކުގެ މެޑިކަލް މައުލޫމާތު ހޯދައި ލީކުކޮށްލި ކުށުގެ ތުހުމަތާއި ގުޅިގެން ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށެވެ. އޭނާ ފުލުހަށް ހާޒިރުވުމަށް އަންގާފައި ވަނީ މިމަހުގެ 21 ވަނަ ދުވަހުގެ 15:00 […]

ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާކަމުގެ ހެކި އެބަހުރި: ފުލުސް

ކ. ދިއްފުށީގައި ކުޑަކުއްޖަކަަށް ޖިންސީ ގޯނާ ކުރިކަމަަށް ތުހުމަތުކޮށް މީހަކަށް ބޮޑެތި އަނިޔާތަކެއް ކޮށްފައި ވަނިކޮށް އެ ކުއްޖާއަށް ޖިންސީގޯނާ ކުރިކަމުގެ ހެކި ލިބިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ދިއްފުށީގައި ހިންގި ހަމަނުޖެހުމާ ގުޅޭ ގޮތުން ފުލުހުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ކޮށްފައިވާ މަސައްކަތުން ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމުގެ ހެކި ލިބިފައިވާ ކަމަަށެވެ. ”ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ މައްސަލަ އާއި ތުހުމަތު […]

މިހާރު އިމާރާތްކުރާ ފްލެޓްތަކުން ކަސްޓަމްސް މުވައްޒަފުންނަށް ފްލެޓް ދޭނަން: ރައީސް

މޯލްޑިވްސް ކަސްޓަމް ސާވިސް (އެމްސީއެސް)ގެ އޮފިސަރުންނަށް ފުލެޓާއި ހެލްތު އިންޝުއަރެންސް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ކަސްޓަމްސްގެ 132 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ރޭ ބޭއްވި ހަފުލާ ޝަރަފުވެރިކޮށްދެއްވައި ރައީސް ވިދާޅުވީ، ކަސްޓަމްސް އޮފިސަރުންނަކީ އެކި ބާވަތުގެ ނުރައްކާތަކަށް އަބަދުވެސް ހުށަހެޅޭ ބައެއް ކަމަށެވެ. އެހެންވެ، އެ މުވައްޒަފުންނަކީ އެފަދަ ނުރައްކާތަކާ ކުރިމަތިލާން ތައްޔާރަށް ތިބޭ ބަޔަކަށް ހެދޭނީ މުވައްޒަފުންގެ އަސާސީ ބޭނުންތައްވެސް […]

ދިއްފުށީގައި ފުލުހަކަށް ހަމަލާދިން ޒުވާނަކު ހައްޔަރުކޮށްފި

ފުލުހަކަށް ހަމަލާދިންކަމުގެ ތުހުމަތުގައި ކ. ދިއްފުށީ ޒުވާނަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މަހުގެ 14 ވަނަ ދުވަހުގެ ވިލޭރޭ ދިއްފުށީގައި މީހަކަށް އަނިޔާ ކުރަނިކޮށް އެކަން ހުއްޓުވަން އުޅުނު ފުލުހަކަށް އަނިޔާކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެރޭ ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ފިރިހެނެކެވެ. އެ މީހާގެ ބަންދަށް ވަނީ ދިހަ ދުވަސް ޖަހައިފައެވެ. ދިއްފުށީގައި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނެ، ގއ، ވިލިނގިއްޔަށް ނިސްބަތްވާ މީހަކަށް އަނިޔާކޮށް ވަނީ […]

ބޮޑު ހިޔާނާތުގެ ލިސްޓު އާއްމުކުރަން ބުނުމަކީ އިންތިހާބުތައް ކާމިޔާބުކުރަން އެމްޑީޕީގެ ސްލޯގަންއަކަށް ހަދައިފި: އާދަމް ޝަރީފް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ޓޫރިޒަމަށް ރަށްތައް ދޫކުރުމުގައި ހިންގި ކޮރަޕްޝަނާއި ގުޅޭ ސައްހަ ލިސްޓެއް އާއްމުކުރާނެ ކަމަށް އެމްޑީޕީން ބުނަނީ އިންތިހާބުތައް ކާމިޔާބުކުރަން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. ކުރީގެ ޑިފެންސް މިނިސްޓަރުކަންވެސް ކުރެއްވި އާދަމް ޝަރީފް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ސަރުކާރުގައި ކޮރަޕްޝަންވީ ގިނަ ކަމަށާއި ގެއްލުނު ފައިސާވެސް މި ސަރުކާރަށް ހޯދިފައިނުވާ ކަމަށެވެ. އާދަމް ޝަރީފް […]

ރިލްވާނު ގެއްލުވާލި މައްސަލައިގެ ތަހުގީގަށް އިސޫ މަރު ކޮމިޝަނަށް ހާޒިރުކޮށްފި

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އިސްމާއީލް އަބްދުލްރަހީމް އާދަމް (އިސޫ) މަރު ކޮމިޝަނަށް ހާޒިރުކޮށްފިއެވެ. އިސޫ މާލެ ގެނެސް މަރު ކޮމިޝަނަށް ހާޒިރުކޮށްފައިވަނީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައެވެ. މި މައްސަލައިގައި އިސޫ އާއެކު އިތުރު ދެމީހަކު ހައްޔަރުކޮށްފައިވެއެވެ. އެއީ މއ. ފާގަފިލާގެ، އަހުމަދު އިސްމާއިލް (ބުރު އަހަނދު)، 39އ އާއި މާލެ ދަފްތަރު، އަހްމަދު މުއާޒު (ގަޓު މުއާ) 40 އ އެވެ. އެ ތިން މީހުން ހައްޔަރު ކުރުމާއި […]

ގޮތަބަޔާ ސިންގަޕޫރަށް ވަޑައިގެންފި

ސްރީލަންކާގެ ހާލަތު ބޮއްސުންލައިގެން ދިޔުމުން އަމިއްލަ ގައުމުން ފިއްލަވައިގެން ރާއްޖެ ވަޑައިގެންނެވި ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ، ޕްރައިވެޓް ޖެޓެއްގައި މިއަދު ސިންގަޕޫރަށް ވަޑައިގެންފިއެވެ. ގޮތަބަޔާ އާއި އަނބިކަނބަލުން އަދި ދެ ބޮޑީގާޑުން ލަންކާގެ އެއާފޯސް މަތިންދާބޯޓެއްގައި ރާއްޖެ ވަޑައިގަންނެވީ އިއްޔެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މަދަދާއެކުގައެވެ. ރާއްޖެ ވަޑައިގެން، ގޮތަބަޔާ ހުންނެވީ އިތާފުށި ރިސޯޓުގައެވެ. ރޭގެ ވަގުތެއްގައި ގޮތަބަޔާ […]

މާފަންނު ގެސްޓުހައުސަކުން އަލަމްގިރި ހައްޔަރުކޮށްފި

ގިނަ ބަޔަކާއެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް ބުނާ ބަންގްލަދޭޝްގެ އަލަމްގިރި ހައްޔަރުކޮށްފިއެވެ. އެނގިފައިވާ ގޮތުގައި އަލަމް ގިރި ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން މިއަދު މެންރުފަހު 15:00 ހާއިރު މާފަންނު ގެސްޓް ހައުސްއަކުންނެވެ. މިކަމާ ގުޅިގެން ފުލުހުން އަދި ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ. އަލަމް ގިރިއާ އެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު އަހްމަދު ނާޒިމް އަބްދުއްސައްތާރު ކަމަށް ބެލެވޭ މީހަކާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް […]