ގޮތަބަޔާ ސިންގަޕޫރަށް ވަޑައިގެންފި

Loading

Facebook
Twitter
WhatsApp

ސްރީލަންކާގެ ހާލަތު ބޮއްސުންލައިގެން ދިޔުމުން އަމިއްލަ ގައުމުން ފިއްލަވައިގެން ރާއްޖެ ވަޑައިގެންނެވި ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ، ޕްރައިވެޓް ޖެޓެއްގައި މިއަދު ސިންގަޕޫރަށް ވަޑައިގެންފިއެވެ.

ގޮތަބަޔާ އާއި އަނބިކަނބަލުން އަދި ދެ ބޮޑީގާޑުން ލަންކާގެ އެއާފޯސް މަތިންދާބޯޓެއްގައި ރާއްޖެ ވަޑައިގަންނެވީ އިއްޔެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މަދަދާއެކުގައެވެ.

ރާއްޖެ ވަޑައިގެން، ގޮތަބަޔާ ހުންނެވީ އިތާފުށި ރިސޯޓުގައެވެ.

ރޭގެ ވަގުތެއްގައި ގޮތަބަޔާ ސިންގަޕޫރުން ހިމާޔަތް ހޯއްދަވައިގެން އެގައުމަށް ފުރާވަޑައިގަންނަވަން އުޅޭ ކަމަށް އަޑު ފެތުރުން ނަމަވެސް،
ގޯތަބަޔާ އާއި އޭނާގެ އަނބިކަނބަލުން ލޯމާ ރާޖަޕަކްސަ އަދި ދެ ބޮޑީގާޑުންނާއެކު ޕްރައިވެޓް ޖެޓެއްގައި ސިންގަޕޫރަށް ވަޑައިގެންފައިވަނީ މިއަދުއެވެ.

ލަންކާގެ ރައީސްގެ މަގާމުން ގޮތަބަޔާ އިއްޔެ އިސްތިއުފާ ދެއްވާނެ ކަމަށް ކުރިން އިއުލާން ކުރެއްވި ނަމަވެސް މިހާތަނަށްވެސް އެމަނިކުފާނު އިސްތިއުފާ ދެއްްވައިފައެއް ނުވެއެވެ. ނަމަވެސް ލަންކާގެ ވަގުތީ ރައީސްގެ މަގާމަށް ގޮތަބަޔާ ވަނީ ބޮޑުވަޒީރުގެ މަގާމު ފުރުއްވަމުން ގެންދަވާ ރަނިލް ވިކްރަމަސިންހަ ހަމަޖައްސަވައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް