ފުޓުބޯޅަ ސީޒަނާ ދިމާކޮށް އަގުހުރި އިނާމުތަކާއެކު ”ދަ ނޯމަން“އިން ފެންޓަސީ ލީގެއް ފަށައިފި

ސަބް ސޭންޑްވިޗަށް މަޝްހޫރު ”ދަ ނޯމަން“އިން ކުރިއަށް އޮތް ފުޓުބޯޅަ ސީޒަނާ ދިމާކޮށް ފެންޓަސީ ލީގެއް ފަށައިފިއެވެ. ދަ ނޯމަންގެ މެޖޭނަރު އަބްދުﷲ ނައުފަލް ”ސަންދާނަށް“ މިއަދު ވިދާޅުވީ، ފެންޓަސީ ލީގާ ދިމާކޮށް، ނޯމަންގެ ވަކި ހާއްސަ ލައުންޖެއް ތައްޔާރުކޮށްފައިވާ ކަމަށެވެ. ”މި ލައުންޖު އަޅުގަނޑުމެން މި ތައްޔާރުކުރީ ފުޓުބޯޅަ ސީޒަނާ ދިމާކޮށް، ކަސްޓަމަރުންނަށް އައިސް މެޗުތައް ބަލާލެވޭނެ ގޮތަށް. މި ލައުންޖުން ނޯމަންއިން ލިބޭ ހުރިހާ އައިޓަމެއް ލިބޭނެ.“ނައުފަލް ވިދާޅުވިއެވެ. މި ލައުންޖު ހަދާފައިވަނީ ސްމޯކިން […]
ޝައިހު ނިޝާން ބަންދު ކުރި މައްސަަލައިގެ އިސްތިއުނާފު ހުކުމް ކުރުން މިއަދު

ބައިނަލްއަގްވާމީ ޔޯގާ ދުވަހު ހިންގި ހަމަނުޖެހުންތަކުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުކޮށް ހައްޔަރުކުރިޝައިހް އާދަމް ނިޝާން ބަންދުގައި ބެހެއްޓުމަށް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފު މައްސަލައިގެ ހުކުމް މިއަދަށް ތާވަލުކޮށްފި އެވެ. ހައިކޯޓްގައި އޮތް ބަންދު މުރާޖާ ކޯޓު އަމުރުތަކުގެ މައްސަލައިގެ ހުކުމް ކުރުން އޮތީ މިއަދު 10:30 ގައެވެ. ހައިކޯޓްގައި އޮތް މައްސަލައިގެ އަޑުއެހުންތައް ނިންމާލީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ. ހައިކޯޓަށް ހުށަހެޅި މައްސަލާގައި އިސްތިއުނާފީ ނުކުތާތަކުގެ ތެރޭގައި ފާހަގަކޮށްފައިވަނީ އެބޭފުޅާ […]
އެއްޖިންސުން ގުޅުން ނުހިންގަން، ވީޑިއޯއަކީ އެޑިޓެއް: ނާޒިމް ސައްތާރު

ބަންގްލަދޭޝް ޒުވާނެއް ކަމުގައިވާ އެމްޑީ އަލަމްގިރިއާއެކު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލް ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގާކަމަށް ފެންނަ ވީޑިއޯއަކީ އެޑިޓުކޮށްފައިވާ ވީޑިއޯއެއްކަމަށް ނާޒިމް ބުނެފިއެވެ. ނާޒިމް މިފަދައިން ބުނެފައިވަނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓަށް މިމަހުގެ 29 ވަނަ ދުވަހު ހާޒިރުކުރުމުން ކޯޓުގައި ދެއްކި ވާހަކައިގައެވެ. ކޯޓުގައި ނާޒިމް ވަނީ އޭނާއަށް ކުރާ ތުހުމަތުތަކަށް […]
ވިޔަފާރިވެރިޔާ މަހްމޫދުގެ ގާތިލް ސާލިމް މަރަން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފި

އދ. ދަނގެތީ ވިޔަފާރިވެރިޔާ މަހްމޫދް އަބޫބަކުރު މަރަލިކަމަށް ކަމަށް އެއްބަސްވެފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާ އޮލަމް މިއާ (ސާލިމް) މަރަން ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ. ވިޔަފާރިވެރިޔާ މަހްމޫދުގެ ހަށިގަނޑު ފެނުނީ އޮކްޓޯބަރު 13، 2021 ގައި ދަނގެތީ ފަޅު ގޯއްޗެއްގެ ފެން ވަޅުގެ ތެރޭގައި ގޯންޏެއް ބޮލަށް މެހުމަށް ފަހު ބޯކޮޅު ވަތަށް ވައްޓާލައިފައި އޮއްވައެވެ. މަހްމޫދު މަރާލި ކަމަށް ސާލިމް އެއްބަސްވެފައިވާތީ އޭނާ މަރާލުމަށް ކްރިމިނަލް […]
ރާއްޖޭގެ މަޝްރޫއުތައް ނިންމަން އިންޑިއާއިން 100 މިލިއަން ޑޮލަރުގެ އާ ކްރެޑިޓް ލައިނެއް ދޭން ނިންމައިފި

ރާއްޖޭގައި އިންޑިއާއިން ކުރިއަށްގެންދާ މަޝްރޫއުތައް ވަގުތަށް ނިންމަން 100 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން ފެސިލިޓީއެއް ދޭން ނިންމާފައިވާ ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެއެވެ. ބޮޑުވަޒީރު މޯދީގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ވަނީމާލެ، ވިލިމާލެ އަދި ގުޅީފަޅު ގުޅާލާ ތިލަމާލެ ބުރިޖުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވައި، އެގައުމާއެކު ހަ އެއްބަސްވުމެއްގައި ސޮއިކުރައްވައިފައެވެ. އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށްފަހު ދެބޭފުޅުން ދެއްވި ޕްރެސް ސްޓޭޓްމެންޓެއްގައި މޯދީ […]
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓު ރައީސް ޔާމީން ގަބޫލުކުރައްވައިފި

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ރިޔާސީ ޓިކެޓް، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގަބޫލު ކުރައްވައިފި އެވެ. ޕީޕީއެމްއާއި ޕީއެންސީގެ ރިޔާސީ ޓިކެޓު ގަބޫލު ކުރައްވާކަން އެމަނިކުފާނު ހާމަ ކުރެއްވީ ރޭ އެ ދެޕާޓީން ބޭއްވި ކައުންސިލް ބައްދަލުވުމުގައެވެ. މި ބައްދަލްވުމަށް ފަހު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، 2023 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމް އާއި ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދިނުމަށް ނިންމާފައިވާ ކަމަށާއި […]
ލިވާތުކުރި މައްސަލައިގައި ހައްޔަރުކުރި ނޫސްވެރިޔާ ނަސީރުގެ ބަންދަށް ދިހަ ދުވަސް

އެއް ޖިންސުން ގުޅުންހިންގި ކަމުގެ ތުހުމަތުގައި އިއްޔެ ހައްޔަރުކޮށްފައިވާ ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ އަބްދުﷲ ނަސީރުގެ ބަންދަށް ކުރިމިނަލް ކޯޓުން މިއަދު މުއްދަތު އިތުރުކޮށްފިއެވެ. ނަސީރު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާއްމުވީ، މިދިޔަ ޖޫން މަހުގެ ތެރޭގައެވެ. ނަސީރުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރު ކުރުމުން އޭނާގެ ބަންދަށް ވަނީ ދިހަ ދުވަސް ޖަހައިފައެވެ. އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ނަސީރުގެ އިތުރުންވެސް ބައެއް މީހުން ވަނީ ހައްޔަރުކޮށް […]
އެމްޑީޕީގެ އިސްވެރިންގެ ތެރޭގައި ތިބި ރާ ބޮއެ، ޒިނޭކުރާ މީހުން ހާމަކުރަން ތައްޔާރު: ނަޝީދު

އެމްޑީޕީގެ އިސްވެރިންގެ ތެރެއިން ރާ ބޮއެ، ޒިނޭކުރާކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ބޭފުޅުންގެ ނަންތައް ހާމަކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިފަދައިން ވިދާޅުވީ، ބަންގުލަދޭޝަށް ނިސްބަތްވާ އެމްޑީ އަލަމްގިރިއާއެކު އެއްޖިންސުން ގުުޅުންހިންގިކަމުގެ ތުހުމަތުގައި އެމަނިކުފާނުގެ ކޮއްކޮ ނާޒިމް ސައްތާރު ހައްޔަރުކުރުމާ ގުޅިގެން، އެމްޑީޕީގެ އެޑްވައިޒަރީ ކޮމިޓީގެ ވަޓްސްއަޕް ގުރޫޕަށް ފޮނުއްވި މެސެޖުތަކެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައި އެ މެސެޖުތަކުގައި […]
ލިވާތު މައްސަލަ: ނާޒިމް އާއި ނަޝީދުގެ ބަންދަށް ހަތް ދުވަސް، ފުލުސް މީހާއަށް 15 ދުވަސް

އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ ކޮއްކޮ، ނާޒިމް ސައްތާރުގެ ބަންދަށް ހަތް ދުވަސް ޖަހައިފިއެވެ. ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރް އާއި އެކީ އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ހިމެނޭ މީހުން ހައްޔަރު ކުރުމަށް ފުލުހުން އިއްޔެ ފެށި އޮޕަރޭޝަންގެ ތެރެއިން ނާޒިމް ސައްތާރު ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. އޭނާ ހައްޔަރުކުރީ އއ. އަތޮޅުގެ ރިސޯޓެއްގައި ހުއްޓައެވެ. ރިސޯޓުން ނާޒިމް ހައްޔަރުކޮށްގެން ގެންދިޔައީ […]
އާއިލީ ރަހުމަތްތެރިއެއްގެ އަންހެން ކުއްޖަކާއެކު ރައީސް ސޯލިހު ޒިނޭ ކުރާ މަންޒަަރު ފެންނަ ފޮޓޯތަކެއް ލިބިއްޖެ: ނަޝީދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަންހެންކުއްޖަކާއެކު ޒިނޭކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް އެމަނިކުފާނުގެ އަތްޕުޅުގައި އެބަހުރިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިފަދައިން ވިދާޅުވީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަކަށް މިއަދު ފޮނުއްވި މެސެޖެއްގައެވެ. އެ މެސެޖު ފޮނުއްވާފައިވަނީ އެމްޑީ އަލަމްގިރި ކައިރިއަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ވަޑައިގެންނެވިކަމަށް ބުނެ މީހަކު ކުރިޓުވީޓެއް އެ ގުރޫޕުގައި […]