ލިވާތުކުރި މައްސަލައިގައި ހައްޔަރުކުރި ނޫސްވެރިޔާ ނަސީރުގެ ބަންދަށް ދިހަ ދުވަސް

Loading

Facebook
Twitter
WhatsApp
ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ އަބްދުﷲ ނަސީރު

އެއް ޖިންސުން ގުޅުންހިންގި ކަމުގެ ތުހުމަތުގައި އިއްޔެ ހައްޔަރުކޮށްފައިވާ ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ އަބްދުﷲ ނަސީރުގެ ބަންދަށް ކުރިމިނަލް ކޯޓުން މިއަދު މުއްދަތު އިތުރުކޮށްފިއެވެ.

ނަސީރު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާއްމުވީ، މިދިޔަ ޖޫން މަހުގެ ތެރޭގައެވެ.

ނަސީރުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރު ކުރުމުން އޭނާގެ ބަންދަށް ވަނީ ދިހަ ދުވަސް ޖަހައިފައެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ނަސީރުގެ އިތުރުންވެސް ބައެއް މީހުން ވަނީ ހައްޔަރުކޮށް މުއްދަތު ޖަހައިފައެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، ނާޒިން ސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދާއި ފުލުހުންގެ ޑްރަގް އެންފޯސްމެންޓު ޑިޕާޓުމެންޓުގެ ސާޖެންޓު އަބްދުއްރަހުމާން ރަފީއު ހިމެނެއެވެ. އެމީހުން ހައްޔަރުކުރީ ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގައިފައިވާތީއެވެ.

ނާޒިމްއާއި ނަޝީދުގެ ބަންދަށް ހަތް ދުވަސް ޖަހައިފައިވާއިރު ސާޖެންޓް އަބްދުއްރަހީމްގެ ބަންދަށް ޖެހީ 15 ދުވަހެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް