ޕީޕީއެމް ކައުންސިލްގެ ނަން ސެނެޓަށް ބަދަލުކޮށްފި

އިދިކޮޅު ޕީޕީއެމްގެ ކައުންސިލްގެ ނަން ”ޕީޕީއެމް ސެނެޓަށް“ ބަދަލުކޮށްފައެވެ. ޕީޕީއެމް ކައުންސިލްގެ ނަން ”ޕީޕީއެމް ސެނެޓަށް“ ބަދަލުކުރީ، އެޕާޓީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރިޔާސަތު ބަލަހެއްޓެވި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއްގައެވެ. ޕީޕީއެމުން ރޭ ކުރި ޓުވީޓެއްގައި ބުނީ، ކައުންސިލްގެ ނަން ސެނެޓަށް ބަދަލުކޮށް ކައުންސިލް މެންބަރުންނަކީ ސެނެޓާސް ކަމަށް ކައުންސިލްގެ ބައްދަލުވުމުގައި ފާސްކޮށްފައިވާ ކަމަށެވެ. ޕީޕީއެމްގެ ކައުންސިލް މެންބަރުން އިންތިހާބުކޮށްފައިވަނީ މިދިޔަ މަހުގައެވެ. ވެރިކަން ކުރާ އެމްޑީޕީ ފިޔަވައި އެހެން […]
އިންޑިއާއިން މަސައްކަތް ކުރަނީ ޝާހިދު ވެރިކަމަށް ގެނެސް ރާއްޖެ ވިއްކާލަން: ޒަމީލް

އިންޑިއާ އަޑީގައި އޮވެ ރާއްޖޭގެ ވެރިކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގެނެސް ރާއްޖެ ވިއްކާލުމަށް މަސައްކަތްކުރާ ކަމަށްޕީއެންސީގެ ކައުންސިލް މެމްބަރު އިބްރާހިމް ޒަމީލު (ޒައްޕެ) ތުހުމަތު ކުރައްވައިފިއެވެ. ގަލޮޅުދަނޑުގައި ސަރުކާރުން އިންތިޒާމު ކޮއްގެން ހިންގި ޔޯގާ ހަރަކާތް ހުއްޓުވުމަށް މަސައްކަތް ކުރި މީހުން ދޫކޮށްލުމަށް ގޮވާލުމަށާއި އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް ޕީޕީއެމް ޕީއެންސީއިން ސިލްސިލާކޮށް ކުރިއަށްގެންދާ ސުލްހަވެރި އިހުތިޖާޖުތަކުގެ ތެރެއިން، މިމަހުގެ އެއްްވަނަ ދުވަހު ބޭއްވި އިހުތިޖާޖުގައި ވާހަކަ ދައްކަވަމުން ޒަމީލު ވިދާޅުވި […]
ހައްޖުގެ އަޅުކަން އަދާކުރުމަށް ރައީސްގެ ދެކަނބަލުން މާދަމާ ފުރާވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ހައްޖުގެ މަތިވެރި އަޅުކަމަށް މާދަމާ ފުރާވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ. ރައީސް އޮފީހުން މިއަދު ބުނީ، އެ ދަތުރުފުޅަކީ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރައީސްގެ ދެކަނބަލުން ކުރައްވާ ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ. ރައީސްގެ ދެކަނބަލުން މި ދަތުރުފުޅުގައި ފުރާވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނުގެ ވަގުތެއްގައެވެ. މިއީ، ރާއްޖެއަށް ދޫކޮށްފައިވާ 453 ހައްޖު ކޯޓާއިން ބޭރުން ކުރައްވާ ދަތުރުފުޅެކެވެ. ރައީސްގެ ދެކަނބަލުން މާދަމާ ސައުދީއަށް ފުރާވަޑައިގަންނަވާއިރު، މިއަހަރުގެ […]
އުދައިގައި ހަންކެޑެ ބުރިޖަށް ބޮޑެތި ގެއްލުންތަކެއް

އިންޑިއާގެ އެފްކޮންސް އިންފްރަސްޓްރަކްޗާއިން އައްޑޫ ސިޓީ، ހަންކެޑެ ސަރަހައްދުގައި އަޅަމުން އަންނަ ބުރިޖުގެ ބައެއް ގިރާލައިފިއެވެ. އިއްޔެއިން ފެށިގެން މޫސުން ގޯސްވެ އައްޑުއަށް ވަރަށް ބޮޑަށް އުދަ އެރުމުގެ ތެރޭގައި ހަންކެޑެ ބުރިޖު އެޅުމަށް ހިއްކާފައިވާ ސަރަހައްދުގެ ބޮޑުބައެއް ވަނީ ގިރާލައިފައެވެ. އަދި އެ ބުރިޖު އެޅުމަށް އެތަނުގައި ބަހައްޓާފައިވާ ބައެއް ސާމާނުވެސް ވަނީ ހަލާކުވެފައެވެ. އެގޮތުން ކޮންޓެއިނަރުތައް ގޮސްފައިވެއެވެ. ބުރިޖުގެ މަސައްކަތައް ބޭނުންވާ ތަކެތި އޮޔާދާ މަންޒަރު ފެންނަ ފޮޓޯތައް ދައުރުކުރަމުން އަންނައިރު، އޮޔާދިޔަ ތަކެތީގެ […]
ރާއްޖޭގެ ފުރަތަމަ ސްޕޭސް ޓީމް އެކުލަވާލައިފި

އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ކުރިއަށްގެންދާ ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަންއަށް ތައްޔާރުވުމުގެ ގޮތުން ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ޓީމެއް އެކުލަވާލައިފިއެވެ. އައިޖީއެސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ފުރަތަމަ ސްޕޭސް ޓީމުގައި ހިމެނެނީ އުމުރުން 30 އަހަރުން ދަށުގެ އިލްމީ ގޮތުންނާއި ހުނަރުގެ ގޮތުން ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ދެ ޖިންސުގެ ދިވެހި ޒުވާނުން ކަމަށެވެ. ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަން އަށް އައިޖީއެސްއިން ތަމްރީނުކުރި ޓީމް: ހުސައިން […]