އިންޑިއާއިން މަސައްކަތް ކުރަނީ ޝާހިދު ވެރިކަމަށް ގެނެސް ރާއްޖެ ވިއްކާލަން: ޒަމީލް

Loading

Facebook
Twitter
WhatsApp

އިންޑިއާ އަޑީގައި އޮވެ ރާއްޖޭގެ ވެރިކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގެނެސް ރާއްޖެ ވިއްކާލުމަށް މަސައްކަތްކުރާ ކަމަށް
ޕީއެންސީގެ ކައުންސިލް މެމްބަރު އިބްރާހިމް ޒަމީލު (ޒައްޕެ) ތުހުމަތު ކުރައްވައިފިއެވެ.

ގަލޮޅުދަނޑުގައި ސަރުކާރުން އިންތިޒާމު ކޮއްގެން ހިންގި ޔޯގާ ހަރަކާތް ހުއްޓުވުމަށް މަސައްކަތް ކުރި މީހުން ދޫކޮށްލުމަށް ގޮވާލުމަށާއި އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް ޕީޕީއެމް ޕީއެންސީއިން ސިލްސިލާކޮށް ކުރިއަށްގެންދާ ސުލްހަވެރި އިހުތިޖާޖުތަކުގެ ތެރެއިން، މިމަހުގެ އެއްްވަނަ ދުވަހު ބޭއްވި އިހުތިޖާޖުގައި ވާހަކަ ދައްކަވަމުން ޒަމީލު ވިދާޅުވި ގޮތުގައި، މިނިސްޓަރު ޝާހިދު ވެރިކަމަށް ގެންނަން މަސައްކަތް ކުރަނީ އިންޑިއާއިން ކަމަށާއި، މިގޮތަށް މިކަން ކުރުމުގެ މަގްސަދަކީ ގައުމު ވިއްކާލުމެވެ.

ޒަމީލް ވިދާޅުވި ގޮތުގައި ސަރުކާރުގެ މަތީފަޑީގައި ތިއްބެވި ބޭފުޅުންގެ ތެރެއިން އިންޑިއާގެ ސަރުކާރާ އެންމެ ގާތް ގުޅުމެއް އޮތީ ފޮރިން މިނިސްޓަރު ޝާހިދުއާއެވެ. އަދި އިންޑިއާއާއި ޝާހިދުއާއި ހަދާފައި އޮތް އެއް ޑިލަކީ ދެން އަންނަ ދައުރެއްގައި ޝާހިދު ވެރިކަމަށް ގެނައުން ކަމަށްވެސް ވިދާޅުވުއެވެ.

އެމްޑީޕީ މެންބަރުން ތިބި ގޮތަށް ތިއްބައި، އެމްޑީޕީގެ ތިން ވަނަ ޗޮއިސް އަކީ މިނިސްޓަރު ޝާހިދުކަމަށް ރައީސް ނަޝީދު ވިދާޅުވީވެސް މިސަބަބަށްޓަކައި ކަމުގައި ޒަމީލް ވިދާޅުވިއެވެ. އަދި ރައީސް ނަޝީދު މިފަދައިން ވިދާޅުވީ އެނޫންގޮތެއް ނެތިގެން ކަމަށާއި އެމްޑީޕީއަކީވެސް ވަކިބައެއްގެ ޕާޓީއެއް ނޫން ކަމަށާއި އެއީ އެމްޑީޕީ އުފެއްދި ދިވެހި ރައްޔިތުން ހިމެނޭ ޕާޓީއެއް ކަމުގައެވެ.

ޒަމީލް އިތުރަށް ވިދާޅުވިގޮތުގައި އިސްލާމް ދީނާއި ދެކޮޅަށް އެމްޑީޕީގެ ސަރުކާރުން މިއަދު ކުރަމުންދާ ކަންކަމަކީ ހަމައެކަނި މިހާރު ކުރަމުންދާ، އައު ކަންކަމެއް ނޫންކަމުގައެވެ. އަދި ޔޯގާ ހަރަކާތް ހުއްޓުވުމުގެ ތުހުމަތުގައި ހައްޔަރު ކުރެވުނު ފަރާތްތަކަކީ ކުށެއްނެތް މައުސޫމް ބައެއް ކަމަށް ވިދާޅުވެ، އެމީހުން ވަގުތުން ވަގުތަށް މިނިވަންކުރުމަށް ޒަމީލް ވަނީ ގޮވާލާފައެވެ.

މި ޔޯގާ ހަރަކާތަކީ ޝިރުކުގެ ޢަމަލެއްކަމަށް ރާއްޖޭގެ ގިނަ ދީނީޢިލްމުވެރިން މިކަމާ ދެކޮޅަށް ފަތުވާ ދެއްވާ އެހަރަކަތް ނުބޭއްވުމަށް ނަސޭހަތްތެރިވެލައްވާފައިވުމުގެ އިތުރުން ރާއްޖޭގެ އިސްލާމީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާއިވެސް ހިލާފު ކަމެއްކަމަށް ގިނަ ރައްޔިތުން ގަބޫލުކުރާތީ، މިފަހަކަށް އައިސް، ޔޯގާހަރަކާތް ހުއްޓުވާލުމުގެ ތުހުމަތުގައި ހައްޔަރުކުރެވު ހައްޔަރީން މިނިވަންކުރުމަށް ގޮވާލައި ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ކޮންމެރެއަކު ސިލްސިލާކޮށް ކުރިއަށް ގެންދާ ސުލްހަވެރި އިހްތިޖާޖުތަކަށް ގިނަ ބައެއްގެ ތަރުހީބު ލިބެމުންދެއެވެ.

ޕީޕީއެމުން އިސްނަގައިގެން މި އެއްވުން ބާއްވާ ކޮންމެ ރެއަކު މިއެއްވުމަށް ހުރަސް އެޅުމުގެ ގޮތުން ފުލުހުން އެޕާޓީގެ އޮފީސް ހުންނަ ސަރަހައްދު އެއްކޮށް ބެރިކޭޑު ޖަހައި ބަންދުކޮށް މިއެއްވުން ބޭއްވުމަށް ގިނަގުނަ ދަތިތައް ކުރިމަތިކުރަމުންދެއެވެ.

Loading

One Response

  1. އާހ، އިންޑިއާގެ ވިކާޝް ދޯ؟ އެއީ އެންމެ އިންޑިއާއަށް ރަނގަޅު ޗޮއިސް. ދިވެހިންނަށް ހަބަރު ހާ ހިތިވާނެ. އޭރުން ދެން ދިވެހިން މަލިކު މީހުންގޮތުގައި އިންޑިއާއިން ދެކޭނީ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް