އުދައިގައި ހަންކެޑެ ބުރިޖަށް ބޮޑެތި ގެއްލުންތަކެއް

Loading

Facebook
Twitter
WhatsApp
ހަންކެޑެ ބްރިޖު އަޅާ ސަރަހައްދުގައި ހުރި ތަކެތި އޮޔާ ދަނީ. (ޓްވިޓާ ފޮޓޯ/ ހަމްދާން ޝަކީލް)

އިންޑިއާގެ އެފްކޮންސް އިންފްރަސްޓްރަކްޗާއިން އައްޑޫ ސިޓީ، ހަންކެޑެ ސަރަހައްދުގައި އަޅަމުން އަންނަ ބުރިޖުގެ ބައެއް ގިރާލައިފިއެވެ.

އިއްޔެއިން ފެށިގެން މޫސުން ގޯސްވެ އައްޑުއަށް ވަރަށް ބޮޑަށް އުދަ އެރުމުގެ ތެރޭގައި ހަންކެޑެ ބުރިޖު އެޅުމަށް ހިއްކާފައިވާ ސަރަހައްދުގެ ބޮޑުބައެއް ވަނީ ގިރާލައިފައެވެ. އަދި އެ ބުރިޖު އެޅުމަށް އެތަނުގައި ބަހައްޓާފައިވާ ބައެއް ސާމާނުވެސް ވަނީ ހަލާކުވެފައެވެ. އެގޮތުން ކޮންޓެއިނަރުތައް ގޮސްފައިވެއެވެ.

ބުރިޖުގެ މަސައްކަތައް ބޭނުންވާ ތަކެތި އޮޔާދާ މަންޒަރު ފެންނަ ފޮޓޯތައް ދައުރުކުރަމުން އަންނައިރު، އޮޔާދިޔަ ތަކެތީގެ ތަފްސީލެއް ލިބިފައެއް ނުވެއެވެ.

ތިލަމާލެ ބުރިޖުގެ މަސައްކަތްވެސް ހަވާލުކޮށްފައިވަނީ އިންޑިއާގެ އެފްކޮންސްއާ އެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށް ގެންދާ އައްޑޫގެ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ހަދާ މި ބުރިޖުގެ ބޭނުމަކީ ހަންކެޑެ ހިމެނޭ ސަރަހައްދުގައި މިހާރު ބޭނުންކުރަމުން އަންނަ ލިންކް ރޯޑުގެ ހުޅަނގުން ހަންކެޑެއަށް ނާރާ ގޮތަށް ހިތަދޫ ގައުކެޑި އާއި މަރަދޫ ގުޅުވާލުމެވެ. ހަތަރު ލޭނަށް ހަދާ ބުރިޖުގެ ދިގު މިނުގައި 1.4 ކިލޯމީޓަރު ހުންނާނެއެވެ.

ހަންކެޑެ ބުރިޖު ހިމެނޭހެން އައްޑޫ މަގުހެދުމުގެ މަޝްރޫއުގެ ޖުމްލަ އަގަކީ 77.6 މިލިއަން ޑޮލަރެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް