ޕީޕީއެމް ކައުންސިލްގެ ނަން ސެނެޓަށް ބަދަލުކޮށްފި

Loading

Facebook
Twitter
WhatsApp

އިދިކޮޅު ޕީޕީއެމްގެ ކައުންސިލްގެ ނަން ”ޕީޕީއެމް ސެނެޓަށް“ ބަދަލުކޮށްފައެވެ.

ޕީޕީއެމް ކައުންސިލްގެ ނަން ”ޕީޕީއެމް ސެނެޓަށް“ ބަދަލުކުރީ، އެޕާޓީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރިޔާސަތު ބަލަހެއްޓެވި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއްގައެވެ.

ޕީޕީއެމުން ރޭ ކުރި ޓުވީޓެއްގައި ބުނީ، ކައުންސިލްގެ ނަން ސެނެޓަށް ބަދަލުކޮށް ކައުންސިލް މެންބަރުންނަކީ ސެނެޓާސް ކަމަށް ކައުންސިލްގެ ބައްދަލުވުމުގައި ފާސްކޮށްފައިވާ ކަމަށެވެ.

ޕީޕީއެމްގެ ކައުންސިލް މެންބަރުން އިންތިހާބުކޮށްފައިވަނީ މިދިޔަ މަހުގައެވެ.

ވެރިކަން ކުރާ އެމްޑީޕީ ފިޔަވައި އެހެން ސިޔާސީ ޕާޓީތަކުގެ އެންމެ އިސް ގުނަނަކީ އެ ޕާޓީއެއްގެ ކައުންސިލެވެ. އެމްޑީޕީގެ އެންމެ އިސް ގުނަނަކީ ގައުމީ މަޖިލީހެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް