ހައްޖުގެ އަޅުކަން އަދާކުރުމަށް ރައީސްގެ ދެކަނބަލުން މާދަމާ ފުރާވަޑައިގަންނަވަނީ

Loading

Facebook
Twitter
WhatsApp
ރައީސްގެ ދެކަނބަލުން: ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ހައްޖުގެ މަތިވެރި އަޅުކަމަށް މާދަމާ ފުރާވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.

ރައީސް އޮފީހުން މިއަދު ބުނީ، އެ ދަތުރުފުޅަކީ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރައީސްގެ ދެކަނބަލުން ކުރައްވާ ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ.

ރައީސްގެ ދެކަނބަލުން މި ދަތުރުފުޅުގައި ފުރާވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނުގެ ވަގުތެއްގައެވެ.

މިއީ، ރާއްޖެއަށް ދޫކޮށްފައިވާ 453 ހައްޖު ކޯޓާއިން ބޭރުން ކުރައްވާ ދަތުރުފުޅެކެވެ.

ރައީސްގެ ދެކަނބަލުން މާދަމާ ސައުދީއަށް ފުރާވަޑައިގަންނަވާއިރު، މިއަހަރުގެ ހައްޖުގެ އަޅުކަން ރާއްޖެއިންދާ ހައްޖާޖީންގެ ތިން ގްރޫޕްވެސް މިހާރު ވަނީ ރާއްޖެއިން ފުރާފައެވެ. އެންމެ ފަހު ގްރޫޕް ފުރީ ރޭގެ ވަގުތެއްގައެވެ. ހައްޖާޖީންގެ އެންމެ ފަހު ގްރޫޕާއެކު، ރާއްޖޭގެ އަމީރުލްހައްޖުގެ ގޮތުގައި ހަމަޖައްސަވާފައިވާ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ފުރާވަޑައިގެންނެވިއެވެ.

Loading

One Response

  1. ހެޔޮވިސްނުން ދެއްވައި ދެވަނަ ދައުރަކަށް މިސަކަރާތް ޖަހަން ވެރިކަމަށް ކުރިމަތި ނުލައްވާ ހިތް ޖައްސަވާށިއެވެ. އާމީން!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް