ލިވާތު މައްސަލަ: ނާޒިމް އާއި ނަޝީދުގެ ބަންދަށް ހަތް ދުވަސް، ފުލުސް މީހާއަށް 15 ދުވަސް

Loading

Facebook
Twitter
WhatsApp

އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ ކޮއްކޮ، ނާޒިމް ސައްތާރުގެ ބަންދަށް ހަތް ދުވަސް ޖަހައިފިއެވެ.

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރް އާއި އެކީ އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ހިމެނޭ މީހުން ހައްޔަރު ކުރުމަށް ފުލުހުން އިއްޔެ ފެށި އޮޕަރޭޝަންގެ ތެރެއިން ނާޒިމް ސައްތާރު ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. އޭނާ ހައްޔަރުކުރީ އއ. އަތޮޅުގެ ރިސޯޓެއްގައި ހުއްޓައެވެ.

ރިސޯޓުން ނާޒިމް ހައްޔަރުކޮށްގެން ގެންދިޔައީ އއ. ރަސްދޫއަށެވެ.

ނާޒިމްގެ ބަންދާ މެދު ގޮތެއް ނިންމުމަށް، ރަސްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އޭނާއަށް ވަނީ ހަތް ދުވަހުގެ ބަންދުގެ މުއްދަތު ދީފައެވެ.

ނާޒިމް ހައްޔަރު ކުރި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެމަނިކުފާނުގެ ކޮއްކޮއަށް އެއް ޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކޮށް، ސަރުކާރުގައި ތިބި ހަރުކަށި ފިކުރަށް ތާއިދު ކުރާ މީހުން ރުއްސަން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ނާޒިމްގެ އިތުރުން މި މައްސަލައިގައި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް (ޑިއީޑީ) ގައި ކުރިން މަސައްކަތްކުރި ސާޖަންޓް އަބްދުއްރަހުމާން ރަފީއު ވެސް އިއްޔެ ވަނީ ހައްޔަރު ކޮށްފައެވެ. ނާނަލް ނަޝީދުގެ ބަންދަށް ހަތް ދުވަސް ޖަހައިފައިވާއިރު، އަބްދުއްރަހުމާނުގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް