އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ކާނަލް ނަޝީދާއި ނާޒިމްގެ އިތުރުން ފުލުހަކު ހައްޔަރުކޮށްފި

ބަންގަދޭޝަންގެ ރައްޔިތެއް ކަމަށްވާ، އެމްޑީ އަލަމްގީރި އާއެކު، އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް ނަޝީދު) އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލް، ނާޒިމް ސައްތާރުގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމެންޓު ޑިޕާޓުމެންޓުގައި މަސައްކަތްކުރާ ފުލުހަކު ހައްޔަރުކޮށްފިއެވެ. އަލަމްގިރިއާއެކު އެއް ޖިންސުން ގުޅުން ހިންގި ތިން މީހެއްގެ ވީޑިއޯ މިހާތަނަށް ވަނީ ލީކުކޮށްލައިފައެވެ. އޭގައި ފެންނަނީ ރައްޔިތުންގެ މަޖިލީހުގެ […]
މަންކީޕޮކްސްގެ އަލާމާތްތައް ހުރި މީހަކު ރާއްޖެއިން ފެނިއްޖެ

ޓްރީޓޮޕް ހޮސްޕިޓަލަށް ދެއްކި ބޭރު މީހަކު، މަންކީޕޮކްސްއަށް ޝައްކުކުރެވޭތީ ސާމްޕަލް ނަގައި ޓެސްޓުކުރުމުގެ މަސައްކަތް ފަށައިފިއެވެ. ”ސަންދާނަށް“ އެނގިފައިވާ ގޮތުގައި މަންކީޕޮކްސްއަށް ޝައްކުކުރެވޭތީ ސާމްޕަލް ނަގައިފައިވަނީ ޖަރުމަނު މީހެއްގެ ގައިންނެވެ. ”ފުރަތަމަ އެމީހާ އައީ އޯޕީޑީއަށް ގައިގައި ބިހިތަކެއް ނަގައިގެން. ދެން މަންކީޕޮކްސްގެ ސިމްޕްޓޮމްސް ފެނުމުން މިހާރު ވަނީ އީއާރްގައި އެކަހެރިކޮށްފައި“ މައުލޫމާތު އެނގޭ ފަރާތަކުން ބުންޏެވެ. މަންކީޕޮކްސްއަށް ޓެސްޓުކުރެވޭ ސާމާނު ރާއްޖެ ވަނީ ގެނެސްފައެވެ. ހެލްތު މިނިސްޓްރީން ބުނި ގޮތުގައި، މަންކީޕޮކްސްއަށް ޝައްކުކުރެވިގެން އެކަހެރިކޮށްފައިވާ މީހާގެ […]
ނަޝީދަށް ފިޔަވަޅު އަޅަން އިލްމުވެރިން ގޮވާލައިފި

ހައްގާއި ބާތިލް އޮޅުވައިލަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތްކުރާތީ އެމަނިކުފާނަށް ފިޔަވަޅު އަޅައިދިނުމަށް ބައެއް އިލްމުވެރިން ގޮވާލައްވައިފިއެވެ. ދީނީ ކަންކަމުގައި ބަސްބުނުމުގެ ހުއްދަނެތި ރައީސް މުޙައްމަދު ނަޝީދު ވާހަކަދައްކަވާތީ އިލްވެރިން ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވާއިރު، ނަޝީދު ވަނީ ޔޯގާއަކީ ޝިރުކެއް ކަމަށް ގަބޫލުކުރެވެން ނެތް ކަމަށް ވިދާޅުވެފައެވެ. އެކަމާ ގުޅިގެން ޝައިހް މުހައްމަދު ލަތީފް ވިދާޅުވީ އާންމު ތަންތާނގައި ދީނުގެ ވާހަކަ ދެއްކޭނީ އެކުމުގެ ހުއްދަ އޮންނަ މީހުންނަށް ކަމަށާއި, ރައްޔިތުންގެ މަޖިލީސްގެ ރައީސްކަމުގައި […]
ސްކޫލު ކުދިންނާއި ދުވަސްވީ މީހުންނަށް މިނީ ބަހުގެ ހިދުމަތް ހިލޭ

މާލެ އާއި އެކި ރަށްރަށުގައި ފަށަން ތައްޔާރުވެފައިވާ މިނީ ބަހުގެ ހިދުމަތް ސްކޫލު ކުދިންނަށް ދޭނީ ހިލޭ ކަމަށް އެމްޓީސީސީން ބުނެފި އެވެ. އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ އާރުޓީއެލްގެ ދަތުރުފަތުރުގެ ހިދުމަތް ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި ސްކޫލު ކުދިންނަށް ހިލޭ ލިބޭނެ ކަމަށެވެ. މާލޭއާއި އެކި ރަށްރަށުގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް އެމްޓީސީސީން ވަނީ 36 ބަސް ގެނެސްފައެވެ. އޭގެ ތެރެއިން 12 ބަަސް ހާއްސަކޮށްފައިވަނީ […]
ދުވާފަރު ކައުންސިލަރު ސަމޫހް ރިސޯޓެއްގެ ފުލްޓައިމް ވަޒީފާގައި!

ރ. ދުވާފަރު ކައުންސިލްގެ މެންބަރު އަހުމަދު ސަމޫހް ކައުންސިލަރެއްގެ ވަޒީފާ އަދާކުރަމުން ރިސޯޓެއްގައި ފުލްޓައިމް ވަޒީފާއެއް އަދާކުރާކަން އެނގިއްޖެއެވެ. ކައުންސިލްތަކުގެ ބެލެނިވެރި ފަރާތްތަކަށްވާ ލޯކަން ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އާއްމުކޮށްފައިވާ ދުވާފަރު ކައުންސިލްގެ މޮނީޓަރިން ރިޕޯޓުގައިވާ ގޮތުގައި ދުވާފަރު ކައުންސިލާއި ޑަބްލިއުޑީސީން ވަނީ މާލިއްޔަތު ގަވާއިދާއި ސިވިލް ސާވިސް ގަވާއިދު އަދި މާލީ ކަންކަމާ ގުޅުން ހުރި އެހެނިހެން ގާނޫނުތަކާ ގަވާއިދުތަކާ ހިލާފަށް އަމަލުކޮށްފައެވެ. އެގޮތުން ކައުންސިލަރުންގެ ޒިންމާތަކާއި ވާޖިބުތައް އަދާކުރުމުގައި ފަރުވާކުޑަކޮށްފައިވާ ކަމަށާއި ކައުންސިލުން […]
ޓީއެމްއޭ 500-700 މިލިއަން ޑޮލަރަށް ވިއްކާލަނީ!

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ވިއްކާލަން އެ ކުންފުނީގެ ހިއްސާ އޮންނަ ކާލައިލް ގްރޫޕުން ވިސްނަމުންދާ ކަމަށް ވިޔަފާރި ހަބަރުތައް ގެނެސްދޭ ”ބްލޫމްބާގް“ ނޫހުން ރިޕޯޓުކޮށްފިއެވެ. ބްލޫމްބާގެ ރިޕޯޓެއްގައި ވަނީ ކާލައިލް އާއި އެ ކުންފުންޏާ އެކު އިންވެސްޓްކޮށްފައިވާ ކިންގް ސްޓްރީޓް ކެޕިޓަލް މެނޭޖްމަންޓާއި ޑެވިޑްސަން ކެމްޕްނާ ކެޕިޓަލް މެނޭޖްމަންޓުން ޓީއެމްއޭ ވިއްކާލަން މަސައްކަތް ކުރަމުންދަނީ 500 މިލިއަން ޑޮލަރާ 700 މިލިއަން ޑޮލަރާ ދެމެދުގެ އަގެއްގައި ކަމަށެވެ. އެ […]
އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގި މީހުން 200 ވުރެ ގިނަ، ޒިންމާދާރު މަގާމުތަކުގައި ތިބި މީހުން ހިމެނޭ!

ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގައި އެ މަންޒަރުތައް ވީޑިއޯކޮށް ބްލެކްމެއިލްކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރި އެއްޖިންސިން ގުޅުން ހިންގި މީހުންގެ އަދަދު 200 އަށް ވުރެ މަތިކަން އެނގިއްޖެއެވެ. މައުލޫމާތު އެނގޭ ފަރާތަކުން ”ސަންދާނަށް“ ބުނީ، އަލަމްގިރި އެއްޖިންސުން ގުޅުން ހިންގި މީހުންގެ ތެރޭގައި ޒިންމާދާރު ވަޒީފާތަކުގައި އުޅޭ މީހުންނާއި ބައެއް ބިދޭސީންގެ އިތުރުން ބައެއް ޒުވާނުންވެސް ހިމެނޭ ކަމަށެވެ. އެނގިފައިވާ ގޮތުގައި އަލަމްގިރީގެ މައްސަލައިގެ ތަހުގީގަށް މިހާރު ވަނީ ބޮޑެތި ކުރިއެރުންތަކެއް […]
ތުއްތު ކުދިންނަށް ސިހުރު ޖެހިފައިވާ ނަމަ ފެންނާނެ އަލާމާތްތަކާއި އޭގެ ފަރުވާ

ސިހުރާއި އެސްފީނާއާއި ރޫހާނީ އުނދަގޫތަކަކީ ރާއްޖޭގައި ވަރަށް އާއްމު ކަމެކެވެ. މިފަދަ ކަންކަމުގެ ޝިކާރައަކަށް ތުއްތު ކުދީންވާ ފަހަރުވެސް މަދެއް ނޫނެވެ. ތުއްތު ކުދީން ރޫހާނީ ބަލިމަޑުކަމެއް ތަހައްމަލުކުރާ ނަމަ ބައެއް އަލާމާތްތައް ތަކުރާރުކޮށް ފެންނނެއެވެ. އޭގެ ތެރޭގައި ރޭގަނޑުގެ ވަގުތުގައި ގިނައިން ރޮއެ ހަޅޭލަވައި ހެދުމާއި ހާސްވެގެން އުޅުން ހިމެނެއެވެ. ފެނިދާނެ އެހެން ބައެއް އަލާމާތްތައް؛ ކުއްޖާ ހިކި އަނަރޫފަވެ، ކެއުމާއި ދުރުވުންގިނައިން އާފުރުންމޫނު ރީނދޫވުން.މައިންބަފައިންނަށް ނުކިޔަމަންވެ ބަސްނޭހުމާއި ކުއްޖާގެ އުޅުމަށް ބަދަލު އައުން (މާބޮޑަށް […]
ނޫސްވެރިޔާ އަޒާން ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފި

”ދިޔަރެސް“ ނޫހުގެ ނޫސްވެރިޔާ އަހްމަދު އަޒާން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ. އަޒާން ފުލުހަށް ހާޒިރުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު އައިޖީއެމްއެޗްގެ ޕޭޝަންޓް ޕޯޓަލްއަށް އަންއޯތޮރައިޒްޑް އެކްސަސްވެ ދައުލަތުގެ އެންމެ އިސް ފަރާތްތަކުގެ މެޑިކަލް މައުލޫމާތު ހޯދައި ލީކުކޮށްފައިވާ މައްސަލައެއްގެ ތުހުމަތުގައި ސުވާލު ކުރުމަށެވެ. އެ މައްސަލައާ ގުޅިގެން އަޒާން މިއަދު ހަވީރު ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށް ބަޔާނެއް ނަގާފައެވެ. އަޒާން ފުލުހަށް ހާޒިރުކުރުމުން ބައެއް ނޫސްވެރިންނާއި އާއްމު […]
ޝަރުތުކޮށްފައި ޝައިހް ފަޒްލޫން ބަންދުން ދޫކޮށްލައިފި

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ހަކަރާތް ހުއްޓުވައި ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި ޝައިހް ފަޒްލޫން މުހައްމަދު މިއަދު ދޫކޮށްލައިފިއެވެ. ޝައިހް ފަޒްލޫން ދޫކޮށްލީ، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށް ފަހުގައެވެ. ޔޯގާ ހަމަނުޖެހުމާ ގުޅިގެން 21 މީހަކު ހައްޔަރުކުރިއެވެ. އޭގެ ތެރެއިން ޝައިހް ފަޒްލޫން ހިމެނޭހެން އަށް މީހަކު ދޫކޮށްލާފައިވާއިރު، ޝައިހް ފަޒްލޫނާއެކު، އެ ހަރަކާތުގައި އިސްކޮށް […]