ނަޝީދަށް ފިޔަވަޅު އަޅަން އިލްމުވެރިން ގޮވާލައިފި

Loading

Facebook
Twitter
WhatsApp
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: އަވަސް

ހައްގާއި ބާތިލް އޮޅުވައިލަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތްކުރާތީ އެމަނިކުފާނަށް ފިޔަވަޅު އަޅައިދިނުމަށް ބައެއް އިލްމުވެރިން ގޮވާލައްވައިފިއެވެ.

ދީނީ ކަންކަމުގައި ބަސްބުނުމުގެ ހުއްދަނެތި ރައީސް މުޙައްމަދު ނަޝީދު ވާހަކަދައްކަވާތީ އިލްވެރިން ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވާއިރު، ނަޝީދު ވަނީ ޔޯގާއަކީ ޝިރުކެއް ކަމަށް ގަބޫލުކުރެވެން ނެތް ކަމަށް ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ޝައިހް މުހައްމަދު ލަތީފް ވިދާޅުވީ އާންމު ތަންތާނގައި ދީނުގެ ވާހަކަ ދެއްކޭނީ އެކުމުގެ ހުއްދަ އޮންނަ މީހުންނަށް ކަމަށާއި, ރައްޔިތުންގެ މަޖިލީސްގެ ރައީސްކަމުގައި ވިޔަސް އެ ނޫން މީހަކަށް ވިޔަސް އެ ހުއްދަ ލިބިގެނެއްނުވާ ކަމަށެވެ.

ޝައިހް ސައުދާން ވެސް ވިދާޅުވީ ‏ދީނީ އިލްމެއް ނެތް އަދި ފަތުވާ ދިނުމުގެ ހުއްދައެއް ނެތް މީހަކު ދީނީ ފަތުވާ ދިނުމަކީ ފިޔަވަޅު އަޅަންޖެހޭނެ ކަމެއް ކަމަށެވެ.

ނަޝީދަށް އަމާޒުކޮށް ޝައިހް ޒަމްޒަމް ފާރިޝް ވިދާޅުވީ، ބޭރުގެ ލާދީނީ ޖަމާޢަތްތަކުން ފަންޑު ހޯދައިގެން ލޮބުވެތި މާތް ނަބިއްޔާއަށް މަލާމާތްކޮށް ކުފުރު ރިޕޯޓުު ނެރުނު އެމްޑީއެން ރިޕޯޓުގެ ދިފާއުގައި ވާހަކަދެއްކި މީހަކު ކޮންމެފަދަ ވާހަކައެއްވެސް ދައްކަވާފާނެ ކަމަށެވެ.

”ދީނީ ކަންކަމުގައި ބަސްބުނުމުގެ ލައިސަންސްނެތި، މީސްތަކުންނަށް ހައްގާއި ބާތިލް އޮޅޭފަދަ ގޮތަކަށް މުހައްމަދު ނަޝީދު އަމަލުކުރައްވާފައިވާތީ އެކަމުގެ މައްޗަށް ފިޔަވަޅު އަޅަން ޖެހޭ“ ޑރ. އިޔާޒު ވިދާޅުވިއެވެ.

އޭގެ އިތުރުންވެސް އެތައް އިލްމުވެރިންނެއް ވަނީ ނަޝީދުގެ ވާހަކަތައް ކުށްވެރިކޮށް އޭނާއާމެދު ފިޔަވަޅު އަޅަން ގޮވާލައިފައެވެ.

Loading

2 Responses

  1. ކާކު ފިޔަވަޅު އަޅާނީ؟ އިބޫ ވެރިކަމަށް އާދެވުނީ އޭނާގެ ފަސްބާހުގައި އެލިގެން. ދެން ކޯލިޝަން ހަދައިގެން އެތިބި އެންމެންގެ ފަތްފުށް އޭނަޔަށް ރަނގަޅަށް އެނގޭ. އެއްކޮށް އެންމެން ބަސްޓުވެ ފިޔަވަޅު އެޅެނީ.

  2. މިރާއްޖޭގައި އަބަދުވެސް ގާނޫނަށްވުރެން ބާރުގަދަ ބަޔަކު އުޅެއެވެ. އެބައެއްގެ މައްޗަށް ގާނޫނުގެ ބާރު ނުހިނގައޭވެސް ބުނެ އުޅެއެވެ. އަޅުގަނޑުގެ ރައްޓެހި 1950 ގެ އަހަރުތަކަށް ނިސްބަތް ކުރެވޭ ސިޔާސީ ބޭފުޅަކު ވިދާޅުވިއެވެ. “ ގާނޫނަކީ އެ ތަންފީޒުކުރަން އަމުރުކުރާ ވެރިން ގެންގުޅޭ އަސަޔަކަށް ކިޔާނަމެކެވެ. އޭނާއާއި ކުރިމަތިލާން އަންނަމީހުންގައިގާ އެއިން ޖަހާ މަތަކުރާނެއެވެ. އޭނާ އަރިއަޅާލައިގެން ވެއްޓެންދާނަމަ އެ އަސާއިން މަދަދު ލިބިގަންނާނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް