ޝަރުތުކޮށްފައި ޝައިހް ފަޒްލޫން ބަންދުން ދޫކޮށްލައިފި

Loading

Facebook
Twitter
WhatsApp
ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ހަކަރާތް ހުއްޓުވައި ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި ޝައިހް ފަޒްލޫން މުހައްމަދު މިއަދު ދޫކޮށްލައިފިއެވެ. ޝައިހް ފަޒްލޫން ދޫކޮށްލީ، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށް ފަހުގައެވެ. ޔޯގާ ހަމަނުޖެހުމާ ގުޅިގެން 21 މީހަކު ހައްޔަރުކުރިއެވެ. އޭގެ ތެރެއިން ޝައިހް ފަޒްލޫން ހިމެނޭހެން އަށް މީހަކު ދޫކޮށްލާފައިވާއިރު، ޝައިހް ފަޒްލޫނާއެކު، އެ ހަރަކާތުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުކުރެވޭ ޝައިހް އާދަމް ނިޝާންގެ ބަންދަށް އިއްޔެ ވަނީ 16 ދުވަސް ޖަހައިފައެވެ. ޔޯގާ ހަމަނުޖެހުމުގެ މައްސަލަ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުން އަންނައިރު އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުން ދޫކޮށްލުމަށް ގޮވާލައި މާލޭގައި މުޒާހަރާވެސް ކުރިއެވެ.

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ހަކަރާތް ހުއްޓުވައި ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި ޝައިހް ފަޒްލޫން މުހައްމަދު މިއަދު ދޫކޮށްލައިފިއެވެ.

ޝައިހް ފަޒްލޫން ދޫކޮށްލީ، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށް ފަހުގައެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން 21 މީހަކު ހައްޔަރުކުރިއެވެ. އޭގެ ތެރެއިން ޝައިހް ފަޒްލޫން ހިމެނޭހެން އަށް މީހަކު ދޫކޮށްލާފައިވާއިރު، ޝައިހް ފަޒްލޫނާއެކު، އެ ހަރަކާތުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުކުރެވޭ ޝައިހް އާދަމް ނިޝާންގެ ބަންދަށް އިއްޔެ ވަނީ 16 ދުވަސް ޖަހައިފައެވެ.

ޔޯގާ ހަމަނުޖެހުމުގެ މައްސަލަ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުން އަންނައިރު އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުން ދޫކޮށްލުމަށް ގޮވާލައި މާލޭގައި މުޒާހަރާވެސް ކުރިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް