މަންކީޕޮކްސްގެ އަލާމާތްތައް ހުރި މީހަކު ރާއްޖެއިން ފެނިއްޖެ

Loading

Facebook
Twitter
WhatsApp
މަންކީޕޮކްސް ޖެހިފައިވާ މީހެއްގެ އަތް---- ފޮޓޯ: ގްރޭޓާ ކަޝްމީރު

ޓްރީޓޮޕް ހޮސްޕިޓަލަށް ދެއްކި ބޭރު މީހަކު، މަންކީޕޮކްސްއަށް ޝައްކުކުރެވޭތީ ސާމްޕަލް ނަގައި ޓެސްޓުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

”ސަންދާނަށް“ އެނގިފައިވާ ގޮތުގައި މަންކީޕޮކްސްއަށް ޝައްކުކުރެވޭތީ ސާމްޕަލް ނަގައިފައިވަނީ ޖަރުމަނު މީހެއްގެ ގައިންނެވެ.

”ފުރަތަމަ އެމީހާ އައީ އޯޕީޑީއަށް ގައިގައި ބިހިތަކެއް ނަގައިގެން. ދެން މަންކީޕޮކްސްގެ ސިމްޕްޓޮމްސް ފެނުމުން މިހާރު ވަނީ އީއާރްގައި އެކަހެރިކޮށްފައި“ މައުލޫމާތު އެނގޭ ފަރާތަކުން ބުންޏެވެ.

މަންކީޕޮކްސްއަށް ޓެސްޓުކުރެވޭ ސާމާނު ރާއްޖެ ވަނީ ގެނެސްފައެވެ.

ހެލްތު މިނިސްޓްރީން ބުނި ގޮތުގައި، މަންކީޕޮކްސްއަށް ޝައްކުކުރެވިގެން އެކަހެރިކޮށްފައިވާ މީހާގެ ޓެސްޓުތަކުގެ ނަތީޖާ ލިބެން ހަފުތާއެއްހާ ދުވަސް ނަގާނެއެވެ.

މަންކީޕޮކްސް ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާއިރު އެ ބައްޔަކީ، ހެލްތު އިމަޖެންސީއެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވަނީ ކަނޑައަޅައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް