ނޫސްވެރިޔާ އަޒާން ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފި

Loading

Facebook
Twitter
WhatsApp
ނޫސްވެރިޔާ އަހްމަދު އަޒާން--- ފޮޓޯ: ދިޔަރެސް

”ދިޔަރެސް“ ނޫހުގެ ނޫސްވެރިޔާ އަހްމަދު އަޒާން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ.

އަޒާން ފުލުހަށް ހާޒިރުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު އައިޖީއެމްއެޗްގެ ޕޭޝަންޓް ޕޯޓަލްއަށް އަންއޯތޮރައިޒްޑް އެކްސަސްވެ ދައުލަތުގެ އެންމެ އިސް ފަރާތްތަކުގެ މެޑިކަލް މައުލޫމާތު ހޯދައި ލީކުކޮށްފައިވާ މައްސަލައެއްގެ ތުހުމަތުގައި ސުވާލު ކުރުމަށެވެ.

އެ މައްސަލައާ ގުޅިގެން އަޒާން މިއަދު ހަވީރު ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށް ބަޔާނެއް ނަގާފައެވެ.

އަޒާން ފުލުހަށް ހާޒިރުކުރުމުން ބައެއް ނޫސްވެރިންނާއި އާއްމު ބައެއް ރައްޔިތުންވަނީ ފުލުހުންގެ ހެޑް ކުއާޓާސް، ޝަހީދު ހުސައިން އާދަމް ބިލްޑިން ކައިރީގައި މުޒާހަރާކޮށްފައެވެ.

އަޒާނަށް ކުރާ ތުހުމަތުތައް އޭނާ ދޮގުކޮށްފައިވާއިރު، އޭނާ މީގެ ކުރިން ބުނި ގޮތުގައި އޭނާ ފުލުހަށް ހާޒިރުކުރަނީ ސަރުކާރުން އޭނާގެ އަނގަ ބަންދުކުރަން ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް