އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ކާނަލް ނަޝީދާއި ނާޒިމްގެ އިތުރުން ފުލުހަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

ބަންގަދޭޝަންގެ ރައްޔިތެއް ކަމަށްވާ، އެމްޑީ އަލަމްގީރި އާއެކު، އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް ނަޝީދު) އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލް، ނާޒިމް ސައްތާރުގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމެންޓު ޑިޕާޓުމެންޓުގައި މަސައްކަތްކުރާ ފުލުހަކު ހައްޔަރުކޮށްފިއެވެ.

އަލަމްގިރިއާއެކު އެއް ޖިންސުން ގުޅުން ހިންގި ތިން މީހެއްގެ ވީޑިއޯ މިހާތަނަށް ވަނީ ލީކުކޮށްލައިފައެވެ. އޭގައި ފެންނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު ކަމަށް ބުނާ މީހަކާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އަދި ފުލުހުންގެ ޑްރަގް އެންފޯސްމެންޓު ޑިޕާޓުމެންޓުގައި މަސައްކަތްކުރާ ފުލުހެކެވެ.

މި ތިން މީހުންގެ ތެރެއިން ކާނަލް އަދި ނާޒިމްގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓައިފައެވެ. އަދި ވީޑިއޯ ލީކުވި ފުލުސް މީހާ ވަނީ ފުލުހުންގެ ވަޒީފާއިން ސަސްޕެންޑުކޮށްފައެވެ.

ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެންމެ ފުރަތަމަ ހައްޔަރުކޮށްފައިވަނީ ފުލުސް މީހާއާއި ކާނަލް ނަޝީދެވެ.

ނާޒިމް ސައްތާރު ހައްޔަރުކޮށްފައިވަނީ، އއ. އަތޮޅުގައި އޮންނަ މާޔާފުށި ރިސޯޓުގައި ހުއްޓައެވެ. ފުލުހުން ވަނީ އަލަމްގިރި މީގެ ކުރިން ހައްޔަރުކޮށްފައެވެ.

އެމްޑީ އަލަމްގިރިއާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރުމުގެ މަސައްކަތް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ދަނީ ކުރަމުންނެވެ.

Loading

2 Responses

  1. އެފަދަ ބޮޑެތި ފާހިޝް އަމަލުތައް ހިންގާމީހުންދެނެގަނެ އެމީހުންގެ މައުލޫމާތު ހާމަކުރުމަކީ އެ ބައިމީހުންގެ ކިބައިން މުޖުތަމާ ރައްކާތެރިކުރުމަށްޓަކައި އެޅިދާނެ އެންމެ މުހިންމު ފިޔަވަޅެވެ. ނޭންގިތިބެ އެމީހުންގެ ޝިކާރައަކަށް ވެދާނެ ކަމުގެ ބިރަށްޓަކައެވެ. އެމީހުންގެ މައުލޫމާތު ހާމަކުރުމުން ތެޅިފޮޅިގަންނާނެ ބަޔަކު އެތެރޭންނާއި ބޭރުން ފާޅުވެގެން ހަމަކަށަވަރުންވެސް އަންނާނެއެވެ. އެމީހުންނަށްޓަކައި ވަކާލާތު ކުރަމުންނެވެ.

  2. ތި ގިރި ކެނެރީގެއަށް އިންވައިޓްކޮށްގެން ގެންދިޔައީ ކާކުގެ ބޭނުމަކަށްތޯވެސް ބަލަން އެބަ ގޮވައެވެ. ހަމަ ބޮޑު ގޯހެއް އުޅެފާނެވެސްމެއެވެ. އެހެނީ ކެނެރީގެއަކީ މަޖިލިސްގެ ރައީސް ނަޝީދުއުޅުއްވާ ގެކޮޅެވެ. އަދި އޭނާގެ ކޮށްކޮ ފިރިހެން ކުޅިގެން މިހާރު ހައްޔަރުކޮށްފައި ހުރި ނާޒިމް ސައްތާރުގެވެސް ގެއެވެ. ތަފާތަކީ ނާޒިމު އުޅޭގެއެވެ. އަދި ނަޝީދު އުޅުއްވާ ގެކޮޅެވެ. ގެޔާއި ގެކޮޅާ ހުރިތަފާތެއް ގިރީގެ ސަރވިސް ދިނުމަށް ފުލް ސިކުރެޓީދެވިފައިވާ ކެނެރީގެއްށް ދިޔަކަން ޔަގީންވީރު ގިރިން ސަރވިސް ލިބިގަތީ ނާޒިމުގޯ ނަޝީދުތޯވެސް އެބަ ސުވާލު އުފައްދައެވެ. ވީމާ ފުލުހުން މައްސަލަ ބައްލަވައި ރައްޔަތުންނަށް ވިދާޅުވެއްދެއްވައި ނަޝީދަށް ކުރެވޭ ޝައްކު ނިމުމަކަށް ގެނެސް ދެއްވުން ވަރަށް ބެނުންތެރިކަމުގައި ދެކެމެވެ. ޝުކުރިއްޔާ!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް