ދުވާފަރު ކައުންސިލަރު ސަމޫހް ރިސޯޓެއްގެ ފުލްޓައިމް ވަޒީފާގައި!

Loading

Facebook
Twitter
WhatsApp
ދުވާފަރު ކައުންސިލް މެންބަރު އަހުމަދު ސަމޫހް---

ރ. ދުވާފަރު ކައުންސިލްގެ މެންބަރު އަހުމަދު ސަމޫހް ކައުންސިލަރެއްގެ ވަޒީފާ އަދާކުރަމުން ރިސޯޓެއްގައި ފުލްޓައިމް ވަޒީފާއެއް އަދާކުރާކަން އެނގިއްޖެއެވެ.

ކައުންސިލްތަކުގެ ބެލެނިވެރި ފަރާތްތަކަށްވާ ލޯކަން ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އާއްމުކޮށްފައިވާ ދުވާފަރު ކައުންސިލްގެ މޮނީޓަރިން ރިޕޯޓުގައިވާ ގޮތުގައި ދުވާފަރު ކައުންސިލާއި ޑަބްލިއުޑީސީން ވަނީ މާލިއްޔަތު ގަވާއިދާއި ސިވިލް ސާވިސް ގަވާއިދު އަދި މާލީ ކަންކަމާ ގުޅުން ހުރި އެހެނިހެން ގާނޫނުތަކާ ގަވާއިދުތަކާ ހިލާފަށް އަމަލުކޮށްފައެވެ. އެގޮތުން ކައުންސިލަރުންގެ ޒިންމާތަކާއި ވާޖިބުތައް އަދާކުރުމުގައި ފަރުވާކުޑަކޮށްފައިވާ ކަމަށާއި ކައުންސިލުން ބަލަހައްޓަންޖެހޭ އެއްވެސް ލިޔެކިޔުމެއް ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ބަލަހައްޓަމުން ނުގެންދާކަން ވަނީ ފާހަގަކޮށްފައެވެ.

ރިޕޯޓުގައިވާ ގޮތުން، ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާއި ބައެއް އިދާރީ މުވައްޒަފުންގެ އަމިއްލަ އެކައުންޓަށް ވަނީ ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކޮށްފައެވެ. އެގޮތުން ކައުންސިލް މެމްބަރު އަހުމަދު ސަމޫހް އެކައުންޓަށް 128،697.47 ރުފިޔާ ޖަމާވެފައިވާއިރު އޭގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާއަކީ އެއްވެސް ރެކޯޑެއް ނެތް ފައިސާއެވެ.

އެލްޖީއޭގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ދިވެހި ރާއްޖޭގެ އިދާރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުން މަގުބޫލު އުޒުރެއް ނެތި ވިދިވިދިގެން ހަތް ޖަލްސާއަށް ހާޒިރުވެފައިނުވާ ނަމަ ކައުންސިލްގެ ވަޒީފާއިން ވަކިވާނެ ކަމަށެވެ. އެގޮތުން، ކައުންސިލަރު ސަމޫހް ވިދިވިދިގެން ހަތް ޖަލްސާއަށް ހާޒިރުވެފައި ނުވާކަން ލިޔެކިޔުންތަކުން އެނގޭ ކަމަށް ބުނެފައިވެއެވެ.

”މީގެއިތުރުން ކައުންސިލް މެންބަރު އަހްމަދު ސަމޫހް ކައުންސިލް މެންބަރުކަމުގެ މަގާމުގެ އިތުރުން ރިސޯޓެއްގައި (ކުރަމަތި އައިލެންޑް ރިސޯޓް) މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫތުވަނީ ލޯކަލް ގަވަމަންޓް އޮތޯރިޓީއަށް ލިބިފައެވެ. މި މައުލޫމާތު ލިބުމުން ލޯކަލް ގަވަމަންޓް އޮތޯރިޓީން، މައުލޫމާތު ސާފުކުރުމަށް ކުރަމަތި އައިލެންޑް ރިސޯޓަށް ލިޔުމުން ހުށަހެޅުމުން، ކުރަމަތި އައިލެންޑް ރިސޯޓުން ފޮނުވާފައިވާ ލިޔުމުގައި، ކައުންސިލް މެންބަރު އަހްމަދު ސަމޫހް އެ ރިސޯޓުގައި 7 މެއި 2022 އިން ފެށިގެން މަސައްކަތް ކުރަމުންދާކަމަށް ބަޔާންކޮށްފައިވެއެވެ.“ އެޖްލީއޭގެ ރިޕޯޓުގައިވެއެވެ.

އެލްޖީއޭއިން އިތުރަށް ބުނީ، ކައުސިލަރު ސަމޫހް އެގޮތަށް މަސައްކަތް ކުރުމުން ކައުންސިލަރެއްގެ މަސްއޫލިއްޔަތުތަކާ ހިލާފުވެފައިވާކަން އެނގޭ ކަމަށެވެ. އަދި ކައުންސިލް ހިންގުމުގައި ސަމޫހްގެ ބައިވެރިވުން ނުލިބޭ ކަމަށް އެލްޖީއޭއިން ބުންޏެވެ.

”ސަންދާނަށް“ އެނގިފައިވާ ގޮތުގައި ސަމޫހް މަސައްކަތް ކުރަމުންދަނީ ކުރަމަތި ރިސޯޓުގެ ފުޑް އެންޑް ބެވަރޭޖް ސާވިސްގައި ވެއިޓަރެއްގެ ވަޒީފާއެވެ.

އެލްޖީއޭއިން އާއްމުކޮށްފައިވާ ރިޕޯޓުގައިވާ ގޮތުގައި ދުވާފަރު ކައުންސިލުން ވަނީ ރެކޯޑެއް ނެތި ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައެވެ. އަދި ޒަކާތު ފަންޑަށްވެސް ހިޔާނާތްތެރިވެފައިވާ ކަން ފާހަގަކޮށް ޖުމްލަ 34 މައްސަލައެއް ފާހަގަކޮށްފައިވެއެެވެ.

Loading

5 Responses

  1. ހަމަ އެމީހަކާއި އެމީހެއް. އަވަހިއްޔާ އަވަސް. ދައުލަތް ކާ ހުސްކޮއްލަނީއެވެ. ޒީރޯޓޮލެރެންސް އެޕްލައި ކުރާ ގޮތެއް ނޭންގެއެވެ.

  2. ކޮބާތަ މަސްއަލައެއް…..އަބުދު ﷲ ޝާހިދު މިހާރު ހޭނެ……ވަކި މީހަކުވީމާ މަސްއަލައެއްތާ.!

  3. އެހެންވީމައޭ އަހަރެމެން ބުނަނީ ތިޔަ ކައުންސިލް ތައްވީ އުވާލާށޭ ތިޔަ ކައުންސިލްތަކުގެ ސަބަބުން ރައްޔިތުންނަށް ވާ ފައިދާއެއްނެތޭ ލިބެނީ ބޮޑެތި ގެއްލުމޭ. މިސާލަކަށް މިމީހާ ރިސޯޓެއްގައި ވަޒީފާ އަދާ ކުރާތީ މީނާގެ ސަބަބުން ކައުންސިލަށް ވާނީ ކޮން ފައިދާއެއް. މީނާގެ ޚިދުމަތް ކައުންސިލަށް ލިބޭނެތަ؟ ނުލިބޭނެ.

  4. ސިޔާސީ މަގާމުތަކަށް އައްޔަންކުރެވޭ މީހުންގެ ފެންވަރަކީ މިއީ އެވެ. އަހަރެމެންގެ ބަހުރުވައިން ބުނާނަމަ މެސްބޯއީ އެކެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް