ފުޓުބޯޅަ ސީޒަނާ ދިމާކޮށް އަގުހުރި އިނާމުތަކާއެކު "ދަ ނޯމަން"އިން ފެންޓަސީ ލީގެއް ފަށައިފި

Loading

Facebook
Twitter
WhatsApp

ސަބް ސޭންޑްވިޗަށް މަޝްހޫރު ”ދަ ނޯމަން“އިން ކުރިއަށް އޮތް ފުޓުބޯޅަ ސީޒަނާ ދިމާކޮށް ފެންޓަސީ ލީގެއް ފަށައިފިއެވެ.

ދަ ނޯމަންގެ މެޖޭނަރު އަބްދުﷲ ނައުފަލް ”ސަންދާނަށް“ މިއަދު ވިދާޅުވީ، ފެންޓަސީ ލީގާ ދިމާކޮށް، ނޯމަންގެ ވަކި ހާއްސަ ލައުންޖެއް ތައްޔާރުކޮށްފައިވާ ކަމަށެވެ.

”މި ލައުންޖު އަޅުގަނޑުމެން މި ތައްޔާރުކުރީ ފުޓުބޯޅަ ސީޒަނާ ދިމާކޮށް، ކަސްޓަމަރުންނަށް އައިސް މެޗުތައް ބަލާލެވޭނެ ގޮތަށް. މި ލައުންޖުން ނޯމަންއިން ލިބޭ ހުރިހާ އައިޓަމެއް ލިބޭނެ.“ނައުފަލް ވިދާޅުވިއެވެ.

މި ލައުންޖު ހަދާފައިވަނީ ސްމޯކިން އޭރިއާއަކާވެސް އެއްކޮށެވެ.

އެކިއެކި އިވެންޓްތަކަށް ވަކިން ބުކްކުރެވޭ ނޯމަންގެ މި ލައުންޖަކީ 21 މީހުންގެ ޖާގައިގެ ލައުންޖެކެވެ.

”މެޗުތައް ނޯންނަ ރޭރޭގައި ލައުންޖު ބުކްކޮށްލެވޭނެ އެކިއެކި އޮކޭޝަންތަކަށް. ލައުންޖު ހުންނާނީ ޕްރައިވެސީ ލިބޭ ގޮތަށް އޯޕަން އޭރިޔާއަކާވެސް އެކު. ޕީއެސް-5 މެދުވެރިކޮށް އެކިއެކި ގޭމްތައްވެސް ކުޅެވޭނެ މިތަން ބުކްކޮށްލައިގެން“ ނައުފަލް ވިދާޅުވިއެވެ.

ނޯމަންގެ ފެންޓަސީ ލީގުގެ އިނާމުތައް:

އެއްވަނަ: 5،000 ރުފިޔާ
ދެވަނަ: 3،000 ރުފިޔާ
ތިންވަނަ: 2،000 ރުފިޔާ

މީގެ އިތުރުން ކޮންމެ މަހެއްގެ ލީގުގެ އެންމެ ޓޮޕުގައިވާ ފަރާތަށް ނޯމަންއިން ހިލޭ ޑިނާއެއް އިތުރު މީހަކާއެކު ލިބިގެންދާނެއެވެ. ނޯމަން ހުންނާނީ ހުޅުމާލޭ ކާނޭޝަން މަގު, ސްވެކް ސިނަމާ ކައިރީގައެވެ..

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް