އެމްޑީޕީގެ އިސްވެރިންގެ ތެރޭގައި ތިބި ރާ ބޮއެ، ޒިނޭކުރާ މީހުން ހާމަކުރަން ތައްޔާރު: ނަޝީދު

Loading

Facebook
Twitter
WhatsApp
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު--- ފޮޓޯ: ސަން

އެމްޑީޕީގެ އިސްވެރިންގެ ތެރެއިން ރާ ބޮއެ، ޒިނޭކުރާކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ބޭފުޅުންގެ ނަންތައް ހާމަކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ، ބަންގުލަދޭޝަށް ނިސްބަތްވާ އެމްޑީ އަލަމްގިރިއާއެކު އެއްޖިންސުން ގުުޅުންހިންގިކަމުގެ ތުހުމަތުގައި އެމަނިކުފާނުގެ ކޮއްކޮ ނާޒިމް ސައްތާރު ހައްޔަރުކުރުމާ ގުޅިގެން، އެމްޑީޕީގެ އެޑްވައިޒަރީ ކޮމިޓީގެ ވަޓްސްއަޕް ގުރޫޕަށް ފޮނުއްވި މެސެޖުތަކެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައި އެ މެސެޖުތަކުގައި ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ ކޮއްކޮ، ނާޒިމް ހައްޔަރުކީ ސިޔާސީ ނުފޫޒު ފޯރުވައިގެން ކަމަށެވެ. އަދި އެ މައްސަލައަށް ސިޔާސީ ނުފޫޒު ނުފޯރުވިނަމަ ނާޒިމަށް އިންސާފު ލިބޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ، އެހެން ބައެއް މައްސަލަތަކުގައިވެސް ރައީސް ސޯލިހުގެ ސީދާ ނުފޫޒު ފޯރުއްވައިގެން ތަހުގީގުތައް ވަކި ގޮތަކަށް ގެންދެވިކަމަށެބެ. އެގޮތުން މަޖިލީހުގެ ވަކި މެންބަރެއްގެ މަސްލަހަތު އޮތް މައްސަލައެއްގައިވެސް ރައީސް ސޯލިހު ނުފޫޒު ފޯރުވައިފައިވާ ކަމަށް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ހުރިހާ މަސްއޫލުވެރިންނަށް ތުހުަތުވާ އަހުލާގުއްޔަތާ ފުށުއަރާ މައްސަލަތަކުގެ ލިސްޓެއް ހަދަންޖެހޭ ކަމަށެވެ. އަދި ޒިނޭކޮށް ރާބޮއެ ރިޝްވަތު ނަގާކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ އެމްޑީޕީގެ ހުރިހާ މަސްއޫލުވެރިންގެ ނަންތައް ހާމަކުރައްވަން ތައްޔާރުކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ އިސްވެރިންގެ ތެރެއިން ރާ ބޮއެ، ޒިނޭކުރާކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ބޭފުޅުންގެ ނަންތައް ހާމަކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ނަޝީދު ވިދާޅުވިއިރު، އެމްޑީޕީގެ ގައުމީ މަޖިލީހަށް އެމަނިކުފާނު މިރޭ ފޮނުއްވި މެސެޖެއްގައި ވަނީ ރައީސް ސޯލިހު އަންހެން ކުއްޖަކާއެކުގައި ޒިނޭކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ސަރުކާރުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.

Loading

3 Responses

  1. ތިބޭފުޅާ އަމިއްލައަށް ތިބޭޒާރުވަނީ ހަމަވެފައި ހުންނެ ވުމަށް ނަސޭހަތް ތެރިވަން….

  2. މީހަކު ނުވަތަ ބަޔަކު ނުބައިކަމެއް ކުރާކަން އެނގިހުރެ އެކަން ސިއްރުކުރުމަކީ އެކަމުގައި ބައިވެރިވުން ކަހަލަ ކަމެކެވެ. މީގެ ކުރިން ދަންނަބޭކަލުން ވިދާޅުވާތީ އަޑުއިވެނީ ޒިނޭކުރިކަން ސާބިތުކޮށްދިނުމަކީ ފޮޓޯކަނޑަކުން ކުރެވިދާނެކަމެއް ނޫން ކަމުގައެވެ. އަދި އަމުދުން އަންހެންމީހާގެ އަބުރާ އިއްޒަތް ރައްކާތެރިކުރުމުގެ މިންގަނޑުތައް މާބޮޑަށް ހަރުކަށިކޮށްފާ އޮންނަ ކަމުގައެވެ. ޒިނޭގެ ތުހުމަތަކީ ކުޅިވަރަކަށް ހަދައިގެން ދެއްކޭ ވަރަށްވުރެން މާ ބޮޑު ވާހަކައެކެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް