ނޫސްވެރިޔާ އަޒާން ފުލުހަށް ހާޒިރުވާން އަންގައިފި

Loading

Facebook
Twitter
WhatsApp

”ދިޔަރެސް“ ނޫހުގެ ނޫސްވެރިޔާ އަހުމަދު އަޒާން ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

އަޒާން ފުލުހަށް ހާޒިރުވުމަށް އަންގާ ފޮނުވާފައިވާ ޗިޓުގައި ބުނެފައި ވަނީ އޭނާ ފުލުހަށް ހާޒިރުވުމަށް އަންގާފައި ވަނީ މިދިޔަ ފެބްރުއަރީ ހަވަނަ ދުވަހު އައިޖީއެމްއެޗުގެ ޕޭޝަންޓުލޮގަށް އަން އޮތޮރައިޒްޑް އެކްސަސްވެ، ދައުލަތުގެ އެންމެ އިސް ފަރާތްތަކުގެ މެޑިކަލް މައުލޫމާތު ހޯދައި ލީކުކޮށްލި ކުށުގެ ތުހުމަތާއި ގުޅިގެން ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށެވެ.

އޭނާ ފުލުހަށް ހާޒިރުވުމަށް އަންގާފައި ވަނީ މިމަހުގެ 21 ވަނަ ދުވަހުގެ 15:00 އަށެވެ.

އަޒާން ފުލުހަށް ހާޒިރުވާން ޗިޓް ފޮނުވާފައިވާއިރު، ނޫސްވެރިކަމުގެ ބާރުތައް ހަނިވާ ގޮތަށް އޮތް ހެއްކާ ބެހޭ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިއްޔެ ތަސްދީގުކުރައްވައިފައެވެ.

އަޒާން ބުނީ އޭނާ ފުލުހަށް ހާޒިރުކުރަނީ އޭނާގެ އަނގަ ބަންދުކުރެވޭނެ އެއްވެސް ގޮތެއް ނެތިގެން ކަމަށެވެ. އަދި ޖަލަށް ލިޔަސް ކުރާ މަސައްކަތް ނުހުއްޓާނެ ކަމަށް އޭނާ ބުންޏެވެ.

އަޒާންއަކީ ފާޅުގައި ސަރުކާރުން ކުރާ ކަންކަމަށް ފާޑުކިޔާ ނޫސްވެރިއެކެވެ.

Loading

3 Responses

  1. އަހާ! އޭރު ސަންދާނުގެ ބައިވެރީން ޢުމުރަށް ޖަލައް ލައި މައުމޫނުގެ ސަރުކާރުން ޖާނަލިސްޓުން އަދި މީޑިއާތަކަށް ޙަމަލަދީ އަނިޔާމުރި ވާހަކަ އެންމެ ގަދަޔަށް ދެއްކި އަންނި ހެޑަކަށް ހުރެ ގާނޫނުން ޖާނަލިސްޓުންނަށް ދުއްތުރާކޮށް ބިރުދައްކާއި އަދަބު ދޭނޭ މަގު ހޯދުމަކީ ލަދުވެތި ކަމެކެވެ. އަދި މައުމޫނުގެ ވެރިކަން ވެއްޓީ އެމްޑީޕީގެ ވެރިކަން އުފެދިގެން އައިސް މިއަދު އެމްޑީޕީގެ ސަރުކާރުން މިފަދަ ޢަމަލުތައް ހިންގުމަކީ އަސްލުވެސް އެމްޑީޕީގެ ވެރިކަން ނޭވާ ހޮޅިއަށް އެޅިއްޖެކަމުގެ ހެއްކެވެ.
    އަޒާން ހިތްވަރު ގަދަކުރާށެވެ. އެނިޔާދީގެން މީޑިއާ ނުހުށްޓުވޭނެއެވެ. އަދި ދީނީ ފަތުވާގެ ބައިވެރީން ގުޅިގެން ހިންގާ މިފަދަ ޖަރީމާތައް ބަލައިގަންނާނެ ރައްޔތުން މިހާރު ވަރަށް މަދުވާނެއެވެ. ކުޑަދުވަސްކޮޅެއްގެ ތެޅުމެކެވެ. މިގޮތަށް ސަރުކާރުނަމަވެސް ތެޅެންފެށީމާ ދެން ދާނީ ހުޅުނބުކަން ޔަގީނެވެ.

  2. އަޒާން. ސަންދާނުގެ ބައިވެރިން ހެން ހަމަ އެއްގޮތަކަށްވެސް ދޫނުދޭށެވެ. މި ސަރުކާރެއް 2023 ގެ ފަހުން ނޯންނާނެއެވެ. ވެރިކަމުގެ ގޮނޑީގައި ތިބޭއިރު ލައްކައެކޭ ހީވާނެއެވެ. ހާހެއްވެސް ހަމައެއް ނުވާނެއެވެ. އިންޑިއާ މީހުނަކަށް ރާއްޖޭގައި ވޯޓެއް ނުލެވޭނެއެވެ. މާގަދަޔަށް އެމްޑީޕީ ހެން ހަޅެ ނުލެވިޔަސް ދިވެހިންނަކީ ހަމަ ޖަހާހާ ބެރަކަށް ނަށާނެ ބައެއް ނޫނެވެ. މި ސަރުކާރުގެ ގޮތާއި ދީނަށް ފުރަށްސާރަ ކުރާވަރު މިހާރު އެންމެނަށްވެސް އެނގެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް