ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާކަމުގެ ހެކި އެބަހުރި: ފުލުސް

Loading

Facebook
Twitter
WhatsApp
ދިއްފުށި--- ފޮޓޯ: މޯލްޑިވްސް މެގަޒިން

ކ. ދިއްފުށީގައި ކުޑަކުއްޖަކަަށް ޖިންސީ ގޯނާ ކުރިކަމަަށް ތުހުމަތުކޮށް މީހަކަށް ބޮޑެތި އަނިޔާތަކެއް ކޮށްފައި ވަނިކޮށް އެ ކުއްޖާއަށް ޖިންސީގޯނާ ކުރިކަމުގެ ހެކި ލިބިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ދިއްފުށީގައި ހިންގި ހަމަނުޖެހުމާ ގުޅޭ ގޮތުން ފުލުހުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ކޮށްފައިވާ މަސައްކަތުން ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމުގެ ހެކި ލިބިފައިވާ ކަމަަށެވެ.

”ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ މައްސަލަ އާއި ތުހުމަތު ކުރެވޭ މީހާއަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލަ އާއި އަމަން ބެލެހެއްޓުމުގައި ހަރަކާތްތެރިވި ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލަ އާއި ދިއްފުށީ ސިއްހީ މަރުކަޒުގެ ތަކެއްޗަށް ގެއްލުން ދިނުމުގެ މައްސަލަ މިދަނީ ބަލަމުން“ ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނ،ީ ދިއްފުށީގައި ހިނގި ހަމަނުޖެހުމުގައި އަނިޔާ ލިބުނު މީހާއަށް ރައްކާތެރިކަން ފޯރުކޮށް ދިނުމުގައި ހަރަކާތްތެރިވި ފުލުހުންގެ ތެރެއިން މީހަކު ފުލުހުންގެ ދައުރު އަދާ ކުރުމުގައި އިހުމާލުވެ އަހުލާގީ މިންގަނޑާ ހިލާފަށް އަމަލުތައް ބެހެއްޓި ކަމަށް ތުހުމަތު ކުރެވޭ މައްސަލަވެސް ބަލަމުންނެވެ. އަދި އެ ހަމަނުޖެހުމުގައި ފުލުހަކަށް ހަމަލާދިން 22 އަހަރުގެ ޒުވާނަކުވެސް ވަނީ ހައްޔަރުކޮށް ދިހަ ދުވަހަށް ބަންދުކޮށްފައެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ދިއްފުށިން އަނިޔާކޮށްފައިވަނީ ގއ. ވިލިގިއްޔަށް ނިސްބަތްވާ މުހައްމަދު ޝިހާމް އަށެވެ.

އޭނާއަށް ބޮޑެތި އަނިޔާތެކެއް ދީފައިވާއިރު އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި މިހާރު އަންނަނީ ފަރުވާދެމުންނެވެ. ޝިހާމްއަށް އިންސާފު ހޯދައިދިނުމަށް ގއ. ވިލިނގިލީގައި އިއްޔެ ވަނީ އެއްވުމެއްވެސް ބާއްވައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް