މިހާރު އިމާރާތްކުރާ ފްލެޓްތަކުން ކަސްޓަމްސް މުވައްޒަފުންނަށް ފްލެޓް ދޭނަން: ރައީސް

Loading

Facebook
Twitter
WhatsApp
ރައީސް ސޯލިހު--- ފޮޓޯ: ރައީސް އޮފީސް

މޯލްޑިވްސް ކަސްޓަމް ސާވިސް (އެމްސީއެސް)ގެ އޮފިސަރުންނަށް ފުލެޓާއި ހެލްތު އިންޝުއަރެންސް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކަސްޓަމްސްގެ 132 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ރޭ ބޭއްވި ހަފުލާ ޝަރަފުވެރިކޮށްދެއްވައި ރައީސް ވިދާޅުވީ، ކަސްޓަމްސް އޮފިސަރުންނަކީ އެކި ބާވަތުގެ ނުރައްކާތަކަށް އަބަދުވެސް ހުށަހެޅޭ ބައެއް ކަމަށެވެ. އެހެންވެ، އެ މުވައްޒަފުންނަކީ އެފަދަ ނުރައްކާތަކާ ކުރިމަތިލާން ތައްޔާރަށް ތިބޭ ބަޔަކަށް ހެދޭނީ މުވައްޒަފުންގެ އަސާސީ ބޭނުންތައްވެސް ފުރިހަމަކޮށްދެވިގެން ކަމަށެވެ.

ކަސްޓަމްސް މުވައްޒަފުންގެ އެންމެ ބޮޑު އަސާސީ ބޭނުމަކީ، ބޯހިޔާވަހިކަންކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ، އެ މައްސަލައަށް ހައްލެއް ހޯދުމަށް އެކި ދުވަސްވަރު މަސައްކަތް ކުރިނަމަވެސް އެކަން ހަގީގަތަކަށް ހެދިފައި ނުވާ ކަމަށެވެ.

ސަރުކާރުން އިމާރާތްކުރާ ފްލެޓްތަކުން، މިހާރު އިމާރާތް ކުރަމުން މިގެންދާ ފްލެޓްތަކުން ކަސްޓަމްސްގެ މުވައްޒަފުންނަށް ފްލެޓް ލިބޭނެ އިންތިޒާމު އަޅުގަނޑުމެން ހަމަޖައްސައިދޭނަން،“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކަސްޓަމްސްގެ މުވައްޒަފުންނަށް ހެލްތު އިންޝުއަރެންސް ދެވޭނެ ގޮތްވެސް ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، މަސްތުވާތަކެތި ރާއްޖެ އެތެރެވުން ހުއްޓުވަން އެންމެ ބޮޑު މަސައްކަތެއް ކުރަނީ ކަސްޓަމްސްއިން ކަމަށެވެ. އަދި ކަސްޓަމްސްއިން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތްތައް ހަރުދަނާ ކުރުމަށް ކަސްޓަމްސްގެ ސަރަޙައްދީ އޮފީސްތަކަށް ބޭނުންވާ ވަސީލަތްތައް ހަމަކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް