ރައުދާގެ މަރުގެ މައްސަލަ އަލުން ބަލަން ކޯޓުން އަމުރުކޮށްފި

Loading

Facebook
Twitter
WhatsApp

ބަންގްލަދޭޝްގައި ޑޮކްޓަރުކަން ކިޔަވަމުން ދަނިކޮށް މަރުވި ދިވެހި ދަރިވަރެއް ކަމަށްވާ ރައުދާ އާތިފްގެ މަރުގެ މައްސަލަ އަލުން ތަހްގީގު ކުރަން ބަންގްލަދޭޝްގެ މެޖިސްޓްރޭޓް ކޯޓަކުން އެގައުމުގެ ފުލުހުންގެ މައްޗަށް އަމުރުކޮށްފިއެވެ.

ބަންގްލަދޭޝްގެ ރާޖްޝާހީ މެޑިކަލް ކޮލެޖްގައި ކިޔަވަމުން ދިޔަ ރައުދާ މަރުވެފައި ވަނިކޮށް ފެނުނީ އޭނާ ދިރިއުޅެމުން ދިޔަ ހޮސްޓެލްގެ ކޮޓަރީގައި 2017 ވަނަ އަހަރުގެ މާޗް 29 ވަނަ ދުވަހު އެވެ.

ރައުދާގެ މަރުގެ މައްސަލަ ތަހުގީގުކުރުމަށް ފަހު އެއިރު ނިންމީ އޭނާ މަރުވީ ދަންޖެހިގެން ކަމަށެވެ. ނަމަވެސް ރައުދާގެ ބައްޕަގެ އިތުރުން ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ރައުދާ ވަނީ މަރާލައިފައެވެ.

ރައުދާގެ ޕޯސްޓްމޯޓަމަށް ފަހު އޭނާ މަރުވީ ދަންޖެހިގެން ކަމަށް ނިންމައި، އޭނާ ވަޅުލާފައި ވަނިކޮށް އަނެއްކާ ފަހުން ކޯޓުން އަމުރުކޮށްގެން ގަބުރު ނަގައިގެން ހެދި ޕޯސްޓްމޯޓަމުންވެސް ދެއްކީ ރައުދާ މަރުވީ ދަންޖެހިގެން ކަމަށެވެ.

ރައުދާގެ މަރުގެ މަައްސަލަ ބެލުމަށް ބަންގްލަދޭޝްގެ މެޖިސްޓްރޭޓް ކޯޓަކުން މިދިޔަ އަންގާރަ ދުވަހު އަމުރުކޮށްފައިވަނީ، އެ އަމުރު ނެރެދިނުމަށް ރައުދާގެ ބައްޕަ އާތިފް 2019 ވަނަ އަހަރު އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައެވެ.

ރައުދާގެ މަރުގެ މައްސަލަ މަރުތަކާ ބެހޭ ކޮމިޝަނުންވެސް ތަހުގީގުކުރިއެވެ. އެ މައްސަލަ ބެލުމަށް ފަހު އެ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައިވެސް ވާ ގޮތުގައި އޭނާ މަރުވީ އަމިއްލައަށް ދަން ޖެހިގެންނެވެ. ނަމަވެސް ރައުދާގެ ކަރުގައި އަތް ތިލައިގެ ނިޝާނެއް ހުރި ކަމަށާއި ރައުދާ މަރާލައިފައިވާ ކަމުގެ އެހެން ބައެއް ހެކިތައް ހުރިކަމަށް އޭނާގެ ބައްޕަ ވަނީ އެކި ފަހަރު މަތިން ކޮށްފައެވެ.

Loading

One Response

  1. އެ ހުރިހާ ތަޙުގީގަކުންވެސް އެމަންޖެ ދަންޖެހުނޭ އެ ލިޔެވެނީ ކީއްވެބާ؟ އަދި ބައްޕައަށް އެހާވަރަށް އެއީ މަރާލުމެއް ކަމަށް އެ ހީފުޅުވަނީ ކިއްވެބާއެވެ؟ ބައްޕަގެ އިންޓަވިއު އެއް ސަންދާނުން ގެނެސް ދޭންވީނު ތި ހަވަރު ތިނަދޫ ރިޕޯޓް ހެން!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް