ދިއްފުށީގައި ފުލުހަކަށް ހަމަލާދިން ޒުވާނަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp
ދިއްފުށި--- ފޮޓޯ: މޯލްޑިވްސް މެގަޒިން

ފުލުހަކަށް ހަމަލާދިންކަމުގެ ތުހުމަތުގައި ކ. ދިއްފުށީ ޒުވާނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މަހުގެ 14 ވަނަ ދުވަހުގެ ވިލޭރޭ ދިއްފުށީގައި މީހަކަށް އަނިޔާ ކުރަނިކޮށް އެކަން ހުއްޓުވަން އުޅުނު ފުލުހަކަށް އަނިޔާކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެރޭ ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ފިރިހެނެކެވެ. އެ މީހާގެ ބަންދަށް ވަނީ ދިހަ ދުވަސް ޖަހައިފައެވެ.

ދިއްފުށީގައި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނެ، ގއ، ވިލިނގިއްޔަށް ނިސްބަތްވާ މީހަކަށް އަނިޔާކޮށް ވަނީ ބަރަހަނާކޮށްފައެވެ.

އެ މީހާއަށް މިހާރު އަންނަނީ އޭޑީކޭގައި ފަރުވާދެމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް