ރިލްވާނު ގެއްލުވާލި މައްސަލައިގެ ތަހުގީގަށް އިސޫ މަރު ކޮމިޝަނަށް ހާޒިރުކޮށްފި

Loading

Facebook
Twitter
WhatsApp

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އިސްމާއީލް އަބްދުލްރަހީމް އާދަމް (އިސޫ) މަރު ކޮމިޝަނަށް ހާޒިރުކޮށްފިއެވެ.

އިސޫ މާލެ ގެނެސް މަރު ކޮމިޝަނަށް ހާޒިރުކޮށްފައިވަނީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައެވެ.

މި މައްސަލައިގައި އިސޫ އާއެކު އިތުރު ދެމީހަކު ހައްޔަރުކޮށްފައިވެއެވެ. އެއީ މއ. ފާގަފިލާގެ، އަހުމަދު އިސްމާއިލް (ބުރު އަހަނދު)، 39އ އާއި މާލެ ދަފްތަރު، އަހްމަދު މުއާޒު (ގަޓު މުއާ) 40 އ އެވެ.

އެ ތިން މީހުން ހައްޔަރު ކުރުމާއި ގުޅޭގޮތުން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެމީހުން ހައްޔަރުކުރީ، ރިލްވާނާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލައާ ގުޅޭ ކުށްތައް ރާވައި ހިންގުމާއި އެ ކުށް ހިންގުމަށްޓަކައި ޓެރަރިޒަމްގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވިގެން ކަމަށެވެ. އެ ތިން މީހުންވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

މަރު ކޮމިޝަނުން މީގެ ކުރިން ބުނެފައި ވާ ގޮތުގައި ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އަލް-ގައިދާ ޖަމާއަތަށް ނިސްބަތްވާ ދިވެހި ބަޔަކު ރިލްވާން މަރާލުމަށްފަހު ވަނީ ކަނޑުފައްތާފައެވެ.

އިސޫއާ މީގެ ކުރިންވެސް ރިލްވާން މައްސަލައިގައި މަރު ކޮމިޝަނުން ސުވާލު ކޮށްފައި ވެއެވެ. ނަމަވެސް އިސޫއާ ދެކޮޅަށް ހެކި ނެތުމުން އޭނާއަށް ދައުވާކޮށްފައެއް ނުވެއެވެ.

ރިލްވާން ގެއްލުވާލާފައި ވަނީ އޮގަސްޓް، 2014 ގައެވެ. އެންމެ ފަހުން އޭނާ ފެނުނީ ހުޅުމާލެއަށް ދާން ފެރީ ޓާމިނަލަށް ވަންނަނިކޮށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް